ވާޑީގެ ގޯލާއެކު ލެއިސެސްޓާއިން އާސެނަލް ބަލިކޮށްފި

އިބްރާހިމް އާދަމް 26 އޮކްޓޯބަރު 2020 08:09
Flowers
ލެއިސެސްޓާއަށް ވާޑީ ގޯލު ކާމިޔާބުކޮށްދެނީ

ލެއިސެސްޓާގެ ތަރި ޖޭމީ ވާޑީ ރޭ އާސަނަލްއާއި ލެއިސިސްޓާ ކުޅުނު މެޗުގައި ލަނޑެއްޖަހައި އެ ޓީމަށް ސާފު ކާމިޔާބެއް ހޯދައިދީފިއެވެ. 

މީގެ ކުރިންވެސް 11 ފަހަރު ވާޑީވަނީ އާސެނަލްއާ ދެކޮޅަށް ލަނޑުޖަހާފަައެވެ. ނަމަވެސް މިއީ އޭނާގެ ލަނޑަކާއެކު ސާފު ނިހާއީ މޮޅެއް ލެއިސެސްޓާއަށް ލިބުނު ފުރަތަމަ ފަހަރެވެ. 

އޭނާގެ ފައަށް ލިބުނު ގެއްލުމެއްގެ ސަބަބުން މީގެ ކުރީ ދެ މެޗުގައި އޭނާ ބައިވެރިނުވެއެވެ. އަދި ލެސެސްޓާގެ ތަރީގެ ގޮތުގައި ރޭގެ މެޗުގައި ވިދައިލުމަށް އޭނާއަށް ލިބުނީ ބައިގަޑިއިރެވެ. މެޗު ފެށިގެން 20 މިނިޓު ފާއިތުވަނިކޮށް، އާސެނަލްގެ ކީޕަރު ބާރަންޑް ލެނޯ ފަހަނައަޅައި ގޯލަށް ބޯޅަ ފޮނުވައިލީ ވާޑީގެ ބޮލުންނެވެ. 

ރޭގެ މެޗުގައި ލެއިސެސްޓާ މޮޅުވުމުގައި އެ ޓީމުގެ ކޯޗު ގެނައި ބަދަލުތައް މުހިއްމު ދައުރެއް އަދާކުރިއެވެ. އެގޮތުން ވާޑީ ދަނޑަށް އެރުވުމާއި، ފަޅިއަކަށް ކުޅޭ ކުޅުންތެރިޔާ ޗެންގިޒް އަންޑާ ދަނޑަށް އެރުވުމަކީ މެޗުގެ އޮއިވަރު އެ ޓީމާ އެއްކޮޅަށް ބަދަލުކޮށްލި ކަންކަމެވެ. އަދި އާސެނަލަށް ރޭގެ މެޗުގައި އެކަށީގެންވާ ކުޅުމެއް ދެއްކިފައިނުވުމަކީވެސް ލެސެސްޓާއަށް މެޗު ކާމިޔާބުވި އެއް ސަބަބެވެ. 

ރޭގެ މެޗުގައި އެންމ ރަނގަޅު ކުޅުމެއް އާސަނަލަށް ނުދެއްކުނު ދޭތެރަޔަކުން އެ ޓީމުގެ ހުނަރުވެރި ފޯވަޑުންވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އެލެގްޒެންޑާ ލަކަޒެޓޭ ބޮޮލުން ފޮނުވައިލި ހަމަލާއަކީ މުޅި މެޗުގައިވެސް ލައިސެސްޓާ ގޯލަށް އަމާޒުވި އެންމެ ނުރައްކާ އެއް ހަމަލައެވެ. 

ކިޔުންތެރިންގެ ހިޔާލު