ރާއްޖޭގެ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑުކޮށްފާނެ ކަމުގެ އިންޒާރު ލިބިއްޖެ: މަޚުލޫފު

ޙުސައިން އަފްޝަން 6 ސެޕްޓެމްބަރު 2020 11:57
Flowers
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަޚުލޫފު

ދުނިޔޭގެ ޓީޓީ އެސޯސިއޭޝަނުން ދިވެހިރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަން ސަސްޕެންޑުކޮށްފާނެ ކަމުގެ އިންޒާރު ދީ ފޮނުވި ސިޓީއެއްގެ ކޮޕީއެއް ލިބިވަޑައިގެންފައިވާ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަޚުލޫފު ވިދާޅުވެއްޖެއެވެ. 

މަޚުލޫފު މިއަދު އެފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، ރާއްޖޭގެ ޒުވާން ޓޭޓަބަލް ޓެނިސް ޓީމުން ފާއިތުވި އަހަރު ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދީފައިވަނިކޮށް އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުން ދިވެހިރާއްޖެ ސަސްޕެންޑުކޮށްފާނެ ކަމުގެ އިންޒާރުގެ ސިޓީގެ އިންޒާރުގެ ސިޓީގެ ކޮޕީއެއް ލިބިވަޑައިގެންފައިވާ ކަމުގައެވެ. 



އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ ކަންކަމުގެ ތެރެއަށް ސަރުކާރާއި މަޖިލިހުގެ އިތުރުން ކޯޓަތަކުން ވަންނަނަމަ، ކުޅިވަރުތަކުން ސަސްޕެންޑު ކުރުމުގެ ފުރުޞަތު ބޮޑު ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ. 

މީގެ ކުރިންވެސް ސަރުކާރުންވަނީ ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިޚާބަށާއި، ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ބައެއް ކަންކަމާވެސް ބެހިފައެވެ. އެގޮތުން އެފްއޭއެމްގެ އިންތިޚާބު ހުއްޓުވުމަށް ރައްޔިތުން މަޖިލިހުގެ އިޖުތިމާޢީ ކޮމިޓީން ވަނީ ސިޓީއަކުން މިނިސްޓަރު މަޚުލޫފު ކިބައިން އެދިފައެވެ. 

އެކަމާ ގުޅިގެން މަޚުލޫފުވަނީ މަޖިލިހަށް އެ މައްސަލަ ހުށަހެޅުއްވި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުން މަޖިލިހުގެ މެދު ހެންވެއިރު ދާއިރާ މެންބަރު ޢަލީ ޢާޒިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ފަށުވި
ކީއްވެ ނުބުނީ ކުރީގެ ސަރުކާރޭ
ކިނބޫ
ކަލެއަކަށް ތިކަމެއް ނުވާނޭ ރީލޯޑު ކުރަން ދޭ.