އަޖަކްސްއާ އެއްވަރުކޮށް ޗެލްސީއިން ޕޮއިންޓެއް ކަށަވަރުކޮށްފި

ޙުސައިން އަފްޝަން
Flowers

4-1ގެ ނަތީޖާއަކުން ފަހަތުގައި އޮތުމަށްފަހު ބުރަ މަސައްކަތުން، ގަދަކަމުން ކަހަލަ ގޮތަކަށް ޗެލްސީ އަޖަކްސާ އަރާ ހަމަކޮށް އެއް ޕޮއިންޓު ކަށަވަރުކޮށްފައިވަނީ ރޭގައި ސްޓޭމްފޯރޑް ބްރިޖުގައި ކުޅުނު ފޯރިގަދަ، އެހައިމެ ހޫނު މެޗުގައެވެ. ރޭގެ މެޗު ނިމުނު އިރު ދަނޑުގައި ކުޅެމުން ދިޔަ އަޖަކްސް ކުޅުންތެރިންގެ ޢަދަދަކީ 9 އެކެވެ.



ރޭގެ މެޗުގެ ފުރަތަމަ ދަންފަޅި ނިމި ދެވަނަ ދަންފަޅީގެ 10 މިނިޓު ފާއިތުވެގެން ދިޔައިރުވެސް ބޯޅަ ގިނައިރު ހިފަހައްޓައި މެޗުގެ ކޮންޓުރޯލު ހިފަހައްޓަމުންދިޔައީ ނެދަރލޭންޑްސް ލީގުގެ ޗެމްޕިއަން އަދި މިދިޔަ ސީޒަނުގައި ޗެމްޕިއަން ލީގުގެ ސެމީގައި ކުޅުނު އަޖަކްސްއެވެ. ނަމަވެސް ފަހުވަގު އަވޭގައި ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގައި އަޖަކްސްގެ ކުޅުން ގޯސްވެ އަޚުލާޤު ގެއްލި ޗެލްސީއަށް އޭގެ ފައިދާ ނަގައި ހަމަހަމަކޮށް، ތާވަލުގައި ޕޮއިންޓެއް ކަށަވަރުކުރެވުނީއެވެ.



ރޭގެ މެޗުގައި ޗެލްސީއަށް ފަހު ގޯލު އަދި އަޖަކްސާ އަރާހަމަކުރި ގޯލު ކާމިޔާބުކޮށްދިނީ އެކުލަބުގެ ތާރީޚުގައިވެސް ޗެމްޕިއަންސް ލީގު މުބާރާތެއްގައި ގޯލެއް ކާމިޔާބުކުރި އެކުލަބަށް ނިސްބަތްވާ އެންމެ ޅަ ކުޅުންތެރިޔާ ރީސް ޖޭމްސެވެ. ޢުމުރުން 19 އަހަރުގެ ކުޅުންތެރިޔާ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ކާރޓް ޒޫމާ ފޮނުވާލި ބޯޅަ ގޯލު ދަނޑީގައި ޖެހިފައި ބޭރަށް ނުކުތުމުން އަލުން ގޯލަށް އެބޯޅަ އަމާޒުކޮށް އެއިން އޭނާ ގޯލު ކާމިޔާބުކުރީއެވެ.



5ވަނަ ގޯލެއް ޖަހައި މެޗުގައި ކުރި ޗެލްސީއަށް ހޯދުނުކަމަށް ބައެއް ކުޅުންތެރިން ހީކުރި ނަމަވެސް، ރެފުރީން ވީޑިޔޯ ބެލުމުން ކުޅުންތެރިން ގޯލެއް ކަމުގައި ހީކުރި ބޯޅައަކީ އަތުން ވަތް ހޭންޑު ގޯލެއްކަން އެނގުނެވެ. ރޭ އަޖަކްސްގެ ހަތަރު ގޯލު ކާމިޔާބުކޮށްދީފައިވަނީ ޓަމީ އަބްރަހަމްއާއި ކުއިންސީ ޕްރޯމްސްއާއި ކެޕޭގެ އިތުރުން ޑޮނީ ވެން ޑަބީކެވެ. އަދި ޗެލްސީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޖޯރގިނޯއާއި ސީޒާރގެ އިތުރުން ރީސް ޖޭމްސްއެވެ. ރަތް ކާޑު ދައްކައި ދަނޑުން ބާލާފައިވަނީ އަޖަކްސްގެ ޖެލީ ބްލައިންޑްގެ އިތުރުން ޖޯ ވެލްޓުމަނެވެ. 

ކިޔުންތެރިންގެ ހިޔާލު