ލިވަރޕޫލުން ވާދަވެރި ސިޓީ ބަލިކޮށް ތާވަލުގެ 1ވަނަ ޖާގައިގަ ހަމަޖެހިލައިފި

ޙުސައިން އަފްޝަން
Flowers

އެންފީލްޑުގައި ރޭ ކުޅުނު މެޗުފައި ލިވަރޕޫލުން ވާދަވެރި ސިޓީއަށް ވަރުގަދަ ހަމަލާއެއް ދީފައިވެއެވެ. މިހަމަލާއާއެކު، ލިވަރޕޫލަށް ތާވަލުގައި 8 ޕޮއިންޓުގެ ކުރިއެރުމެއް މިހާރު ލިބިފައި އެބަ އޮތެވެ. ލިވަރޕޫލުން ލީގުގެ ތަށި ހޯދުމަށް 30 އަހަރު ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތުގައި ރޭގެ މެޗަކީ މުހިއްމު މެޗެއްގެ ގޮތުގައި ގިނަ ބަޔެއް ފާހަގަކޮށްފައިވެއެވެ. މިމެޗުގައި ލިވަރޕޫލުން ހޯދި ކާމިޔާބާއެކު، އެކުލަބާއި ތާވަލުގެ ދެވަނައިގައި އޮތް ލެއިސެސްޓަރގެ މެދުގައި ހުރި ފަރަޤު ބޮޑުވެ، އެޓީމުގެ މައްޗަށް ލިވަރޕޫލަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެއެވެ.

މެޗުގެ ކުރީ ކޮޅުގައި ލިވަރޕޫލަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދީ ލީޑު ނަގައިދިނީ ފަބިއޯއެވެ. އެއީ މެޗުގެ 6ވަނަ މިނިޓަށް ފަހު 25 ޔާޑު ދުރުން އޭނާ ފޮނުވައިލި ބޯޅަ ގޯލުތެރެއަށް ވައްދައިގެން ތާވަލުގެ އެއްވަނައިގަ އޮތް ލިވަރޕޫލަށް ކުރި ހޯދައިދިނެވެ. މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ސިޓީއިން ކުޅުނު ނަމަވެސް ހަމަލާ އުފެއްދުމުގައި ލިވަރޕޫލު އުޅުނީ ކުރީގައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ދެވަނަ ލަނޑުވެގެން ދިޔައީ ލިވަރޕޫލުގެ ދެވަނަ ލަނޑަށްވެސްމެއެވެ. އެލަނޑު ކާމިޔާބުކޮށްދިނީ އެންޑަރސަން ނެގި ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މުޙައްމަދު ޞަލާޙެވެ.

ސަރޖިއޯ އަގުއޭރޯ އަދި ރަހީމް ސްޓަރލިންގަށްވެސް ލިވަރޕޫލު ގޯލު ފޫއަޅުވައިލުމަށް ރަނގަޅު ފުރުޞަތުތަކެއް ލިބުނެވެ. ނަމަވެސް ދެކުޅުންތެރިންނަށްވެސް އެކަން ކާމިޔާބުނުވީއެވެ. އެވަގުތު ތެރޭގައި ލިވަރޕޫލުގެ ހުނަރުވެރި ކުޅުންތެރިޔާ ސަޑިޔޯ މާނޭ ގޯލެއް ކާމިޔާބުކޮށް ތަފާތި އިތުރަށް ބޮޑުކުރިއެވެ. ސިޓީއިން މެޗުގައި ހަމަޖެހިގެން ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދިނަމަވެސް ގޯލެއް ކާމިޔާބުނުކުރެވި ވަރަށް ވަގުތު ދިޔައެވެ. މެޗު ނިމުމަށް 12 މިނިޓަށް ވެފައިވަނިކޮށް ޔުނައިޓެޑަށް ގޯލެއް ކާމިޔާބުކޮށްދިނީ ބާރނާޑޯ ސިލްވާއެވެ. ނަމަވެސް އެއިރު ފަހަތުން އަރައި ލިވަރޕޫލާ އެއްވަރުކުރެވޭ ވަރުގެ ވަގުތެއް މެޗުގައި ބާކީ ނެތެވެ.

މިމެޗުގެ ނަތީޖާއާއެކު، ލިވަރޕޫލު ތާވަލުގެ އެއްވަނައިގައި އޮތީ 34 ޕޮއިންޓާއެކުއެވެ. ދެވަނައިގަ އޮތް ލެއިސެސްޓަރއަށް ލިބިފައިވަނީ 26 ޕޮއިންޓެވެ. ތިންވަނައިގައި ޗެލްސީ އޮތީ 26 ޕޮއިންޓު ލިބުމާއެކު، ގޯލު ތަފާތުންނެވެ. ހަތަރުވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ 25 ޕޮއިންޓާއެކުއެވެ. 

ކިޔުންތެރިންގެ ހިޔާލު
ސަލާހް
ލިވަރޕޫލް ވަރަށް ބަލި ނުވާނެ..