Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ލަލީގާގެ ސެލްޓާއިން ދިވެހި ފުޓުބޯޅައަށް މަދަދެއް

ސްޕެއިނުގެ ފުޓުބޯޅަ ލީގު، ލަލީގާގެ ޓީމެއް ކަމުގައިވާ ސެލްޓަ ވިގޯއާއި ރާއްޖޭގެ ޓުއަރިޒަމް މިނިސްޓްރީއާމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން އެކުލަބުގެ އެހީތެރިކަން ދިވެހިރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ލިބޭނެ ކަމުގައި، ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާގެ ރައީސް ބައްސާމް ޖަލީލު ވިދާޅުވެއްޖެއެވެ.

ސެލްޓަ ވިގޯއާގެ ޖާރޒީގައި ދިވެހިރާއްޖެ ޖަހައި އިޝްތިހާރުކުރުމަށް އެކުލަބާއެކު ޓުއަރިޒަމް މިނިސްޓުރީއިން އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދެވެ. ޢަލީ ވަހީދަކީ އެފްއޭއެމްގައި އޮންނަ ޤައުމީ ޓީމާ ގުޅުންހުރި ކޮމިޓީގެ ޗެއާމަނެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ބައްސާމާއި ޔޫތު މިނިސްޓުރީގެ ސްޓޭޓު މިނިސްޓަރ އަސްހަދު އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްސާމާ ހަވާލާދީ މިހާރު ނޫހުގައި ބުނެފައިވަނީ އަންނަ އަހަރު ސެލްޓަ ވިގޯއާގައި ދިވެހި ޤައުމީ ޓިމުން ފަރިތަކުރުންތައް ކުރިއަށް ގެންދިއުމާމެދު، މަޝްވަރާކޮށްފައިވާ ކަމުގައެވެ. އަދި ބައްސާމު ވިދާޅުވެފައިވާކަމަށް މިހާރު ނޫހުން ބުނެފައިވަނީ ކުރިއަށް އޮތް ތިން އަހަރުތެރޭ ރާއްޖޭގެ ފުޓުބޯޅައަށް ސެލްޓަ ވިގޯގެ ފަރާތުން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމުގައެވެ.

އަދި މުސްތަޤުބަލުގައި ޤައުމީ ފުޓުބޯޅަ ޓީމުގެ ފެންވަރު ރަނގަޅުކުރުމަށް އެފްއޭއެމްއިން ރާވާފައިވާ ކަންކަމުގައިވެސް ސެލްޓަ ވިގޯއާގެ މަދަދު ލިބޭނެ ކަމުގައިވެސް ބައްސާމު ވިދާޅުވިއެވެ. އަދި އެޓީމުގެ އެކަޑަމީއަށް ކުޅުންތެރިން ފޮނުވުމުގެ ފުރުޞަތުވެސް ހުޅުވިފައި އެބަ އޮތް ކަމުގައި ބައްސާމު މިހާރު ނޫހަށް މަޢުލޫމާތުދެއްވަމުން ވިދާޅުވެފައިވެއެވެ. އަދި މިފުރުޞަތުގައި އަމިއްލަ ޚަރަދުގައި ގޮސް ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުޞަތުވެސް އޮންނާނެ ކަމުގައި ބައްސާމް ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ