Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ބާސެލޯނާ ދޫކޮށް އެހެންޓީމަކަށް ދާން މެސީ އެދިއްޖެ

ކުޅިވަރު ނޫސްވެރިޔާ މާސެލޯ ބެޝްލާ ބުނެފައިވަނީ އަންނަ އަހަރު ބާސެލޯނާއާއި އެޓީމުގެ ކުޅަދާނަ އާޖެންޓީނާ ތަރި ލައަނަލް މެސީގެ މެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް އައުމުގެ ކުރިން ބާސެލޯނާ ދޫކޮށް އެހެންޓީމަށް ދާން ބޭނުންވެގެން އެކަމަށް މެސީ އެދިއްޖެ ކަމުގައެވެ.
ބެޝްލާ އޭނާގެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މެސީ މިނިންމުން ނިންމާފައިވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކާ ވާދަކޮށް 8-2 ގެ ނަތީޖާއަކުން ބަލިވި މެޗަށް ފަހުގައި ކަމުގައެވެ. މިބަލީގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ބާސެލޯނާގެ މުޅި ޓީމަށް އަމާޒުވެފައިވެއެވެ.
Atenção para a notícia: Messi quer deixar o Barcelona. Não em 2021. Agora. pic.twitter.com/XTcJwYIa2s— Marcelo Bechler (@marcelobechler) August 16, 2020

ބޭޝްލާ ފާހަގަވެފައިވަނީ ބާސެލޯނާގެ ކުރީގެ ތަރި ނޭމާ ބާސާ ދޫކޮށް ޕީއެސްޖީއަށް ދާން ނިންމި ވާހަކަ ނޫސްތަކަށް ތިލަކޮށްދިން ނޫސްވެރިޔާގެ ގޮތުގައެވެ.
ބަޔާނާ ވާދަކޮށް ބަލިވި މެޗަށް ފަހު އަދި މިހާތަނަށް ރަސްމީކޮށް މެސީ އެއްވެސް ވާހަކައެއް ބުނެފައިނުވެއެވެ. އެހެންނަމަވެސް އެމެޗުގެ ބައްޔާއެކު ބާސެލޯނާގައި އޭނާގެ މުސްތަޤުބަލާމެދު ގިނަ ސުވާލުތަކެއް އުފެދުނެވެ. ޚާއްޞަކޮށް ބާސެލޯނާއާއި މެސީގެ މެދުގައި މިހާރު އޮތް އެއްބަސްވުން 2021 ވަނަ އަހަރު ނިމުމަކަށް އައުމާއެކު ދެން މެސީ ކަންކުރާނެ ގޮތެއް ގިނަ ބަޔަކަށްވަނީ ނޭނގިފައެވެ.
އެއްބަސްވުން ނިމުމުގެ ކުރިން މެސީ އެހެން ޓީމަކަށް ދާން ބޭނުންވެއްޖެނަމަ އެކަން ބާސެލޯނާގެ މެނޭޖުމެންޓުން ހަމަޖައްސާނެ ކަމުގައި ލަފާކުރެވޭ ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ. ސަބަބަކީ ބާސެލޯނާއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ތެރެއިން އަރައިގަތުމަށް އެގޮތަށް މެސީ ވިއްކައިލުމުން އެހީވާނެތީއެވެ.
ސްޕެއިނުގެ ނޫހެއް ކަމުގައިވާ މުންޑޯ ޑެޕޯޓިވޯއިން ބުނެފައިވަނީ މެސީ ނުވަތަ އޭނާގެ އެޖެންޓުގެ ކިބައިން އެއްވެސް އެންގުމެއް ނުވަތަ އިޝާރާތެއް މިހާތަނަށް ބާސެލޯނާގެ މެނޭޖުމެންޓަށް ލިބިފައިނުވާ ކަމުގައެވެ.
މި ލިއުމާއި ގުޅޭ