މެންޗެސްޓަރ ސިޓީ އަތުން ވެސްޓް ހެމް ބަލިވެއްޖެ

މަރިޔަމް ލީނާ 10 އޯގަސްޓު 2019 18:48
Flowers
ރަހީމް ސްޓާލިންގް

އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު ވެސްޓް ހެމް އާއި މެންޗެސްޓަރ ސިޓީ ބައްދަލު ކުރި މެޗުގައި މެންޗެސްޓަރ ސިޓީ މޮޅުވެއްޖެއެވެ.

މެންޗެސްޓަރ ސިޓީއިން ވަނީ މި މެޗުގައި 5 ގޯލު ޖަހާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެންޗެސްޓަރ ސިޓީގެ ގެބްރިއެލް ޖެސިއުސް އެވެ. އެއަށްފަހު ރަހީމް ސްޓާލިން ގޯލެއް ޖަހާ ލީޑު ފުޅާކޮށްދިނެވެ. އެއަށް ފަހު ޖެސިއުސް ޖެހި ގޯލެއް އެއީ ގޯލެއް ނޫންކަމަށް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމިއެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ސްޓާލިން އޭނާގެ ދެވަނަ ގޯލު ޖެހިއެވެ.

މެންޗެސްޓަރ ސިޓީގެ 4 ވަނަ ލަނޑު ޖަހާ ދިނީ ސާރޖިއޯ އަގުއޭރޯ އެވެ. އަގުއޭރޯ ފުރަތަމަ ޖެހި ގޯލު ވެސްޓް ހެމްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ނަމަވެސް ކީޕަރުގެ ދެފައި ގޯލް ލައިން މަތީގައި ނެތް ކަމަށް ވީއޭއާރުން ދެއްކުމުން އަލުން ޕެނަލްޓީ ޖެހުމުގެ ފުރުސަތު އަގުއޭރޯއަށް ވަނީ ލިބިފައެވެ. ދެވަނަ ފަހަރަށް ޖެހި ޕެނަލްޓީ އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި ސްޓާލިންވަނީ 5 ވަނަ ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. 

ކިޔުންތެރިންގެ ހިޔާލު