Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އީރާނަށް ނިސްބަތްވާ 16 އަހަރުގެ ކުއްޖެއް ދުނިޔޭގެ ރާޒުވާ ޗެމްޕިއަން ބަލިކޮށްފި

އީރާނަށް ނިސްބަތްވާ އާދަޔާ ޚިލާފަށް ރާޒުވާއަށް މޮޅު 16 އަހަރުގެ ޒުވާނެއް ރާޒުވާގެ ދުނިޔޭގެ ޗެމްޕިއަން މެގްނަސް ކާލްސަން ބެންޓަރ ބްލިޓްޒް ކަޕުގެ ފައިނަލުގައި ބަލިކޮށްފިއެވެ.
ޢަލީރިޟާ ފައިރޫޒްޖާ 8.5-7.5 ގެ ނަތީޖާއަކުން ނޯވޭއަށް ނިސްބަތްވާ ދުނިޔޭގެ ރާޒުވާ ޗެމްޕިއަން ބަލިކޮށްފައިވަނީ އޮންލައިންކޮށް ކުޅުނު މެޗެއްގައެވެ. އޮންލައިންކޮށް ގެންދިޔަ މުބާރާތުގައި ކުޅުންތެރިންގެ ކުޅި އަގައިން ބުނަންޖެހެއެވެ. މިމުބާރާތް ކާމިޔާބުކުރާ ފަރާތަކަށް ލިބޭ ހަނދިޔާއަކީ 14،000 ޑޮލަރެވެ.
ބައިނަލްއަޤުވާމީ ރާޒުވާގެ ރޭންކިން ބަލަހައްޓާ ޖަމާޢަތް ކަމުގައިވާ 2700 ފެޑެރޭޝަން އިންޓަރނޭޝަން ޑެސްއެޗެކްސަށް ވާޞިލުވި ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިޔަކީ އީރާނުގެ ޢަލީރިޟާއެވެ.
މިމުބާރާތަކީ 7 މަސް ދުވަހުގެ މުއްދަތަކަށް ދެމިގެން ދިޔަ މުބާރާތެކެވެ. ޖުމްލަ 131 މެޗު ކުޅެވިފައިވެއެވެ. ކޮންމެ ގޭމެއްގެ ދިގުމިނަކީ ތިން މިނިޓެވެ. 128 ބައިވެރިން މިމުބާރާތުގައި ބައިވެރިވިއެވެ. މުބާރާތް ނިމުނީގެ ދުނިޔޭގެ ޗެމްޕިއަނާއި އީރާނުގެ ޒުވާނާ ފައިނަލަށް ދަތުރުކޮށްގެންނެވެ.
މިމެޗުގެ ކުރިން ބައިނަލްއަޤުވާމީ މީޑިޔާތަކާ ވާހަކަދައްކަމުން ދުނިޔޭގެ ޗެމްޕިއަން ބުނެފައިވަނީ ޢަލީރިޟާއަކީ މިމުބާރާތުގައި އޭނާއާ ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ޢަލީރިޟާއަށް ދުނިޔޭގެ ސަމާލުކަން ހުއްޓިގެން ދިޔައީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު އޮތް މޮސްކޯ ވޯރލްޑް ބްލިޓްޒްގައި ދުނިޔޭގެ ޗެމްޕިއަނާ ވާދަކޮށް ދެވަނަ މަޤާމު އޭނާއަށް ލިބުމުންނެވެ.
90 މިނިޓަށް ދެމިގެން ދިޔަ މެޗު ނިމި ކާލްސެންއަށް މެޗު ނާކާމިޔާބުވަމަށް ފަހު އޭނާ ބުނެފައިވަނީ ޢަލިރިޟާއަކީ ވަރަށް ވަރުގަދަ ވާދަވެރިއެއް ކަމުގައެވެ.
މިދެކުޅެންތެރިން އަލުން ރާޒުވާގެ ވާދަވެރި މެޗެއްގައި ކުރިމަތިލާނީ އޭޕްރީލް 20 ވަނަ ދުވަހުއެވެ. އެއީ 250،000 ޑޮލަރުގެ އަގުހުރި މެގްނަސް ކާރލްސެން އިންވިޓޭޝަނަލްގައެވެ.
މި ލިއުމާއި ގުޅޭ