Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ބެޑްމިންޓަން ހޯލު އިތުރު ހަރަށެއްގައި ޤާއިމުކުރުމަށް ގެޒެޓުކޮށްފި

އައްޑޫ ސިޓީގައި މިސަރުކާރުން ޤާއިމުކޮށްފައިވާ ބައިނަލްއަޤުވާމީ ފެންވަރުގެ ބެޑްމިންޓަން ހޯލު ފަދަ ހޯލުތަކެއް އިތުރު 6 ރަށެއްގައި ޤާއިމުކުރުމަށް، މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ގެޒެޓުކޮށްފިއެވެ.
މިނިސްޓްރީއިން 6 ރަށެއްގައި ބެޑްމިންޓަން ހޯލު އެޅުމަށް ގެޒެޓުކޮށްފައިވާކަން ހާމަކުރެއްވީ އެވުޒާރާގެ ވަޒީރު އަޙްމަދު މަޚުލޫފު ކުރެއްވި ޓުވީޓެއްގައެވެ. އަލަށް ބެޑްމިންޓަން ހޯލު އެޅުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށި، ޅ.ނައިފަރު، ދ.ކުޑަހުވަދޫ، ގދ.ތިނަދޫގެ އިތުރުން ޏ.ފުވައްމުލަކުގައެވެ.
Raees @ibusolih ge sarukaarun badminton kurieruvumah Addu gai alhaafaivaa international standard ge indoor badminton hall, ithuru 6 rashehgai gaaimkurumah gazette kurun.🇲🇻🏸https://t.co/Xah7sFHxc8HDh.KulhudhuffushiLh. NaifaruL.GanDh.KudahuvadhooGDh. ThinadhooGn.Fuahmulah— Ahmed Mahloof (@AhmedMahloof) December 23, 2019

ގެޒެޓުކޮށްފައިވާ އިޢުލާނުގައިވަނީ މިރަށްރަށުގައި ބެޑްމިންޓަން ހޯލު އެޅުމުގެ މަސައްކަތުގެ ބީލަމަށް ހުޅުވައިލާފައެވެ. މިމަޝްރޫޢުގެ ބީލަން ސެކިއުރިޓީއެއް ކަމުގައި ހަމަޖައްސާފައިވަނީ ކޮންމެ ހޯލަކަށް 40،000 ރުފިޔާއެވެ. އަދި ބީލަން ސެކިއުރިޓީގެ މުއްދަތެއް ކަމުގައި ބުނެފައިވަނި ބީލަން ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. މިމަޝްރޫޢަށް ހުށަހަޅާ ބީލަންތައް ހުޅުވުން އޮންނާނީ ޖަނަވަރީ މަހުގެ 19ވަނަ ދުވަހުއެވެ.
މިނިސްޓަރު މަޚުލޫފުގެ ޓުވީޓުގައި ފާހަގަކުރައްވާފައިވަނީ މިހޯލުތަކުގެ ބޭނުމަކީ ބެޑްމިންޓަން ކުރިއެރުވުން ކަމުގައެވެ.
މި ލިއުމާއި ގުޅޭ