ސައުތުހެމްޓަނާއި ޔުނައިޓެޑު އެއްވަރުވެ 3 ވަނަ ހޯދުމުގެ އުންމީދު ފަނޑުވެއްޖެ

ހުސެން ޒަހީން 14 ޖުލައި 2020 08:06
Flowers
މެންޗެސްޓާ ޔުނައިޓެޑަށް ކުރި ހޯދައި ނުދެމެހެއްޓުނު / ފޮޓޯ: ރޮއިޓާސް

އެންމެފަހު ވަގުތު ސައުތުހެމްޓަނުން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ގޯލެއް ކާމިޔާބުކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށް، ޔުނައިޓެޑަށް ޕްރިމިއާލީގުގެ ތިންވަނަ މަޤާމު ނުލިބޭ ގޮތް މެދުވެރިކޮށްފިއެވެ. 

ޕްރިމިއާލީގުގެ 35 ވަނަ މަރުހަލާގައި ކުޅުނު މިމެޗުގެ ފަހު މިނުޓާ ހަމައަށްވެސް މެންޗެސްޓާ ޔުނައިޓެޑުން ހިތްވަރު އެލުވައިނުލައި ކުޅެމުންދިޔައެވެ. ނަމަވެސް މެޗުގެ އެންމެ ފަހު މިނިޓު ސައުތުހެމްޕްޓަންގެ ކުޅުންތެރިޔާ މައިކަލް އޮބަފޭމީ ކާމިޔާބުކޮށްދިން ގޯލާއެކު އެޓީމުގެ ހިތްވަރު އެލިގެން ދިޔައެވެ. އެލަނޑު ކާމިޔާބުކޮށްދީފައިވަނީ މެޗުގެ އިތުރުގަޑީގެ 6 ވަނަ މިނިޓުގައެވެ. 

މިމެޗުގައި އެންމެ ފުރަތަމަ ކުރިހޯދީވެސް ސައުތުހެމްޕްޓަނުންނެވެ. އެގޮތުން މެޗުގެ 19 ވަނަ މިނިޓުގައި ސްޓުއަޓް އާމްސްޓްރޯންގު ގޯލެއް ކާމިޔާބުކުރިއެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ، މެންޗެސްޓާ ޔުނައިޓުގެ ހުނަރުވެރި ފޯވާޑު މާކަސް ރަޝްފޯޑުވަނީ ގޯލެއް ކާމިޔާބުކޮށްދީ 2 ޓީމު އެއްވަރުކޮށްދީފައެވެ.

ޔުނައިޓެޑަށް ކުޅޭ ހުނަރުވެރި ފަރަންސޭސި ކުޅުންތެރިޔާ އެންތަނީ މާޝަލްގެ ދެވަނަ ލަނޑާއެކު ޔުނައިޓެޑަށް ކުރި ލިބުނެވެ.  

މިނަތީޖާއާއެކު ޔުނައީޓެޑަށް ލިބިފައިވަނީ 59 ނުކުތާއެވެ. އެޓީމު އޮތީ ލީގުގެ 5 ވަނަ މަޤާމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު