ބާސާއާއި ސެލްޓާ ޑެވީގޯއާ އެއްވަރުވުމުން ލަލީގާ ކާމިޔާބުކުރުން ރެއާލަށް ފަސޭހަވެއްޖެ

ހުސެން ޒަހީން 28 ޖޫން 2020 09:20
Flowers
ލުއިސް ސުއަރޭޒް

ރޭ ކުޅުނު ލަލީގާގެ މެޗުގައި ބާސެލޯނާއާއި ސެލްޓާ ޑެ ވީގޯ އެއްވަރުވުމާއެކު، ބާސެލޯނާގެ ތާރީޚީ ވާދަވެރިޔާ ރެއާލް މެޑްރިޑަށް ލީގުގެ ތަށި ކަށަވަރުވުމާ ގާތްވެއްޖެއެވެ. 

ހޮނިހިރުދުވަހު ސެލްޓާ ޑެ ވީގޯގެ ދަނޑުގައި ކުޅުނު މެޗުގައި ބާސެލޯނާއަށް ސިހުން ގެނުވައި 2-2 ގެ ނަތީޖާއަކުން މެޗު ސެލްޓާއިން އެއްވަރުކުރުމާއެކު، ބާސެލޯނާއިން ލީގު ހޯދުމަށް ކުރާ އުންމީދަށް ވަރަށް ބޮޑަށް ހިޔަނި އެޅިގެން ގޮސްފައިވެެއެވެ. 

ބާސެލޯނާއަށް މިމެޗުގައި އެއްވަރުވުމުން ބާސެލޯނާއާއި ބާސާގެ ޒަމާންވީ ވާދަވެރިޔާ ރެއާލް މެޑްރިޑުގެ މެދުގައި ތާވަލުގައި އޮތް ތަފާތުވަނީ އެންމެ 1 ޕޮއިންޓަށް ކުޑަވެފައެވެ. ބާސާއަށް ލިބިފައިވަނީ 69 ޕޮއިންޓެވެ. ރެއާލް މެޑްރިޑުން އާދީއްތަ ދުވަހު އެސްޕާނިއޯލާ ދެކޮޅަށް އެސްޕާނިއޯލްގެ ދަނޑުގައި ކުޅޭނެއެވެ. 

ރެއާލާއި ބާސެލޯނާ ބައްދަލުކުރި މެޗުތަކަށް ބަލާނަމަ، ބާސެލޯނާއަށްވުރެ ކުރީގައި އުޅެނީ ރެއާލެވެ. އެގޮތުން ބާސެލޯނާގެ ދަނޑު ކޭމްޕް ނައުގައި ބައްދަލުކުރި މެޗުގައި ބާސާއާއި ރެއާލުވަނީ އެއްވަރުވެފައެވެ. ނަމަވެސް ރެއާލުގެ ދަނޑު ސެންޓިއާގޯ ބަރްނާބިއޯގައި ދެޓީމު ބައްދަލުކުރި މެޗުގައި ބާސެލޯނާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ރެއާލުވަނީ ވަނީ ކުރި ހޯދާފައެވެ. 

ބާސެލޯނާއަށް ރޭގެ މެޗުގައި ކާމިޔާބުވި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނިީ އެޓީމުގެ އުރެގުއޭ ތަރި ލުއީސް ސުއަރޭޒެވެ. އެއީ މެޗުގެ 20 ވަނަ މިނިޓާއި 67 ވަނަ މިނިޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު
އަންނިބެ
ބަލަ ރެއާލް މެޑްރިޑްގެ ޒަމާންވީ ވާދަވެރިއަކީ ބާކާ، ތިޔަ ބާކާ އުފަންވީ އިރުވެސް ރެއާލް މެޑްރިޑް އޮތީ އަތް ނުފޯރާ ފަށުގަ