އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސަކަށް 3 ވަނަ ދައުރަަކަށް ތޮލާލު އިންތިހާބުވެއްޖެ

މަރިޔަމް ލީނާ 29 ޖުލައި 2020 19:16
Flowers
އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް ތޮލާލް

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ގެ މަޤާމަށް މުހައްމަދު ތޮލާލު އިންތިހާބުވެއްޖެއެވެ.

މިއީ ތޮލާލު މި މަޤާމަށް ހޮވޭ 3 ވަނަ ފަހަރެވެ. 2012 ވަނަ އަހަރުން ފެށިގެން އެ އެސޯސިއޭޝަނުގެ ރައީސްގެ މަޤާމުގައި ހުންނަވަނީ ތޮލާލްއެވެ.

އެ މަޤާމަށް ދެން ވާދަ ކުރެއްވީ ޔަޒްނީ ނަޝީދެވެ. ތޮލާލަށް 15 ވޯޓު ލިބުނު އިރު ޔަޒްނީ އަށް ލިބުނީ 14 ވޯޓެވެ. 12 ކްލަބާއި 5 މެމްބަރުން މި އިންތިހާބުގައި ވޯޓުދިނެވެ. ތޮލާލުގެ ރައީސް ކަމުގުގައި އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ގިނަގުނަ ކާމިޔާބީތަށް ހޯދާފައެވެ.

މިގޮތުން 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި އަދި 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ހޯދި ކާމިޔާބީތަށް ފާހަގަކޮށްލެވެއެވެ.

އާ ދައުރަކަށް އިންތިހާބުވުމުން ތޮލާލު ވަނީ އެތުލެޓިކްސް އެސޯސިއޭޝަން ރިބްރޭންޑް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދެން އަމާޒަކީ ކޮމަންވެލްތު ގޭމްސްގައި މެޑަލްއެއް ހޯދުން ކަމަށް ތޮލާތު ވިދާޅުވިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ނައިބު ރައީސް ކަމަށް ހޮވުނީ މިހާރުވެސް އެ މަޤާމުގައި ހުންނަވާ އަހްމަދު އަޒީލް އެވެ..

ކިޔުންތެރިންގެ ހިޔާލު