Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ރާމޯސްގެ ލަނޑާއިއެކު ރޭއާލްއަށް އަނެއްކާވެސް މޮޅެއް

ލަލީގާގައި މިރޭ ރެއާލް މޭޑްރިޑް ކުޅުނު މެޗް 1-0 ނަތީޖާއަކުން އެތްލެޓިކޯ ބިލްބާއޯގެ މައްޗަށް ކާމިޔާބު ހޯދައިފިއެވެ.
އެތްލެޓިކޯ ބިލްބާއޯގެ ދަނޑުގައި ކުޅެވުނު މި މެޗުގެ ހަމަ އެކަނި ލަނޑު ރެއާލް އަށް ޖަހައިދިނީ މުޗުގެ 73 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން، ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. މި މޮޅާއެކު ރެއާލްއިން ވަނީ ލީގުގައި ބާސާއާއި ދެމެދު އޮތް ފަރަގު ބޮޑުކޮށް ލީގު ހޯދުމާއި ކައިރިއަށް ޖެހިލައިފައެވެ.
މިރޭ ލީގުގެ ތަށްޓަށް ރެއާލްއާއި އެކު ވާދަ ކުރާ ބާސާއިން ނިކުންނާނީ ވިލަރެއާލްއާއި ދެކޮޅަށް ވިލަރެއާލްގެ ދަނޑުގައެވެ. އެންމެ ފަހުން ކުޅުނު 2 މެޗުން ވެސް އެއްވަރުވެ ބާސާގެ ޓީމު އޮތީ ވަރަށް ބޮޑު ޕްރެޝަރެއްގައެވެ.
ލީގުގެ ބާކީ ރެއާލް އަށް ހަތަރު މެޗު އޮތް އިރު، ލީގު ކާމިޔާބު ކުރުމަށްޓަކައި މިރޭގެ މެޗުން ކޮންމެހެންވެސް ކާމިޔާބު ކުރަން ބާސާއަށް ވަނީ މަޖުބޫރުވެފައެވެ. ބާސާގެ މެޗު މިރޭ ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 1ކެއް ޖަހާއިރުއެވެ.
މި ލިއުމާއި ގުޅޭ