ހުޅުމާލޭގައި ކުރީ ސަރުކާރުން ހެދި ސްވިމިން ޕޫލް ބޭނުން ކުރަން ފަށައިފި

މަރިޔަމް ލީނާ 26 ސެޕްޓެމްބަރު 2019 13:23
Flowers
ހުޅުމާލެ އިންޑޯ ޕޫލް

ހުޅުމާލޭގައި ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީކުރި އިންޑޯ ސްވިމިން ކޮމްޕްލެކްސް ބޭނުން ކުރަން ފަށައިފިއެވެ.

މިތަން ބޭނުން ކުރަން ފެށީ އީއްޔެއެވެ. އަދި މިއާއި އެކު ރާއްޖޭގެ ފެތުންތެރިންނަށް ރާއްޖޭގައި ތިބެގެން ރަސްމީކޮށް ޕޫލެއްގައި ތަމްރީން ހެދުމުގެ ފުރުސަތު ލިބުނީއެވެ.

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގެ ތެރޭގައި ހުންނަ މި ޕޫލްގައި 5 ލޭނު ހުރެއެވެ. އަދި ކުޅިބަލާ މީހުން ތިބޭނެ ގޮނޑި ބަރިއާއި ހެދުން ބަދަލުކުރާ ސަރަހައްދާއި ފާހާނާ ހުރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިތަން މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ ތަމްރީނުތަކުގައެވެ. ސަބަބަކީ މުބާރާތްތަށް ބާއްވަން 8 ލޭނު ބޭނުންވާނެތީއާއި އާއި އެތަނުގައި ވާމް އަޕް ކުރާނެ ޕޫލެއް ނެތުމުންނެވެ. 

ބައެއް ވަގުތުތަކުގައި އާންމު ރައްޔިތުންނަށްވެސް މި ޕޫލް ބޭނުން ކުރެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ. މި ޕޫލް ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި އެެވެ. 

މިއަދާއި ހަމައަށް ރާއްޖޭގެ ފެތުންތެރިން ފަރިތަކުރަމުން އައިސްފައިވަނީ މާލޭ ދެކުނު ފަރާތު ފަޅު ތެރޭގައެވެ. ލޮނުގައި ފަރިތަ ކުރިނަމަވެސް ބޭރު ޤައުމުތަކުގައި މުބާރާތް އޮންނަނީ ޕޫލްގައި ކަމުން، އެކަމުގެ ސަބަބުން ފެތުންތެރިންގެ ޕާފޮމެންސަށް އަސަރުކުރެއެވެ. 

މި ޕޫލް ތަރައްޤީ ކުރެވިފައިވާ ސްޕޯޓްސް ކޮމްޕްލެކްސް ތެރޭގައި އިތުރު ކުޅިވަރުގެ ވަސީލަތްތަށްވެސް ހިމެނެއެވެ. މިގޮތުން ބޯވްލިން އެލީއެއް ވެސް ހުރެއެވެ. މާލޭގައި އޮލިމްޕިކް ސައިޒު ސްވިމިން ޕޫލެއް އަޅަން ފެށުމަކީ ރައީސް ސޯލިހްގެ ފުރަތަމަ 100 ދުވަސްތެރޭ ކުރައްވަން ވައުދުވެވަޑައިގެންނެވި ކަމެކެވެ. ނަމަވެސް އަދި މިކަމުގެ މަސައްކަތެއް ނުފެށެއެވެ. 

ކިޔުންތެރިންގެ ހިޔާލު
علي وحيد
إبراهيم محمد صالح ގެ 100 ދުވަހުގެ وعد ތިއޮތީ رئيس عبدالله يامين عبد القيوم ގެ ވެރިކަމުގައި ނިންމަވައި ދެއްވާފަ شكرية ، رئيس عبدالله يامين
ޚާމިދާ މޫސާ
ޔާމިނަކީ ވިޝަނަރީ ލީޑަރެއް.
އިންސާނާ
ވެރިކަމުގެ ފުރަތަމަ އަހަރުތެރޭ ތިޔަފަދަ ބޮޑު މަށްރޫއެއް ރައީސް ސޯލިހު ރައްޔިތުންނައްޓަކާ ނިންމަވާދެއްވީތީ ވަރައްބޮޑައް ށުކުރިއްޔާ