ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ހުއްދަ ލިބިއްޖެ: އެފްއޭއެމް

އިބްރާހިމް އާދަމް 8 ނޮވެމްބަރު 2020 10:04
Flowers
ލީގު މެޗެއް/ ފޮޓޯ: މިހާރު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއާ) ވާހަކަދައްކައި އެ އިދާރާގެ މަޝްވަރާގެ މަތިން ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ޕްރިމިއާ ލީގު އަންނަ މަހު އަލުން ފެށުމުގެ ހުއްދަ ލިބިއްޖެ ކަމުގައި ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ހުއްދަ ދީފިއެވެ. 

ކޮވިޑް-19ގެ ޙާލަތަށް އައިސްފައިވާ ބަދަލުތަކަށް ބަލައި އެޗްޕީއޭއިން ދިން ލުއިތަކުގެ ތެރޭގައި އެ އިދާރާގެ ގައިޑްލައިންތަކާ އެއްގޮތަށް މުބާރާތްތައް ފިޔަވައި ކޮންޓެކްޓު ކުޅިވަރުތަކާއި އައުޓު ޑޯ ކުޅިވަރުތައް ކުޅުމުގެ ހުއްދަ އެ އިދާރާއިން އިއްޔެ ދީފައިވެއެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ޔޫތު މިނިސްޓްރީއާއެކު މަޝްވަރާކޮށް ގައިޑްލައިންތައް އެކުލަވައިލާ ކުޅިވަރު މުބާރާތްތައް ބާއްވަންވެސް ފުރުޞަތު ހުޅުވިގެންދާނެއެވެ. 

ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުލަބުތަކުން ފާއިތުވި މަސް ތެރޭގައި އެޗްޕީއޭގެ ގައިޑްލައިންތަކުގެ ދަށުން ޕްރެކްޓިސް ފަށައިފިއެވެ. އަދި ކުލަބުތަކުން ކުޅުން ކުރިއަށް ގެންދިއުން ފަސޭހަކުރުމަށް ޝެޑިއުލެއް އެކުލަވައިލާ ޢާންމުކޮށްފިއެވެ. އޭގައި ވާގޮތުން އަންނަ މަހު އަށް ވަނަ ދުވަހު ސީޒން ހުޅުވާ ޗެރިޓީ ޝީލްޑު މެޗުގައި މާޒިޔާއާއި އީގަލްސް ކުޅޭނެއެވެ. ލީގު ފެށުމަށް ނިންމާފައިވަނީ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުއެވެ. 

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޙުސައިން ޖަވާޒު (ޖަވާ) "މިހާރު"އަށް މައުލޫމާތުދެއްވި ގޮތުގައި ކޮވިޑް-19 ގެ ޙާލަތަށް ބަދަލެއް ނާންނަ ނަމަ ލީގު ފެށުމުގެ ހުއްދަ ލިބިފައިވާ ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު