Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ބާސެލޯނާ ގެ ކުޅުންތެރިއަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެ

ދުނިޔޭގެ އެންމެ މުއްސަނދި ފުޓްބޯޅަ ކްލަބުކަމުގައިވާ އެފްސީ ބާސެލޯނާގެ ކުޅުންތެރިއަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެ ކުޅުންތެރިއާ ކޮވިޑު-19 އަށް ޕޮޒިޓިވްވީ އެ ޓީމު ޗެމްޕިއަންސް ލީގުގެ ފަހުގެ ސްޓޭޖުގެ މެޗުތައް ކުޅެން ލިޒްބަން އަށް ފުރަން އުޅެނިކޮށެވެ. ޕޮޒިޓިވްވި ކުޅުންތެރިއާ މިހާރު ވަނީ ސެލްފް އައިސޮލޭޝަނުގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ލިޒްބަންއަށް ފުރަން ތައްޔާރުވަމުން ދިޔަ ސީނިއަރ ޓީމުގެ އެއްވެސް ކުޅުންތެރިއަކާއި އެ ކުޅުންތެރިޔާ އާއި ކޮންޓެކްޓް ވެފައި ނުވާކަމަށް އެ ކްލަބުން ހާމަކޮށްފައިވެއެވެ.
ޔޫއެފާއިން ވަނީ މެޗުތައް ކުޅެން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރު ކުރާ އިރު ރައްކާތެރި ކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް އިރުޝާދު ދީފައެވެ.
މި ލިއުމާއި ގުޅޭ