ސިފައިންގެ ޤާނޫނުގައި ބުނާ ދުޝްމަނުންނަކީ ކޮބާ؟

އަހްމަދު އަޒާން 11 އޮކްޓޯބަރު 2020 12:45
Flowers

ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު، ނޫނީ ދިވެހި ސިފައިން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް ބަޔާންކޮށްފައިވަނީ 2008 ވަނަ އަހަރު ފާސްކުރެވުނު ދިވެހި ސިފައިންގެ ޤާނޫނުގައެވެ.

އެ ޤާނޫނުގައި ސިފައިންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން އެންމެ ފުރަތަމަ މަސްއޫލިއްޔަތަކަށް ލިޔެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ދިވެހި ދައުލަތް ދިފާޢުކޮށް ހިމާޔަތް ކުރުމެވެ. ދެވަނަ މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު ދިފާއުކޮށް ހިމާޔަތް ކުރުމާއި ޤައުމީ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރި ކަމާއި އެކު ބެލެހެއްޓުމެވެ. މީގެ އިތުރުންވެސް ގިނަ މަސްއޫލިއްޔަތުތަކެއް އެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ސިފައިންގެ ވާޖިބުތަކަށް ބަލާއިރު އެންމެ ފުރަތަމަ ވާޖިބެއްކަމުގައި ބަޔާންކޮށްފައިވަނީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހި ދައުލަތާއި، އިސްލާމްދީން ދިފާއުކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމުގައި ދެމިތިބެ ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހިރާއްޖެ ސަލާމަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވުމަށް ތައްޔާރަށް ތިބެންޖެހޭ ބައެއް ކަމުގައިވުމެވެ. ސިފައިންގެ މީހަކަށް ވެވެނީވެސް، މި ވާޖިބުތައް އަދާ ކުރާނެ ކަމަށް މާތް ﷲ ގަންދީ ހުވާ ކުރުމުންނެވެ. 

ދުޝްމަނުން އަދި ސިޔާދަތު

މި ޤާނޫނު ބުނާގޮތުން ސިފައިންގެ އެންމެ އިސް ވާޖިބަކީ، ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން ރާއްޖެ ސަލާމަތް ކުރުމެވެ. އަދި ސިފައިންގެ ހުވާގައިވެސް އެގޮތަށް އެކަން ކުރާނެ ކަމަށް ބުނެފައިއޮވެއެވެ. ސިފައިންގެ ޤާނޫނުގައި "ދުޝްމަން" ގެ މާނައިގެ ގޮތުގައި ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާފަދަ އަމަލެއްކުރާ ބިދޭސީންނާއި މިކަމުގައި އެމީހުންނާއި ބައިވެރިވާ ދިވެހިންނަށެވެ. 

ސިޔާދަތުގެ (ސޮވެރިނިޓީ) މާނަ ޤާނޫނުގައި ލިޔެވިފައި ނެތްނަމަވެސް އާންމުގޮތެއްގައި ބައިނަލްއަޤްވާމީ ޤާނޫނުގެ މާހިރުން ސިޔާދަތުގެ 4 ވައްތަރެއް އޮންނަކަމަށް ބުނެއެވެ. މި ލިޔުމުގެ ބޭނުމަށް އޭގެ ތެރެއިން މުހިންމީ "ވެސްޓްފޭލިއަން ސޮވެރިނިޓީ". ނޫނީ ދިވެހި ކޮށްލާފަ ވެސްޓްފޭލިއަން ސިޔާދަތެވެ. އެންމެ އާދައިގެކޮށް ވެސްޓްފޭލިއަން ސިޔާދަތު ޤައުމެއްގައި އޮތުން މާނަ ކުރާނަމަ އޭގެ މާނައަކީ ދައުލަތެއްގެ ދާޚިލީ ބާރުވެރިކަން އޮންނާނީ ހަމައެކަނި އެ ދައުލަތަކަށެވެ. ބޭރު ޤައުމެއް ނޫނީ ބޭރުގެ އެހެން ފަރާތެއް، އެ ދައުލަތުގެ ކަންކަމަށް ބާރުފޯރުވާ ކަންކަން ނިންމާނަމަ އެ ޤައުމެއްގައި ވެސްޓްފޭލިއަން ސިޔާދަތު ނެތީކަމަށް ބުނެވިދާނެއެވެ. 

ވެސްޓްފޭލިއަން ސިޔާދަތު އާންމުކޮށް ގެއްލެނީ އެކިއެކި އެއްބަސްވުންތަކާއި މުއާހަދާތަކުގެ ސަބަބުންނާއި އަދި އެހެން ޤައުމަކުން ގަދަކަމުން އެ ސިޔާދަތަށް އަރައިގަތުމުންނެވެ. ޔޫރަޕުގެ އިއްތިހާދުގެ ޤައުމުތަކަށް ބަލާއިރު އެ ޤައުމުތަކުގެ ދާހިލީ ބައެއް ކަންކަން ނިންމުމުގެ ބާރު ޔޫރަޕުގެ އިއްތިހާދަށް ދީފައިއޮވެއެވެ. އެ ހާލަތުގައި އެ ޤައުުތަކުގެ ވެސްޓްފޭލިއަން ސިޔާދަތު ކޮންމެވެސް ވަރަކަށް ގެއްލެއެވެ. މިއީ އެ ޤައުމުތަކުން ރުހިގެން ނިންމާ ނިންމުމެކެވެ. މިއާއި ހިލާފަށް މިސާލަކަށް ބޭރު ޤައުމަކުން ދިވެހިރާއްޖޭގެ ދާޙިލީ ބޮޑެތި ކަންކަން ނިންމުމުގައި ފަހުބަސް ބުނާ ހިސާބަށް ކަންކަން ގޮސްފިނަމަ ރާއްޖޭގެ ވެސްޓްފޭލިއަން ސިޔާދަތު ގެއްލުނީ ކަމަށް ބުނެވިދާނެއެވެ. އެންމެ ފަސޭހައިން ޤައުމެއްގެ ވެސްޓްފޭލިއަން ސިޔާދަތު ގެއްލޭނީ އެ ޤައުމަކަށް އެހެން ޤައުމެއްގެ އަސްކަރިއްޔާ ގަދަބާރުން އަރާ ވެރިވުމުންނެވެ. 

ރާއްޖޭގެ ހާލަތު 

ރާއްޖޭގެ އަދުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ ވެސްޓްފޭލިއަން ސިޔާދަތު މިވަނީ ގެއްލިފައޭ ނޫނީ ގެއްލުމުގެ މަގުމަތީގައޭ ބުނުމުގެ ޖާގަ އެބައޮތެވެ. ރާއްޖޭގެ ފަސްގަނޑުގައި އިންޑިއާ ސިފައިން މިވަގުތު ތިބި އިރު އެމީހުންގެ މައްޗަކަށް ދިވެހި ދައުލަތުގެ ބާރު ނުހިނގައެވެ. ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ދުވަހަކަށްވުރެ ދުވަހެއް އިތުރު ކުރަމުންދާއިރު އެކަމަށްވެސް ދިވެހި ސަރުކާރުގެ މާބޮޑު ބާރެއް އޮތްހެން ހިޔެއް ނުވެއެވެ. އެންމެ ކުޑަ މިނުން އިންޑިއާގެ ހުއްދަ ނެތިގެން، ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދުވެސް ހާމަކުރަން ސަރުކާރަށް ނުކެރުނެވެ. މިކަމުންވެސް އެނގެނީ، ރާއްޖޭގައި ދިވެހި ދައުލަތަށްވުރެ މަތިން ބައެއް ކަންކަމުގައި ފަހުބަސް ބުނުމުގެ ބާރު އިންޑިއާއަށް އޮންނަކަމެވެ. 

އޭގެ އިތުރުންވެސް، ރާއްޖެއާއި އިންޑިއާ އާއި އެކު ގިނަގުނަ އެއްބަސްވުންތައް ކުރެވެމުން އަންނަ އިރު އޭގެ އެއްވެސް ތަފްސީލެއް ދިވެހި ރައްޔިތުންނަށް ހާމަ ނުކުރެއެވެ. މިސާލަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްުދު އެއްކޮށް މެޕް ކުރަން އިންޑިއާ ސިފައިން ވަނީ ހަވާލުވެފައެވެ. އެއީ މީގެ ކުރިން އިންޑިއާ އިން އެދިގެންވެސް ކުރީ ސަރުކާރުން ހުއްދަ ނުދިން ކަމެކެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ވަނީ އެކަމަށް އެއްބަސްވެފައެވެ. ހުދު އެމްއެންޑީއެފްގެ އިސްވެރިންވެސް ދެކޭ ގޮތުގައި އެއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަށް އަސަރު ކުރާނެކަމެކެވެ. 

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަރު ސަންޖޭ ސުދިރު، ސަރުކާރުގެ އެކިވުޒާރާތަކާއި ބައްދަލުކޮށް، ބޭނުންވާ ކަންކަން އޮޅުން ފިލުވައި އަމަލު ކުރަމުންދަނީ ރާއްޖޭގެ ރައީސް ފަދައިންނެވެ. ކުރިން އެންގުމަކާއި ނުލާ ޑިޕްލޮމެޓިކް ޕްރޮޓޯކޯލްތަކާއިވެސް ހިލާފަށް ރައީސް އޮފީހަށާއި ފޮރިން މިނިސްޓްރީއަށް ބޭނުން އިރަކު ސަންޖޭ ސުދިރު ވަދެ ނިކުމެ ހަދައެވެ. އަދި ބައެއް މަޝްރޫއުތައް އިއުލާން ކުރަނީވެސް ދިވެހި ސަރުކާރަށްވުރެ ކުރިން އިންޑިއާ ހައިކޮމިޝަނުންނެވެ. ބައެއް ފަހަރު، ރާއްޖޭގެ ވެރިކަން ކުރަނީ އިންޑިއާ ހައިކޮމިޝަނުން ކަމަށް ސިފަވެއެވެ. 

މިހުރިހާ ކަންކަމަކަށް ބަލާއިރު ރާއްޖޭގެ ވެސްޓްފޭލިއަން ސިޔާދަތު ބީވެގެން ދަނީއޭ ބުނެވޭނެ ޖާގަވަރަށް ބޮޑަށްވެސް އެބައޮތެވެ. އަދި އެކަން ހިނގަނީ ރާއްޖެއިން ވެސް އެކަަމަށް އެހީތެރިވެ މަގުފަހިކޮށްދޭނެ ބަޔަކު ތިބީމައެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސްވެރިންނާއި، ސިފައިންނާއި ފުލުހުންގެ ބައެއް އިސްވެރިންނާއި، ނޫސްވެރިންނާއި ބައެއް އަމިއްލަ ފަރުދުން ހިމެނެއެވެ.

ދުޝްމަނުންނާއި މެދު ފާރަވެރިވޭ

ސިފައިންގެ ޤާނޫނުގައި ދުޝްމަނުން މާނަކޮށްފައިވަނީ ވަރަށް ފުޅާކޮށެވެ. މިނިވަންކަމާއި ސިޔާދަތަށް ގެއްލުންދޭ ކޮންމެ ބޭރު މީހަކާއި އެމީހުންނަށް ވާގިވެރިވާ ކޮންމެ ދިވެއްސެކެވެ. އިސްތިސްނާވާ އެއްވެސް ފަރާތެއް ނުވެއެވެ. އޭގެ މާނައަކީ، ސިޔާދަތަށް ގެއްލުންދޭން އުޅެނީ ސިފައިންގެ އެންމެ މަތީވެރިޔާ ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވިޔަސްމެއެވެ. ސިޔާދަތާއި މިނިވަންކަން ގެއްލޭގޮތަށް އަމަލު ކުރަނީ ރައީސުލްޖުމްހޫރިއްޔާ އާއި، ދިފާއީވަޒީރާއި، ޚާރޖީވަޒީރާއި، ޗީފް އޮފް ޑިފެންސް ފޯސް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ވީނަމަވެސް، އެ އެންމެންވެސް ވާނީ މި ޤާނޫނު ބުނާގޮތުން ދިވެހި ސިފައިންގެ ދުޝްމަނުންނަށެވެ. 

ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެން ދާއިރު، ދިވެހި ސިފައިން އަޅާނުލާ ތިބެއްޖެނަމަ، އެކަމުގެ ހިތިނަތީޖާ މި ދުނިޔޭގައިވެސް އަދި އާޙިރަތުގައިވެސް ފެންނާނެއެވެ. އެހެންކަމުން، ޤައުމުގެ އެތެރޭގައި އަދި ޤައުމުން ބޭރުގައި ތިބި މިފަދަ ދުޝްމިނުންގެ ނުރައްކާތަށް ވަޒަންކޮށް، އެބައިމީހުންގެ ރޭވުންތައް، ކުރެވުނު ކޮންމެގޮތަކުން ނާކާމިޔާބުކުރުމަކީ ދިވެހި ސިފައިންގެ ކޮނޑުގައި އެޅިފައިވާ ވަރުގަދަ ދީނީ އަދި ޤައުމީ ވާޖިބެކެވެ. 

ކިޔުންތެރިންގެ ހިޔާލު
އިންޑިއާ އައުޓް
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
ޤައުމަށް ހެޔޮއެ ދޭ
ދިވެހިރާއްޖޭގެ ދިފާޢީ ބާރަށް ޣައް ދަރިންނާ ދެކޮޅަށް ތެ ދުވުމުގެ ވަގުތު މިއޮތީ ޖެހިފަ އެވެ. ވަގުތު ފާއިތު ނުވަނީސް ތެ ދުވަން ވެއްޖެ ނޫންތޯއެވެ.
ސިފައިންގެމީހާ
ރާއްޖޭގެ ހާލަތުފެނި އަހަރެންގެ ލޮލުން ކަރުނަ ނުހިކެއެވެ
މަޖިލިސް
ފޮޓޯގައެތިބީ އޭގެ މުލުންގެ ބައެއް.
ޖުހާ ބުރޯ
ދިޔަރެސްގާ ލިޔާ ލިޔުންތަށް އިނގިރޭސި ބަހުން ވެސް ލިޔުން ވަރަށް މުހިންމު
ދޮންބަންޑާރައިން
މިގައުމުގެ ގައްދާރުންގެ ލިސްޓްގައި މަތީގައި އެތިބަ މީހުން ހިމެނަެނެއެވެ ގައުމަކަށް ދިމާވާނެ އެންމެ ނުރައްކާތެރި ހާލަތު މިވަނީ ރާއްޖެއަށް ދިމާވެފައެވެ