Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ދެވަނަ ހާފުގައި އެއްވަރު ވިޔަނުދީ މެންޗެސްޓާ ސިޓީން ވޫލްވްސް ބަލިކޮށްފި

މެންޗެެސްޓާ ސިޓީއާއި ވޮލްވާހެމްޕްޓަން ނުވަތަ ވުލްވްސް ކުޅުނު ޕްރިމިއާ ލީގުގެ މެޗުގެ ދެވަނަ ހާފުގައި ވުލްވްސް ހަންމަތަކޮށް އެއްވަރުވިޔަނުދީ ސިޓީން މެޗު ކާމިޔާބުކޮށްފިއެވެ. މި މެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 1 ލަނޑުގެ ނަތީޖާއަކުންނެވެ.
ސިޓީން ފުރަތަމަ ހާފުގައި ދައްކާފއިވަނީ ވަރަށް މޮޅު ކުޅުމެކެވެ. އެގޮތުން އެ ޓީމުގެ މުހިއްމު ކުޅުންތެރިން ކަމުގައިވާ ކެވިން ޑެ ބްރުޔޫނާއި ފިލް ފޯޑެންވަނީ އާދަޔާޚިލާފު މޮޅު ކުޅުމެއް ފުރަތަމަ ހާފުގައި ދައްކާފައެވެ. އެއިން ކޮންމެ ކުޅުންތެރިޔަކުވަނީ ފުރަތަމަ ހާފުގައި ގޯލެއް ކާމިޔާނބުކޮށްފައެވެ.
އެހެންނަމަވެސް އެ ޓީމަށް ދެވަނަ ހާފުގައި އެފަދަ މޮޅު ކުޅުމެއް ނުދެއްކުނެވެ. ވޫލްވްސްގެ ޑެނިއެލް ޕޮޑެންސް ދެ ފަހަރެއްގެ މަތިން ގޯލު ޖެހުމާ ގާތްކުރިއެވެ. އަދި ކައިލް ވޯލްކާ ވެސް ނުރައްކާތެރި ހަމަލާތަކެއް ފޮނުވައިލިއެވެ. އެންމެ ފަހުން އެ ޓީމަށް ގޯލެއް ކާމިޔާބުކޮށްދިނީ ރައުލް ޖިމެނޭޒެވެ. އެއީ މެޗު ނިމެން 12 މިނުޓަށް ވެފައިވަނިކޮށެވެ.
އެހެންނަމަވެސް އިތުރު ގަޑީ ވަގުތުގައި ގޭބްރިއަލް ޖީސަސްގެ މަސައްކަތުުން މެންޗެސްޓާ ސިޓީއަށް އިތުރު ގޯލެއް ކާމިޔާބުވުމާއެކު ގާޑިއޯލާގެ މެންޗެސްޓާ ސިޓީއަށް ކާމިޔާބީ ކަށަވަރުވިއެވެ.
ރޭގެ މެޗުގައި އެންމެ ފާހަގަކުރެވޭ ކުޅުމެއް ދައްކާފައިވަނީ މެންޗެސްޓާ ސިޓީގެ މެދުތެރެއަށް ކުޅޭ ހުނަރުވެރިޔާ ޑެ ބްރުޔޫނެވެ. ގޯލެއް ކާމިޔާބުކުރުމުގެ އިތުރަށް ރޭގެ މެޗުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު، 2019-20 ސީޒަން ފެށުމަށްފަހު މިހާތަނަށް އެހެން އެއްވެސް ކުޅުންތެރިއަކަށްވުރެ ގިނައިން ގޯލުތަކުގައި ހިއްސާވުމުގެ ރެކޯޑު އޭނާ ދެމިހެއްޓިއެވެ.
ހަމައެހެންމެ އިނގިރޭސި ޒުވާން ކުޅުންތެރިޔާ ފޯޑެންވެސްވަނީ ރަނގަޅު ކުޅުމެއް ދަނޑުމަތީގައި ދައްކާފައެވެ. އައިސްލޭންޑުގައި ކޮރޯނާވައިރަސްގެ ކަރަންޓީނާ ޚިލާފުވުމުގެ ސަބަބުން އަދަބު ދީފައިވާ ކުޅުންތެރިޔާ ކާމިޔާބު ގޯލަކީ ހިތްގައިމު ގޯލެކެވެ. އަދި އެހާމެ ހިތްގައިމު ދެވަނަ ގޯލަކާވެސް ގާތްކުރިއެވެ. ނަމަވެސް އެ ގޯލު ކާމިޔާބުނުވީއެވެ.
މި ލިއުމާއި ގުޅޭ