Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އީކޯ ޔޫތުން ނައިފަރުގައި ބޭއްވި ފުޓުބޯޅަ މުބާރަތް ނައިފަރު ޗެލްސީ އެފްސީއިން ކާމިޔާބުކޮށްފި

ފުރަތަމަ ޑިވިޜަންގެ ގިނަ ގުޅުންތެރިންތަކަކާއެކު ނައިފަރުގެ ޖަމްޢިއްޔާއެއް ކަމުގައިވާ އީކޯ ޔޫތުން ކުރިއަށް ގެންދިޔަ ފުޓުބޯޅަ މުބާރާތުގެ ޗެންޕިއަންކަން، ނައިފަރު ޗެލްސީ އެފްސީއިން ކާމިޔާބުކޮށްފިއެވެ.
އީކޯ ޔޫތުން ބާއްވާ ނައިފަރު ޗެންޕިއަންޝިޕަކީ އެރަށުގައި ބާއްވާ ގިނަ ދުވަސްވީ މުބާރާތެކެވެ. މިމުބާރާތު ކުރިއަށް ގެންދާތާ މިހާހަމައަށް ވިހި އަހަރު ފުރިފައިވާ ކަމުގައި ނައިފަރުން މަޢުލޫމާތުދެއްވި ބޭފުޅަކު ވިދާޅުވިއެވެ. މިމުބާރާތުގައި ކޮންމެ އަހަރަކުވެސް ޤައުމީ ޓީމުގެ ކުޅުންތެރިންނާއި ފުރަތަމަ ޑިވިޝަނުގައި ކުޅޭ ގިނަ ޢަދަދެއްގެ ކުޅުންތެރިން ބައިވެރިވާ ކަމުގައިވެސް އެފަރާތުން މަޢުލޫމާތު ދެއްވިއެވެ.
މިއަހަރުގެ މުބާރާތަކީ ޓާފު ދަނޑުގައި ބާއްވާ މިސިލްސިލާގެ ދެވަނަ މުބާރާތެވެ. މިމުބާރާތުގައިވެސް ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކެއް ބައިވެރިވެވިއެވެ. އެގޮތުން ޢަލީ އަޝްފާޤު (ދަނގަޑޭ) އަދި ޤައުމީ ޓީމުގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ އަދި ޢުމައިރު ފަދަ ކުޅުންތެރިން މިމުބާރާތުގައި ބައިވެރިވެފައިވެއެވެ.
މިއަހަރުގެ މުބާރާތުގައި 7 ޓީމެއް ބައިވެރިވެފައިވެއެވެ. އަދި މި ހަތް ޓީމު ދެބައަށް ބަހާލައިގެން ގުރޫޕުކޮށް ކުޅެ އެންމެ ގިނަ ޕޮއިންޓު ކާމިޔާބުކުރާ ޓީމުތަކުގެ މެދުގައި ކްރޮސް ސެމީ ފައިނަލެއް ކުޅުމަށްފަހު ފައިނަލުން މޮޅުވެ ޗެންޕިއަން ޓީމު ކަނޑައަޅާ އުޞޫލަށް ކުޅުނު މިމުބާރާތުން ދެވަނަ ކާމިޔާބުކުރީ ޖީޖީ ޓީމެވެ. އަދި މުމުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ޗެންޕިއަންކަން ހޯދި ސޮކަރސްޓަރއެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު ފޯރވަޑަކީ ޗެންޕިއަން ޓީމު ނަފަރު ޗެލްސީ އެފްސީގެ ކުޅަދާނަ ފޯވާޑު މުޙައްމަދު ނަދީމެވެ. އަދި އެންމެ މޮޅު ޑިފެންޑަރުގެ އިތުރުން ފެއަރޕްލޭ ކުޅުންތެރިއާގެ މަޤާމު ލިބިފައިވަނީ ޗެލްސީ އެފްސީގެ ޙުސައިން ފައިޞަލަށެވެ. މުޅި މުބާރާތުގައި އެންމެ ގިނަ ގޯލު ކާމިޔާބުކޮށްފައިވަނީ ރިހި މެޑަލް ކާމިޔާބުކުރި ޖީޖީ ޓީމަށް ކުޅުނު ޢަލީ އަޝްފާޤެވެ.
މި ލިއުމާއި ގުޅޭ