Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ދިވެހި ގޭމަރަކު އިންޑިއާގައި ބޭއްވި ބައިނަލްއަޤްވާމީ މުބާރާތަކުން 3 ވަނަ ހޯދައިފި!

އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ނޭޝަންސް ކަޕް ގައި ބައިވެރިވެ ދިވެހި ގޭމަރު އަބްދުލް މަސީހު އަބްދުއްރަހީމް 3 ވަނަ ހޯދައިފިއެވެ.
މަސީހަކީ ރާއްޖޭގެ ޤައުމީ ގޭމިން ޓީމުގެ މެމްބަރެކެވެ. ނޭޝަންސް ކަޕް ބޭއްވުނީ މި މަހުގެ 27 އިން 28 އަށެވެ. އަދި މި މުބާރާތް އިންތިޒާމުކޮށްފައިވަނީ ސާވިސް އެކްސްޕޯޓް ޕްރޮމޯޝަން ކައުންސިލް އަދި އިލެކްޓްރޯނިކް ސްޕޯޓްސް ފެޑަރޭޝަން އޮފް އިންޑިއާ އާއި ގުޅިގެންނެވެ.
މަސީހު މި މުބާރާތުގައި ކުޅެފައިވަނީ ޕްރޯ އިވޮލިއުޝަން ސޮކަރއެވެ. ޕްލޭއިސްޓޭޝަން 4 އިން ކުޅުނު މި ގޭމުގައި މަސީހު ކުއާޓާ ފައިނަލުގައި ކުޅުނީ ސްރީލަންކާގެ ކުޅުންތެރިއަކާއި އެވެ. އަދި މޮޅުވީ 8 ލަނޑު 0 ލަނޑުންނެވެ.
މޯލްޑިވްސް އީ ސްޕޯޓްސް އެސޯސިއޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި މަސީހު މި މުބާރާތައް ހޮވުނީ ރާއްޖޭގައި ބޭއްވި ކޮލިފައިން ގޭމުތަކަކަށް ފަހުގައެވެ. އަދި މި އަންނަ އަހަރު ޗައިނާގެ ޝެންޒެންގައި އޮންނަ އޭޝިއަން އީ-މާސްޓާސް ކަޕްގައިވެސް ރާއްޖެ ތަމްސީލުކުރަން ހަމަޖެހިފައިވަނީ މަސީހެވެ.
މި ލިއުމާއި ގުޅޭ