ބެން ޗިލްވެލް 45 މިލިއަން ޕައުންޑުގެ އަގެއްގައި ޗެލްސީއަށް ސޮއިކޮށްފި

އިބްރާހިމް އާދަމް 27 އޯގަސްޓު 2020 07:52
Flowers
ބެން ޗިލްވެލް

އިނގިރޭސި ޤައުމީ ޓީމުގެ ފަހަތުގެ ވާތަށް ކުޅޭ ބެން ޗިލްވެލް ޗެލްސީއަށް 45 މިލިއަން ޑޮލަރުގެ އަގަކަށް ސޮއިކޮށްފިއެވެ. އޭނާ އެޓީމަށް އައީ ލެއިސެސްޓާ ޓީމު ދޫކޮށްފައެވެ. 

ޗިލްވެލްއަކީ މިޓްރާންސްފާ ސީޒަނުގައި ޗެލްސީއަށް އިތުުރުވި ތިންވަނަ އައު ކުޅުންތެރިޔާއެވެ. އެގޮތުން ޢުމުރުން 27 ހަކީމް ޒިޔެޗްވަނީ ގެނެސްފައެވެ، އަދި އުމުރުން 24 އަހަރުގެ ފޯވާޑް ޓިމޯ ވަރނާ ގެނެސްފައިވެއެވެ. 

އުމުރުން 23 އަހަރުގެ ދިފާޢީ ކުޅުންތެރިޔާ ޗިލްވެލްއަކީ ލެއިސެސްޓާގެ އެކަޑެމީން ނުކުތް ކުޅުންތެރިއެކެވެ. އޭނާ އެންމެ ފުރަތަމަ އެޓީމުން ފެނިގެން ދިޔައީ 2015 ވަނަ އަހަރުއެވެ. އަދި 2024 ވަނަ އަހަރާ ހަމައަށް އެޓީމާއެކު ދެމިހުރުމަށް އޭނާވަނީ އެެއްބަސްވެފައެވެ. 

ލެއިސިސްޓާގައި އޭނާ ހޭދަކުރި ފަހު ސީޒަން ކަމުގައިވާ 2019-2020 ސީޒަނުގެ އެންމެ ފަހު 5 މެޗުގައި އޭނާއަށް ކުޅެވިފައިނުވެއެވެ. އެއީ އޭނާގެ ފައިތިލައަށް ލިބުނު ގެއްލުމަކާ ގުޅިގެންނެވެ. 

މިސީޒަނުގައި އިނގިރީ ޕްރިމިއާ ލީގުގެ ހަތަރުވަނަ ޗެލްސީންވަނީ ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގުގެ ޖާގައެއް އެޓީމުންވަނީ ކަށަވަރުކޮށްފާއެވެ. 

ލަމްޕާޑުގެ ޒުވާން އަދި ޤާބިލް ޓީމުގައި މަސައްކަތްކުރުމަކީ އެކަމަށް ވަރަށް އުންމީދުކުރާ ކަމެއް ކަމުގައިވެސް ޗިލްވެލް ބުނެފައިވެއެވެ. 

ޗެލްސީއަށް އައުމުގެ ކުރިން ލެއިސިސްޓާގައި ޗިލްވެލްވަނީ 123 މެޗު ކުޅެފައެވެ. އަދި 4 ގޯލު އޭނާ ކާމިޔާބުކޮށްފައިވެއެވެ. އެއިން 3 ގޯލަކީ އެންމެ ފަހު ސީޒަނުގައި ޕްރިމިއާ ލީގުގައެވެ.

ކިޔުންތެރިންގެ ހިޔާލު