Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ރާޅާ އެޅުމަށް އެންމެ ހިތްގައިމު 5 މަންޒިލްގެ ތެރޭގައި ރާއްޖެ

ރާޅާ އެޅުމަށް އެންމެ ކަމުދާ 5 މަންޒިލްގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.
ޑިމޮޓިކްސް ނަމަކަށް ކިޔާ އޮންލައިން ނޫހަކުން ހަދާފައިވާ މި ލިސްޓުގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ އިންޑޮނޭޝިއާގެ ބާލީ، ޕޯޗުގަލް، ކޮސްޓަރ ރިކާ، އަދި މޮރޮކޯއެވެ.
ރާޅާ އެޅުމަކީ އެންމް މަޤްބޫލު އެއް މޫދު ކުޅިވަރެވެ. ރާޅާ އެޅޭނީ ވަކި ކަހަލަ ރާޅުތައް ނަގާ ހިސާބުތަކެއްގައި އެކަންޏެވެ. ދުނިޔޭގެ މަޝްހޫރު ރާޅާ އެޅުންތެރިންގެ ތެރޭގައިވެސް މަޤްބޫލު ރާޅާ އަޅާ ސަރަހައްދުތައް ރާއްޖޭގައި ހުރެއެވެ. .
ޑިމޮޓިސްއިން ހާމަކުރާގޮތުގައި ރާއްޖެއަކީ ސަރފިންގަށް އެންމެ ހިތްގައިމު ރާޅުތައް ނަގާ އެއް މަންޒިލެވެ. އަދި ރާއްޖޭގައި ރާޅާ އަޅާލަން ލިބުމަކީ ކޮންމެ ސަރފަރއެއްގެވެސް އުއްމީދެއްކަމަށް އެ ނޫހުން ބުނެއެވެ. އަދި ރާއްޖޭގެ ޤުދުރަތީ ރީތިކަމަކީ ފޮޓާއަކުން ބަލާލައިގެން އިންސާފުކުރެވޭނެ ކަމެއް ނޫންކަމަށާއި، އެކަން ކުރެވޭނީ ރާއްޖެއަށް ޒިޔާރަތްކޮށްގެންކަމަށް ޑިމޮޓިސްއިން ހާމަކުރެއެވެ.
މި ލިއުމާއި ގުޅޭ