Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ދިވެހި ލީގު މުޅި ރާއްޖެއަށް 2023 ވަނަ އަހަރު ފުޅާކުރަނީ

ދިވެހިރާއްޖޭގެ ފުޓުބޯޅަ ލީގު ރާއްޖޭގެ ހުރިހާ ހިސާބަކަށް 2023 ވަނަ އަހަރު ފުޅާކުރައްވާނެ ކަމުގައި ދިވެހިރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސް ބައްސާމް ޢަދީލް ޖަލީލު ވިދާޅުވެއްޖެއެވެ.
ދެވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމަށްފަހު މީޑިޔާއާ ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ ގޮތުން، 2023-24 ވަނަ އަހަރުގެ ސީޒަން ފަށާނީ ހޯމް އެންޑް އަވޭ އުސޫލުން ކަމުގައެވެ. އެގޮތައް ލީވު ތަރުތީބުކުރުމަށް އެފްއޭއެމްގެ ނައިބުރައީސް ޢަލީ ޢުމަރާއި ޤައުމީ ޓީމުގެ އެސިސްޓެންޓު ކޯޗު އަލީ ސުޒޭނާ ހަވާލުކޮށްފައިވާ ކަމުގައެވެ.
ހަމައެހެންމެ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ލީބު ފުޅާކުރާއިރު ދިވެހި ލީގު ހިންގައި ކަންކަން ތަރުތީބުކުރުމަށް ޚާއްޞަ ބޮޑީއެއް އެކުލަވައިލައްވާނެ ކަމުގައި ބައްސާމް ވިދާޅުވިއެވެ. އެކަން ކުރާނީ މިހާރު ސަރުކާރުން އެކި ރަށްރަށުގައި ތައްޔާރުކުރަމުންދާ ދަނޑުތަކާއި އެފްއޭއެމުން ބިނާކުރާ ދަނޑުތައް ނިމުމުން ކަމުގައި އޭނާ ވިދާޅުވިއެވެ. އެދަނޑުތައް ތައްޔާރުކުރަނީ ރޭގަނޑުވެސް މެޗުތައް ކުރިއަށް ގެންދެވޭ ގޮތަށް ކަމުގައި ބައްސާމް ވިދާޅުވިއެވެ.
އަދި މާލެއިން ބޭރުގައި އެކި ސަރަހައްދުގައި ތަރައްޤީކުރަން ނިންމާފައިވާ 14 ދަނޑެއްގެ މަސައްކަތްކުރުމަށް ބޭނުންވާ ސާމާނު އޯގަސްޓު މަހުގައި ރާއްޖެއަށް ދެކުނު ކޮރެއާއިން ވިދާޅުވިއެވެ. އަދި މަސައްކަތް ފެށުމާއެކު ކޮންމެ 30 ދުވަހަކުން ދަނޑެއްގެ މަސައްކަތް ނިންމައިލުމަކީ އުންމީދުކުރައްވާ ގޮތް ކަމުގައިވެސް ބައްސާމް ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ