ރޮނާލްޑޯ މެޑްރިޑްގައި ހުރި އިރު އެލްކްލެސިކޯ މެޗުތައް މާ ޚާއްސަ: މެސީ

ހުސެން ޒަހީން 16 ޖެނުއަރީ 2020 11:02
Flowers

ރެއާލް މެޑްރިޑްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހުރި އިރު އެލްކްލެސިކޯ މެޗުތައް މާ ޚާއްސަ ކަމަށް ބާސެލޯނާގެ ތަރި މެސީ ބުނެފިއެވެ.

އިޓަލީގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި މެސީ ބުނެފައިވާ ގޮތުގައި ރޮނާލްޑޯ މެޑްރިޑްގައި ހުރި އިރު އެޓީމާއި ދެކޮޅަށް ކުޅެން ވަރަށް ޚާއްސަ ކަމަށެވެ. އެހެން ނަމަވެސް އެ ދުވަސްތައް މާޒީވެފައިވީ ނަމަވެސް އެ ވާދަވެރިކަމުގެ ވާހަކަ އެތައް އަހަރަކަށް ދެމިގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް އެންމެ މަތީ ލެވެލްގައި އެހާ ގިނަ ދުވަހު ވާދަކުރުމަކީ ފަސޭހަކަމެއް ނޫންކަމަށް މެސީ ވަނީ ބުނެފައެވެ.

ސްޕެއިންގެ އެންމެ ބޮޑު ދެ ކްލަބް ކަމުގައިވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވާދަކުރާ މެޗްތަކަކީ ދުނިޔޭގައި އެންމެ ގނަ ބަޔަކު ބަލާ އެއް މެެޗެވެ. މެސީ އިތުރަށް ބުނެފައިވާ ގޮތުގައި ރޮނާލްޑޯ އާއި އޭނާގެ ވާދަވެރިކަން އެތައް އަހަރަކަށް ދެމިގެން ގޮސްފައިވާއިރު އެކަމަކީ އަބަދުވެސް އެ ހަނދާންތައް ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކުން ކުރާނެ ކަމަށެވެ. 

ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރާ އެލް ކްލެސިކޯ“ މެޗަކީ ދުނިޔޭގެ އެންމެ ގިނަ އަދަދެއްގެ މީހުން ބަލާ އެއް ފުޓްބޯޅަ މެޗެވެ.

އެލްކްލެސިކޯގެ މެޗެއް އެންމެ ފަހުން ކުޅުނީ ފާއިތުވި ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ. އެ މެޗް ނިމުނީ  0-0 އިން އެއްވަރުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު