Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ބާސާގެ ޒުވާން ފޯވަޑް ލޫއީ ބެރީ ހޯދުމަށް އެސްޓަން ވިލާއިން މަޝްވަރާ ކުރަނީ

ބާސެލޯނާއަށް ކުޅެމުންދާ އިނގިރޭސި ވިލާތުގެ 16 އަހަރުގެ ޒުވާން ފޯވަޑް ލޫއީ ބެރީ ހޯދުމަށް އެސްޓަންވިލާއިން މަޝްވަރާކުރަން ފަށައިފިއެވެ. އިނގިރޭސި ވިލާތުގެ ވެސްޓް ބްރޮމްވިޗް އެލްބަންގެ ފުޓްބޯޅަ އެކަޑަމީގައި ލޫއީ ބެރީ އުމުރުން އެންމެ 6 އަހަރުން ފެށިގެން ކުޅުމަށްފަހު ޔޫރަޕްގެ އެންމެ މަޝްހޫރު އެއް ކުލަބްކަމަށްވާ ބާސެލޯނާއާ ގުޅުނީ ފާއިތުވި އަހަރުގެ ޖުލައި މަހުގައެވެ. ބެރީ ބާސެލޯނާއަށް ގުޅުނީ އެންމެ ފަހުން ބޭއްވުނު އެފްއޭ ޔޫތު ކަޕްގެ ސެމީ ފައިނަލްއަށް ބްރޮމްވިޗް ގެންގޮސް ދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދިނުމަށް ފަހު ޕްރޮފެޝަނަލް އެއްބަސްވުމެއްގައި ސޮއިކުރުމަށް ބްރޮމްވިޗުން ހުށަހެޅި ހުށަހެޅުމަށް ފުރަގަސްދިނުމަށް ފަހުގައެވެ.
ބާސެލޯނާއަށް ސޮއިކުރުމަށްފަހު ބެރީއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެންމެ އުއްމީދީ ޒުވާން ކުޅުންތެރިޔާ ކަމުގައި ބާސާއިން އޭރު ބުނެފައިވެއެވެ. ޚަބަރުތައް ލިބޭ ގޮތުގައި ލޫއީ ބެރީ ހޯދުމަށް އެސްޓަންވިލާއިން ވަނީ ތިން މިލިއަން ޑޮަލަރު ބާސެލޯނާއަށް ހުށަހަޅާފައެވެ.
އެސްޓަންވިލާއިން ލޫއީ ބެރީ ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ބްރޮމްވިޗު ދޫކޮށް ބެރީ ބާސާއަށް ސޮއިކުރުމުގެ ސަބަބުން ބަދަލެއްގެ ގޮތުގައި ދޭންޖެހޭ 235،000 ޕައުންޑް ދައްކާފައިނުވާތީ އެކުލަބުން މިހާރު ވަނީ އެމައްސަލަ ފީފާއަށްވެސް ހުށަހަޅާފައެވެ.
މި ލިއުމާއި ގުޅޭ