Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ރާޅާއެރުމާ ގުޅޭ ދިވެހި ފުރަތަމަ މަޖައްލާ "ދެވިހިފާފަ" އިފުތިތާހުކޮށްފި

ރާޅާއެރުމުގެ ދާއިރާއަށް ޚާއްޞަކޮށްގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މަޖައްލާއެއް ނެރެން ފަށައިފިއެވެ.
"ދެވިހިފާފަ" މިނަމުގައި ނެރޭ މި މަޖައްލާގެ ފުރަތަމަ އެޑިޝަން ނެރެދެއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ ޠައްޔބު މުޙައްމަދެވެ. މި މަޖައްލާގެ ވެބްސައިޓުގައި ޠައްޔިބު ނެރެދެއްވި އެޑިޝަން އޮންލައިންކޮށް ކިޔުމަށް ޝާއިޢުކޮށްފައިވެއެވެ.
ރާއްޖޭގައި ރާޅާއެރުމުގެ ދާއިރާއަށް ޚާއްޞަކޮށްގެން ނެރޭ ފުރަތަމަ މަޖައްލާ "ދެވިހިފާފަ" މި މަޖައްލާ ނެރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ނަހުޝަލް ނާޞީރާއި ޢާމިރު އަމީން ދީދީއެވެ.
މި މަޖައްލާގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ރާޅާއެރުމުގެ އެކި ހަރަކާތްތަކާ ގުޅޭ ޚަބަރުތަކާއި ރާޅާއެރުމާ ގުޅޭ އެންމެ މުހިއްމު މައުލޫމާތު އެއްތަނަކުން ފެންނާނެ ގޮތް އިންތިޒާމުކުރުމެވެ.
މި މަޖައްލާގެ ފުރަތަމަ ޢަދަދުގައި ރާޅާއެރުމުގެ ދާއިރާގެ ދިވެހިރާއްޖޭގެ ތާރީޚާއި، މިދާއިރާގައި މިހާރާއި ކުރިން ހަރަކާތްތެރިވި ފަރާތްތަކުގެ މައުލޫމާތު ގެނެސްދީފައިވެއެވެ. އަދި އެއިން ބައެއް ފަރާތްތަކުގެ އިންޓަވިއުތައް ހިމަނާފައިވެއެވެ.
"ދެވިހިފާފަ" މަޖައްލާއިން ބުނި ގޮތުގައި އެ މަޖައްލާއަކީ ރާޅާއެރުމާ ގުޅޭ ނޫސްވެރިކަމާއި ރާޅާއެރުމުގެ ދާއިރާ ކުރިއެރުމަށް ހުޅުވައިލެވޭ ޕްލެޓްފޯމަކަށްވާނެއެވެ.
މި މަޖައްލާ ނެރުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރަކު 1 ފަހަރު ކަމަށްވެސް މި މަޖައްލާއިން މައުލޫމާތު ދީފައިވެއެވެ.
މި ލިއުމާއި ގުޅޭ