Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

މަލްޑީނީ އާއި ޑިބާލާ ވެސް ޕޮޒިޓިވްވެއްޖެ

އިޓަލީގައި ހަލުވިކަމާއި އެކު ކޮވިޑް19 ފެތުރެމުން އަންނައިރު އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑެއް ކަމުގައިވާ ޕައުލޯ މަލްޑީނީ އަށާއި އިޓަލީ ލީގުގައި ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ޕައުލޯ ޑިބާލާ ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އިޓަލީގެ ގައުމީ ޓީމަށް 126 މެޗު ކުޅެފައިފާ މަލްޑީނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭނާގެ 18 އަހަރުގެ ދަރިފުޅު ވެސް ވަނީ ޕޮޒިޓިވްވެފައެވެ.އޭސީ މިލާންގެ ޓެކްނިކަލް ޑިރެކްޓަރކަން ކުރަމުން އަންނަ މަލްޑީނީ އާއި އޭނާގެ ދަރިފުޅު ޑެނިއެލް ކޮވިޑަށް ޕޮޒިޓިވްވިކަން އޭސީ މިލާނުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕައުލޯ ޑިބާލާ ޕޮޒިޓިވްވިކަން ހާމަކޮށްފައި ވަނީ އޭނާ އަމިއްލައަށެވެ. އިންސްޓަގްރާމް މެދުވެރިކޮށް ދިން މެސެޖެއްގައި ޑިބާލާ ބުނެފައިވަނީ އޭނާ އާއި ލޯބިވެރިޔާ އޮރިއާނާ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"އޮރިއާނާ އާއި އަހަރެން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި، ނަސީބަކުން އަހަރުމެން މިތިބީ ހެޔޮ ހާލުގައި" ޑިބާލާ ބުނެފައިވެއެވެ.
ޑިބާލާ އަކީ ޔުވެންޓަސް ޓީމުން ކޮވިޑަށް ޕޮޒިޓިވްވި 3 ވަނަ ކުޅުންތެރިޔާއެވެ. އަދި އޭނާ ޕޮޒިޓިވްވުމުން އިޓާލިއަން ސެރިއާގައި ކޮވިޑަށް ޕޮޒިޓިވްވި ކުޅުންތެރިންގެ އަދަދު 13 އަށް އެރީއެވެ.
މި ލިއުމާއި ގުޅޭ