ފެރެންސްވޭރޮސް އަތުން ބަލިވެ ސެލްޓިކް ޗެމްޕިއަންސް ލީގުން ބޭރުވާންޖެހިއްޖެ

ޙުސައިން އަފްޝަން 27 އޯގަސްޓު 2020 08:32
Flowers
ސެލްޓިކާ ދެކޮޅަށް ޖެހި ގޯލު

ފާއިތުވި 15 އަހަރު ތެރޭގައި ޗެމްޕިއަންސް ލީގުގެ އެންމެ ކުރީ ކޮޅުގައި ސެލްޓިކް އެމުބާރާތުން ކަޓައިފިއެވެ. އެޓީމު މުބާރާތުން ކަޓާފައިވަނީ ހަންގޭރީގެ ފެރެންސްވޭރޮސްއާ ބައްދަލުކުރި މެޗުގައެވެ. 

ހަންގޭރީ ޓީމުން ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވަނީ ޑޭވިޑް ސައިގާއެވެ. ނަމަވެސް ސެލްޓިކް ޓީމުން އެއްވަރުކުރީ ރަޔާން ކްރިސްޓީ ގޯލެއް ކާމިޔާބުކޮށްގެންނެވެ. އެހެންނަމަވެސް ފެރެންސްވޭރޮސްގެ ޓޮކްމަކް ޏެއުންގެ ގޯލާއެކު ހަންގޭރީ ޓީމަށް ކާމިޔާބު ކަށަވަރުވިއެވެ. މިމެޗަކީ 2005 ވަނަ އަހަރުގެ ފަހުން މިހާތަނަށް ޗެމްޕިއަންސް ލީގުގައި އެންމެ އަވަހަށް ސެލްޓިކް ބަލިވި މެޗެވެ. 

ސްކޮޓްލޭންޑުގެ ޗެމްޕިއަން ޓީމު މިހާރުވަނީ ޔޫރަޕާ ލީގުގެ ތިންވަނަ ކުއަލިފައިނަށް ވެއްޓިފައެވެ. ޔޫރަޕާގެ ތިންވަނަ ކުއަލިފައިންގެ ގުރު ނެގުން އޮންނާނީ އަންނަ އަންގާރަދުވަހުއެވެ. 

މިމެޗުގައި ސެލްޓިކުންވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ފެރެންސްވޭރޮސްއިން މެޗުގައި ބޮޑަށް ކުޅެފައިވަނީ ދިފާޢީ ކުޅުމެކެވެ. މެޗު ދިގުލައިގެން ދިޔަ މިންވަރަކުން ހަންގޭރީ ޓީމުން ކުޅުމުގެ އުސްލޫބު ބަދަލުކޮށް ވަރަށް ބޮޑަށް ދިފާޢީ ކުޅުން ކުޅެމުންދެއެވެ. ނަމަވެސް ސެލްޓިކުން އުފެއްދި އެއްވެސް ހަމަލާއެއް ކާމިޔާބުކުރެވިފައިނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު