ސަންޗޭޒް އެނބުރި އައިސް ހުރިހާ އެންމެންގެ ޝައްކުތަކަށް ރައްދުދޭނެ: މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު

ޙުސައިން އަފްޝަން 29 ޖެނުއަރީ 2020 11:00
Flowers
ފޮޓޯ: ބީބީސީ ސްޕޯޓްސް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އޮލެ ގަނަރ ސޯލްޖާ، ބުނެފައިވަނީ އެޓީމުގެ ތަރި އެލެކްސެސް ސަންޗޭސް އަނބުރައި އައިސް އޭނާއާމެދު ޝައްކުކުރާ ފަރާތްތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގައެވެ. 

ސަންޗޭސް މިވަގުތު ކުޅެމުންދަނީ އެޓީމުން ލޯނަކަށް އިޓަލީގެ ޓީމަކަށް ދޫކުރުމާ ގުޅިގެން އިޓަލީގައެވެ. އެގޮތުން އިންޓަރ މިލާނާއެކު އަހަރެއް ހައި ދުވަސް ހޭދަކުރުމަށްފަހު ހޫނު މޫސުމުގައި އަނބުރައި އިނގިރޭސި ޕްރިމިއަރ ލީގަށް ސަންޗޭސް ރުޖޫޢަވާނެ ކަމުގައިވެއެވެ. 

2018ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އޭނާ މެންޗެސްޓަރ ޔުނައިޓެޑަށް އައީ އާސަނަލްގައި ވަރަށް ގިނަ ދުވަހު ކުޅުމަށްފަހުއެވެ. އާސަނަލް ދޫކޮށް ޔުނައިޓެޑާ ގުޅި، އޭނާވަނީ 45 މެޗު ކުޅެ ފަސް ގޯލު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. 

ސަންޗޭސަކީ މިވަގުތު ޔުނައިޓެޑުގައި ހުރި އެންމެ އަގު ބޮޑު ކުޅުންތެރިޔާއެވެ. އެގޮތުން އޭނާއަށް ހަފުތާއެއްގެ މައްޗަށް 400،000 އިނގެރޭސި ޕައުންޑު ލިބެއެވެ. އޭނާ ބުނެފައިވަނީ އެޓީމަށް އައުމަށްފަހު މާބޮޑު ކާމިޔާބެއް ހޯދިފައި ނެތްނަމަވެސް އެޓީމަށް ބަދަލުވުމަށް ނިންމި ނިންމުމާދު ހިތާމަނުކުރާ ކަމުގައެވެ. 

އަނިޔާގެ ސަބަބުން އިންޓަރ މިލާނުގައި ގިނަ މެޗުތަކެއް ސަންޗޭސަށް ކުޅެވިފައިނުވެއެވެ. އެގޮތުން އޭނާއަށް ސިއެރާ އޭ ގައި ކުޅެވިފައިވަނީ އެންމެ 7 މެޗެވެ. އެ 7 މެޗުން ޖެހިފައިވަނީ އެންމެ ލަނޑެކެވެ. 

ޔުނައިޓެޑުގެ މެދުތެރެ ވަރުގަދަކުރުމަށް ލިޒްބަންގެ މެދުތެރެއަށް ކުޅޭ ކުޅުންތެރިޔާ ބްރޫނޯ ފަރނަންޑޭސް ޔުނައިޓެޑަށް ގެނައުމާ ގުޅޭ ގޮތުން އޯލެ ބުނެފައިވަނީ ޖަނަވަރީގައި ޑީލުތައް ހެދުމަކީ ވަރަށް އުދަގޫ ކަމެއް ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު