މޮޅު ކުޅުމެއް ދެއްކި ނަމަވެސް ފިލިޕީންސް އަތުން ރާއްޖެ ބަލިވެއްޖެ

މަރިޔަމް ލީނާ 14 ނޮވެމްބަރު 2019 20:12
Flowers
މިއަދުގެ މެޗުގެ ތެރެއިން. ފޮޓޯ:މިހާރު

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ކޮލިފައިންގައި މިއަދު ހަވީރު ރާއްޖެ ފިލިޕިންސްއާއި ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވެއްޖެއެވެ.

މެޗުގެ ގިނަ ވަގުތުގައި ބޯޅަ ހިފައިގެން މޮޅަށް ކުޅުނީ ރާއްޖެއިންނެވެ. ނަމަވެސް ރާއްޖެ ވަނީ ފިލިޕީންސް އަތުން ބަލިވެފައެވެ. މިހާތަނަށް ރާއްޖެއިން 4 މެޗު ކޮލިފައިންގައި ކުޅެފައިވާ އިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ޖުމްލަ ފަސް ޓީމު ހިމެނޭ ގޫރުޕުގައި ރާއްޖެ އޮތީ ތިން ޕޮއިންޓާއި އެކު ހަތަރު ވަނައިގައެވެ. ފިލިޕީންސް އޮތީ 7 ޕޮއިންޓާއި އެކު ގުރޫޕުގެ ތިންވަނައިގައެވެ. ރާއްޖެއާއި ދެކޮޅަށް ކުޅެ މޮޅުވުމުން މިއީ ފިލިޕީންސް މޮޅުވި ދެވަނަ މެޗެވެ.

މި މެޗުގެ ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެެގެންނެވެ. މެޗުގެ 56 ވަނަ މިނިޓުގައި ގޯލެއް ޖަހައި ލީޑު ނެގީ ފިލިޕީންސްއިންނެވެ. އަދީ އޭގެ 12 ވަރަކަށް މިނިޓު ފަހުން ދެވަނަ ގޯލު ޖަހައި ފިލިޕީންސްއިން ލީޑު ފުޅާކުރިއެވެ. އެއަށްފަހު ރާއްޖޭގެ ކުޅުން އިތުރަށް ރަނގަޅުކޮށް ފިލިޕީންސްގެ ގޯލަށް ރަނގަޅު ހަމަލާތަކެއް ފޮނުވިއެވެ. ނަމަވެސް ރާއްޖެއަށް ގޯލެއް ޖެހުނީ މެޗު ނިމެން ކައިރިވެފައިވަނިކޮށެވެ.އެ ގޯލު ކާމިޔާބު ކޮށްދިނީ ދަގަނޑޭ ދިން ޕާހަކުން ނާއިޒު ހަސަނެވެ.

މިއަންނަ ހަފްތާގައިވެސް ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭނެއެވެ. އަންނަ ހަފްތާގެ އަންގާރަ ދުވަހު ރާއްޖެ ކުޅޭނީ ގުރުޕޫގެ ފުލުގައި އޮތް ގުއާމް އާއި ދެކޮޅަށެވެ. 

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު