ކޮވިޑު-19 ގެ ސަބަބުން ފުޓުބޯޅައަށް 14 ބިލިއަން ޑޮލަރުގެ ގެއްލުމެއް

މަރިޔަމް ލީނާ 17 ސެޕްޓެމްބަރު 2020 12:24
Flowers

ކޮވިޑު-19 ގެ ސަބަބުން ފުޓުބޯޅައަށް މިއަހަރު 14 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށް ފީފާއިން ބުނެފިއެވެ. 

މިއީ ފުޓުބޯޅައަށް އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ 3 ބައިކުޅަ 1 ބައެވެ. ކޮވިޑު-19 އާއި ގުޅިގެން 150 ފުޓުބޯޅަ އާއި ބެހޭ އިދާރާއަކުން ވަނީ ފީފާގެ މާލީ އެހީއަށް އެދިފައެވެ. ފީފާގެ ކޮރޯނާވައިރަސް ސްޓިއަރިން ކޮމިޓީގެ ޗެއަރމަން އޮލީ ރެން ވިދާޅުވި ގޮތުގައި ކޮވިޑު-19 އާއި ގުޅިގެން ސްޓޭޑިއަމްތައް ބަންދު ކުރުމުގެ ސަބަބުން ފުޓްބޯޅަ ކްލަބުތަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާކަމަށެވެ. 

އަދި މިއަހަރު ލިބުނު ގެއްލުން އަންނަ އަހަރަށްވެސް ދެމިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ފައިސާގެ އަދަދުން އެންމެ ބޮޑު ގެއްލުމެއްވީ ޔޫރަޕަށް ނަމަވެސް، އެންމެ ބޮޑަށް ގެއްލުން ތަހައްމަލު ކުރީ ޔޫރަޕުން ބޭރުގެ ޤައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތައް ކަމަށެވެ. 

ކޮވިޑު-19 އާއި ގުޅިގެން ދުނިޔޭގެ މައިގަނޑު ހުރިހާ ފުޓުބޯޅަ މުބާރާތެއްވެސް ވަނީ ފަސްކުރެވިފައެވެ. 

ކިޔުންތެރިންގެ ހިޔާލު