އެއްވަރުވާންދަނިކޮށް ބަދަލު ކުޅުންތެރިއަކަށް އެރި ރަކިޓިޗް ބާސާ ސަލާމަތްކޮށްދީފި

ހުސެން ޒަހީން 24 ޖޫން 2020 11:56
Flowers
ބާސެލޯނާގެ ކުޅުންތެރިން

ބާސެލޯނާއާއި އެތުލެޓިކް ބިލްބާއޯގެ މެޗުގައި އެއްވަރުވާން ދނަިކޮށް ބާސާއަށް މެޗު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކްރޮއޭޝިޔާގެ ތަރި އިވާން ރަކިޓިޗެވެ. އޭނާގެ ލަނޑާއެކު ޖެހިޖެހިގެން ދެ މެޗުން އެއްވަރުނުވެ ބާސާއަށް މޮޅެއް ކާމިޔާބުވެއްޖެއވެެ. 

ބާސެލޯނާއަށް ލިބުނު ކާމިޔާބާއެކު ބާސެލޯނާއަށް ލީގުގެ ކުރި މިވަގުތުވަނީ ލިބިފައެވެ. ބާސެލޯނާއަށް ކާމިޔާބުވެފައިވަނީ 68 މެޗެވެ. ނަމަވެސް ކުޅެފައިވާ މެޗުގެ ޢަދަދަށް ބަލައިގެން ބާސެލޯނާގެ މައްޗަށް ކުރި ހޯދުމުގެ ފުރުޞަތު ރެއާލް މެޑްރިޑަށް އަދިވެސް އޮތީ ފަހިވެފައެވެ. ބުދަދުވަހު އޮންނަ މެޗުގައި ރެއާލް މަލޯކާގެ މައްޗަށް މެޑްރިޑުން ކާމިޔާބެއް ހޯދައިފިނަމަ އެޓީމަށް ތާވަލުގެ އެއްވަނަ ލިބޭނެއެވެ. 

ފަންނީ ގޮތުން ބަލާނަަމަ ބާސެލޯނާއާއި ބިލްބާއޯއިން މެޗުގައި ދައްކައިދީފައިވަނީ މެދުމިނުގެ ކުޅުމެކެވެ. ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކުން ލަނޑެއް ކާމިޔާބުކޮށްފައިނުވެއެވެ. މެޗުގައި ލަނޑުތައް ފެނިފައިވަނީ މެޗު ނިމެން ވަރަށް ގާތްވެފައިވަނިކޮށެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓާފައިވަނީ ބާސެލޯނާއިންނެވެ. 

ބާސެލޯނާއިން ރޭވިގެން ކުރިއަށް ގެންދިޔަ ހަމަލާއެއް ބޭނުންކޮށްގެން 71 ވަނަ މިނިޓުގައި ރަކިޓިޗްވަނީ ލަނޑުޖަހައި ގޯލު ކާމިޔާބުކޮށްދީ ބާސެލޯނާއަށް 3 ނުކުތާ ހޯދައިދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު