ރާއްޖޭގައި ބާއްވާ ވޮލީ ބޯޅަ މުބާރާތަކަށް ބޭރުގެ މޮޅު 85 ކުޅުންތެރިން އަންނަނީ

މަރިޔަމް ލީނާ
Flowers
ކުޅިވަރާއި ބެހޭ ވަޒީރު. ފޮޓޯ:މިހާރު

ރާއްޖޭގައި ބާއްވާ ބީޗު ވޮލީ މުބާރާތަކަށް ދުނިޔޭގެ 25 ޤައުމަކުން 85 މޮޅު ކުޅުންތެރިން ރާއްޖެއަށް އަންނާނެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ހާމަކުރައްވައިފިއެވެ.

މަހްލޫފް މިކަން ހާމަ ކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މަހްލޫފް ވިދާޅުވި ގޮތުގައި "ޕްރެޒިޑެންޓްސް އިންވިޓޭޝަނަލް ބީޗު ވޮލީ ޓޯނަމެންޓް" ގައި ބައިވެރިވާން 25 ޤައުމަކުން 85 ކުޅުންތެރިން ރާއްޖެ އަންނާނެކަމަށެވެ.



އަދި މަހްލޫފްވަނީ މި މުބާރާތް ރޭވުމަށް ވޯލީ ބޯޅަ ވެޓެރަންސް އިން ކުރެއްވި މަސައްކަތަށް ޝުކުރު ދަންނަވާފައެވެ. މީގެއިތުރުން މަހްލޫފް ވިދާޅުވި ގޮތުގައި މިގޮތަށް ބޭރުގެ ކުޅުންތެރިންނަށް ދައުވަތު ދީގެން ރާއްޖެއިން އިތުރު މުބާރާތްތަށް ބާއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު
އިންސާނާ
85 ކުޅުންތެރިންގެތެރޭ އަމީތާބު އަދި ސުނިލްށެޓީވެސް ހިމެނޭ