ރާއްޖޭގެ ހުރިހާ ރަށަކަށް އެފްއޭއެމުން ބޯޅަ ހަދިޔާކުރަނީ

އައިޝަތު ހަނާ 17 ސެޕްޓެމްބަރު 2020 14:01
Flowers
ހިންނަވަރު ދާއިރާ މެންބަރު ބޯޅަތަކާ ހަވާލުވެވަޑައިގަންނަވަނީ/ ފޮޓޯ: ރާއްޖެއެމްވީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ ހުރިހާ ރަށަކަށް ފުޓު ބޯޅަ ހަދިޔާކުރަން ނިންމައިފިއެވެ. އަދި އެ މަސައްކަތް އެ އެސޯސިއޭޝަނުން މިހާރުވަނީ ފަށާފައެވެ. 

އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު މައުލޫމާތު ދެއްވި ގޮތުގައި އެ އެސޯސިއޭޝަނުން ރާއްޖޭގެ ކޮންމެ ރަށަކަށް 10 ފުރޓޫ ބޯޅަ ހަދިޔާކުރާނެއެވެ. މި ބޯޅަތަކަކީ މި އަހަރު ބާއްވަން ނިންމި މިނިވަން ޗެމްޕިއަންޝިޕުގައި ބޭނުންކުރުމަށް އެފްއޭއެމާއި ޔޫތު މިނިސްޓްރީން ގުޅިގެން ގެނައި ބޯޅަތަކެކެވެ. 

މިހާރު ކޮވިޑް-19އާ ގުޅިގެން އެ މުބާރާތް ކުރިއަށް ގެންދެވޭނެ ޙާލަތެއް ނެތުމުން، ޔޫތު މިނިސްޓަރު އަޙްމަދު މަޚުލޫފުގެ މަޝްވަރާއާއެކު ހުރިހާ ރަށަކަށް ހަމަހަމަ އުޞޫލަކުން ބޯޅަތަށް ބަހައިލުމަށް އެފްއޭއެމުން ނިންމާފައިވެއެވެ. އެ ބޯޅަތައް ހަދިޔާކުރަނީ ރައްޔިތުން މަޖިލިހުގެ މެންބަރުން މެދުވެރިކޮށް ކަމުގައި ޖަވާޒު ވިދާޅުވިއެވެ. 

ހުރިހާ ދާއިރާއަކަށް ބޯޅަ ހަދިޔާކުރުމުގެ މަސައްކަތް އަންނަ ހަފުތާ ތެރޭގައި ނިންމުމަށް އެފްއޭއެމުން މަސައްކަތްކުރާއިރު މިހާތަނަށް 25 ދާއިރާއެއްގެ މެންބަރުންނާއި އެ މެންބަރުން ހިމެނޭ ދާއިރާތަކުގެ ރަށްތަކަށް ހަދިޔާކުރާ ބޯޅަތައް ހަވާލުކޮށްފައިވާ ކަމުގައި އެފްއޭއެމުން މައުލޫމާތު ދިނެވެ. 

މުޅި ރާއްޖެއަށް ފުޓުބޯޅަ ފުޅާކުރުމުގެ މަސައްކަތް އެފްއޭއެމުންދަނީ ކުރަމުންނެވެ. އެގޮތުން 2023-2024 ގެ ޕްރިމިއާ ލީގުގައި 16 ޓީމެއް ބައިވެރިވާ ގޮތަށް ހޯމް އެންޑް އަވޭ ނިޒާމަށް މުޅި ރާއްޖެއަށް ހުޅުވައިލުމަށް އެ އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. އެކަން ކުރުމަށް އޭއެފްސީގެ މިންގަނޑަށް ފެރޭ 20 ފުޓުބޯޅަ ދަނޑު ރާއްޖޭގެ އެކި ހިސާބުގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް އެ އެސޯސިއޭޝަނުންވަނީ ތައްޔާރުވެފައެވެ. 

ރާއްޖޭގެ އެކި 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ. 

ކިޔުންތެރިންގެ ހިޔާލު
ގައުމުދަވާލި19
ތިއައވުރެން ރަނގަޅުވާނެ މާސްކު ހަދިޔާކުރިނަމަ
ނަމސނ
ރޯޔަލިސްޓެއް
ޓީ
އެސޯސިއޭޝަންގެ ރަޖިސްޓްރީ ކްލަބު ތަކަށް ބަހާލި ނަމަ ތިވީ ގޮތުން ދިހަހާސް މީހުން އުޅޭ ރަށެކޭ ސަތޭކަ ހަމަނުވާ ރަށެކޭ ތަފާތެއް ނެތް މަހުލޫފް ތިއުޅެނީ ސަރުކާރަށް ފާޑު ކިުއްވަންތަ
ޓީ
އެސޯސިއޭޝަންގެ ރަޖިސްޓްރީ ކްލަބު ތަކަށް ބަހާލި ނަމަ ތިވީ ގޮތުން ދިހަހާސް މީހުން އުޅޭ ރަށެކޭ ސަތޭކަ ހަމަނުވާ ރަށެކޭ ތަފާތެއް ނެތް މަހުލޫފް ތިއުޅެނީ ސަރުކާރަށް ފާޑު ކިުއްވަންތަ
ޓީ
އެސޯސިއޭޝަންގެ ރަޖިސްޓްރީ ކްލަބު ތަކަށް ބަހާލި ނަމަ ތިވީ ގޮތުން ދިހަހާސް މީހުން އުޅޭ ރަށެކޭ ސަތޭކަ ހަމަނުވާ ރަށެކޭ ތަފާތެއް ނެތް މަހުލޫފް ތިއުޅެނީ ސަރުކާރަށް ފާޑު ކިުއްވަންތަ