އަހަރުތަކަކަށް ފަހު ލީގުގެ ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ.

ޝިފްޒާން އަހްމަދު 17 އޯގަސްޓު 2019 11:45
Flowers

ސްޕެއިނުގެ ފުޓުބޯޅަ ލީގު، ލަލީގާގެ ފުރަތަމަ މެޗުން މޮޅުވުމުގެ ރެކޯޑެއް އެލީގުގެ އެންމެ ވަރުގަދަ ދެޓީމުން ކުރެ އެއްޓީމުކަމުގައިވާ ބާސެލޯނާއިން އަހަރުތަކަކަށް ދަމަހައްޓަމުން އައިސްފައިވެއެވެ. ނަމަވެސް ރޭގައި އެރެކޯރޑު ނިމުމަށް އައިސްފިއެވެ. ދިހަ އަހަރު ދުވަހަށް ދެމިގެން ދިޔަ ރެކޯޑު ރޭގައި ނިމުމަަކަށް ގެނައީ އެތުލެޓިކޯ ބިލްބާއޯގެ ބަދަލު ކުޅުންތެރިޔާ އަރިޓްޒް އަޑޫރިޒުގެ ހިތްގައިމު ގޯލަކުންނެވެ.

ރޭގެ މެޗުގައި ބާސެލޯނާއިން ދައްކާފައިވަނީ ވަރަށް އާދައިގެ ބަލިކަށި ކުޅުމެކެވެ. އެކަމުގެ ސަބަބުން 89ވަނަ މިނިޓުގައި އަޑޫރިޒަށް ލިބުނު ބޯޅައެއް ހިތްގައިމު ބަސްކަލު ކިކެއް ޖަހައި ގޯލަށް ވައްދާލިއެވެ. 107 މިލިއަން ޔޫރޯއަށް ބާސާއަށް ބަދަލުވި އެތުލިޓެކޯ މެޑުރިޑުގެ ކުރީގެ ތަރި ގުރީޒުމަންއާއި ސުއަރޭޒުގެ ބޭނުންކޮށްގެންވެސް ބާސެލޯނާއަށް މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިފައިނުވެއެވެ. ބާސެލޯނާގެ އެންމެ މުހިއްމު ކުޅުންތެރިޔާ ލައަނަލް މެސީ އަނިޔާގެ ސަބަބުން ރޭ ދަނޑު މަތިން ފެނިފައިނުވެއެވެ. އަދި ބާސެލޯނާގެ ހުނަރުވެރި ފޯވާޑު ސުއަރޭޒުވެސް އަނިޔާގެ ސަބަބުން ރޭގެ މެޗުގެ ދެވަނަ ދަންފަޅި ހޭދަކުރީ ބެންޗުގައެވެ. 


ކިޔުންތެރިންގެ ހިޔާލު