މާލެ ސަރަހައްދުގައި ކުޅިވަރު ހަރަކާތްތަކަށް ލުއި ދީފި

އިބްރާހިމް އާދަމް 8 ނޮވެމްބަރު 2020 08:57
Flowers
ފުޓުސެލް މެޗެއްގެ ތެރެއިން

މާލެ ސަރަހައްދުގައި ކޮންޓެކްޓު ކުޅިވަރާއި އައުޓުޑޯ ކުޅިވަރުތައް ކުޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުއްދަ ދޭން ނިންމައިފިއެވެ. 

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އެޗްޕީއޭއިން ނިންމައި އެ ލުއިތައް އިއުލާނުކޮށްފައިވަނީ ހޮނިހިރު ދުވަހު ރޭގައެވެ. އެގޮތުން ކޮންޓެކްޓު ކުޅިވަރާއި އައުޓް ޑޯ ކުޅިވަރުތައް ކުޅުމުގެ ހުއްދަ ދޭން ނިންމާފައިވެއެވެ. 

ކުޅިވަރު ކުޅެން ހުއްދަ ދިން ނަމަވެސް މުބާރާތްތައް ބާއްވަން ހުއްދަ ދީފައިނުވާކަން ފާހަގަކޮށްލެވެއެވެ. 

ކުޅިވަރު ކުޅުމުގެ އިތުރަށް ކުޅިވަރު ބަލަން ދިއުމުގެ ހުއްދަވެސް އިއްޔެ އެޗްޕީއޭއިން ދީފައިވެއެވެ. އެގޮތުން 15 މީހުންނަށް ވުރެ ގިނަ ނުވާގޮތަށް ކުޅިވަރު ބަލަންދެވޭނެއެވެ. ބަލީގެ އެއްވެސް އަލާމާތެއް ފާޅުވާނަމަ ކުޅިވަރު ކުޅެން ނުނުކުތުމަސް އެޗްޕީއޭއިން އެދިފައިވެއެވެ. އަދި ކުޅިވަރު ބަލަންދާ މީހުން މާސްކު އެޅުމަށާއި ގުރޫޕުތަކުގެ މެދުގައި 3 ފޫޓުގެ ދުރުމިން ބެހެއްޓުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. 

ކޮވިޑް-19 ފެތުރެން ފެށުމާއެކު މާލެ ސަރަހައްދުގައި ޔޫތު މިނިސްޓްރީން ޤާއިމުކޮށްފައިވާ ކުޅިވަރު ކުޅޭ ސަރަހައްދުތައް ބަންދުކުރަން ނިންމާފައިވަނީ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ. 

ކިޔުންތެރިންގެ ހިޔާލު