މިވަަރަށް މަސްހުނިވީމަ ވެސް ކިޔަނީ ޑިމޮކްރަސީ؟

ޖާއިޝް ތައުފީޤް 15 ސެޕްޓެމްބަރު 2020 10:24
Flowers
ރައީސް ނަޝީދު އަދި ރައީސް ސޯލިހް

ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ސިފައަކީ ބާރުތައްް ވަކިވެފައި އޮތުމެވެ. އެއީ ވެރިކަން ކުރާ ބާރާއި ޕާލަމެންޓާއި ޖުޑިޝަރީ ވަކިވެ މިނިވަން އޮތުމެވެ. ރާއްޖޭގައި 2007 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނު އަސާސީ ފާސްކުރީ ރާއްޖެ އެމަގަށް ގެންދިއުމުގެ ރޫހުގަ އެވެ. ބާރުތައް ވަކިވެފައި އޮތުމާއި އެކު އެއްބާރުން އަނެއް ބާރަށް ފާރަވެރިވެވޭނެ ހުރިހާ އިންތިޒާމެއް ގާނޫނު އަސާސީގައި ކަނޑައަޅާފައި އެބަ އޮތެވެ.

މިހާރުގެ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަކީ އެކަމަށް އެންމެ ބޮޑަށް ވަކާލާތުކޮށް އެންމެ ގިނައިން އަޑުއުފުލި ޕާޓީއެވެ. އެކަމަކު އެޕާޓީއަށް ރާއްްޖޭގެ ވެރިކަން ލިބުމުން ގާނޫނު އަސާސީގައިވާ ބާރުތައް ވަކިކުރުމުގެ ސިފަޔަށް ކޮންމެ ފަހަރަކުމެ މިފެންނަނީ އިހުތިރާމް ނުކުރާތަނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު އިންތިހާބުވެވަޑައިގެންނެވުމުން އެމަނިކުފާނު ވެވަޑައިގެންނެވީ ޑިމޮކްރެޓިކް އިންތިހާބަކުން ވެރިަކަމަށް ވަޑައިގެންނެވި ފުރަތަމަ ރައީސަށެވެ.

ޖެހިގެން އައި ރައްްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްްޔިތުން ވޯޓު ދިނީ ބާރުތައް ވަކިކުރުމުގެ ވިސްނުމުގައި އޭރުގެ އިދިކޮޅު ފަރާތްތަކަށެވެ. އެހެންވެ ރާއްޖޭގެ ޗެކް އެންޑް ބެލެންސް ރަނގަޅުވެ ޑިމޮކްރެޓިކް މުޖުތަމައެއް އުފެދޭނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި އެވެ. އެ މުއްދަތުގައި ރާއްޖޭގެ އަނެއް ދެބާރުން ވެސް މަސައްކަތްކުރީ ހިންދެމިލައި މިނިވަންކަމާ އެކު މަސައްކަތް ކުރުމަށެވެ. އެކަމަކު ރައްޔިތުން އުއްމީދުކުރި ގޮތާ ހިލާފަށް ނަޝީދު ވެވަޑައިގެންނެވީ ވަރަށް ޚުދުމުޚުތާރު ބޭފުޅަކަށެވެ.

އެމަނިކުފާނު އެދިވަޑައިގަންނަވާ ނަތީޖާއެއް ނެރުއްވެން ނެތުމުން ސުޕްރީމްކޯޓުގައި ތަޅު އެޅުއްްވިއެވެ. އެދިވަޑައިގަންނަވާ ނަތީޖާއެއް ނުނެރުއްވިގެން ގާޒީއަކު ގާނޫނާ ހިލާފަށް ބަންދުކޮށްގައި އެތައް ދުވަހަކު ބެހެއްޓެވިއެވެ. އެއާ އެކު އިދިކޮޅު ބައެއް ލީޑަރުންވެސް ގާނޫނާ ހިލާފަށް ބަންދުކުރި އެވެ. އެކަމަކު ނަޝީދު އަދިވެސް ގަބޫލުކުރައްވަނީ އެމަނިކުފާނަކީ ޑިމޮކްރަސީގެ ޗެމްޕިއަނެއް ކަމަށެވެ.

އެމްޑީޕީގެ ދެވަަނަ ވެރިކަމުން މިހާރު މިވަނީ ދެ އަހަރެއްހާ ދުވަސް ފާއިތުވެފައެވެ. ޑިމޮކްޓިކް އުސޫލުތައް ރާއްޖޭގައި އޮތް މިންވަރު ބަލައިލަން މިއީ ވަރަށް މުނާސަބު ވަގުތެކެވެ.

ކުރިން ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަަތައް ބަލާނެކަމުގެ ވައުދާއި މަސައްކަތްތެެރިންގެ ހައްގުތައް ހޯދައިދޭނެ ކަމުގެ ވައުދާ އެކު ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނެގީ އެމްޑީޕީންނެވެ. އެހެންވީމާ ކުރުކޮށް ބުނާ ނަމަ އެމްޑީޕީ މިހާރު އޮތީ ބޭނުން ބަދަލެއް ރާއްޖެއަށް ގެނެވޭނެ ޕޮޒިޝަނެއްގައެވެ.

މައިނޯރިޓީއަށް ޖާގައެއް ނުދޭ

ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އިރު މަޖިލީހުގައި ތިބި އިދިކޮޅު މަދު މެމްބަރުންގެ އަޑު އިވުނަ ދިނަސް ސަރުކާރަށް ލިބޭނެ ގެއްލުމެެއް ނެތެވެ. އެކަމަކު އެމްޑީޕީގެ ރައީސް މަޖިލީހުގެ ރައީސަކަށް އިންނަވައިގެން ދައްކަވަމުން ގެންދަވަނީ މުޅިން އެހެން މަންޒަރެކެވެ. ގާނޫނު އަސާސީއަަށް އިސްލާހު ގެންނަން ޖޫން މަހުގެ ދެވަނަ ދުވަހު ބޭއްވި ޖަލްސާއިން އެކަން ވަނީ ވަރަށް ސާފުކޮށް ފެނިފައެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވުމަށް ފަހު މަޖިލީހުގެ ގަވައިދާ ހިލާފަށް އޭނާ ތަޅުމުން ނެރުމުގައި ހަރަކާތްތެރިވީ އެމްޑީޕީގެ މެމްބަރުންނެވެ. އެކަމުގެ ތެރޭގައި ޝިޔާމަށް އަނިޔާވެ، ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހުނެވެ. އިދިކޮޅު މަދު މެމްބަރުން އެހާ ހިސާބުން މަޖިލިސް ބޮއިކޮޓް ކުރައްވައިގެން އެތައް ދުވަހަކު ތިއްބެވިއެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެކަން ސިފަކުރެއްވީ "ރައްކާތެރިކަމެއް ނެތުން" ކަމަށެވެ.

ޖޫން 21 ގައި އޭނާ ވިދާޅުވީ މަޖިލީހުގައި އިދިކޮޅު މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިފައި އޮތް އިރު، އެ ޔަގީންކަން މަޖިލީހުން އަދިވެސް ކަށަވަރުކޮށް ނުދޭ ކަމަށެވެ. މިއީ، މަޖިލިސް މެދުވެރިކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތަށް އެޅިފައިވާ ހުރަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ނިޒާމް ގެއްލިއްޖިއްޔާ އަމަލުކުރަންވާ އުސޫލް ގަވާއިދުގައި އޮވޭ. އެއާ ޚިލާފަށް މެމްބަރުންނަށް އަމުރު ކޮށްގެން ރިޔާސަތުން ކަންކަން ކުރެއްވުމަކީ ވަރަށް ނުރައްކާ، ނާތަހުޒީބު، ގާނޫނާއި ގަވާއިދާ ވެސް ޚިލާފު އަމަލެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެގޮތަށް އަމަލުކުރެއްވުމަށް ފަހުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަން ދިފާއުކުރެއްވި އެވެ. ނޫސްވެރިންނާ ވާހަކަފުުޅު ދައްކަވަމުން އޭގެ ފަހުން އެމަނިކުފާނު ވިދާޅުވީ އެގޮތަށް އަމަލުކުރެއްވީ މަޖިލީހަށް ސިފައިން ވައްދަން އެމަނިކުފާނު އެދިވަަޑައިނުގަންނަވާތީ ކަމަށެވެ.

އެމަނިކުފާނު އެ ސާބިތުކޮށްދެއްވީ މަޖިލީހުގެ ގަވައިދުގައި ކޮންމެ ގޮތަކަށް އެކަން އޮތް ނަމަވެސް އެ އެގަވައިދަށް އަމަލުކުރެއްވުމުގެ ބަދަލުގައި ހިފަހައްޓަވާނީ އަމިއްލަފުުޅު އުސޫލުތަކެއް ކަމެވެ.

އިދިކޮޅުގެ އަޑު އިއްވިޔަކަ ނުދޭ

ރާއްޖޭގައި އިންޑިއާ ސިފައިންގެ ބަޔަކު ބައިތިއްބަން ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް ޒުވާނުންތަކެއް އިސްނަގައިގެން އެންމެ ފަހުން ބޭއްވި މުޒާހަރާ ސަރުކާރުން ރޫޅާލީ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްގެންނެވެ. އެ މުޒާހަރާގައި ބައިވެރިވި ގިނަ ބަޔަކު ހައްޔަރުކޮށް ޖޫރިމަނާވެސް ކުރި އެވެ.

އެގޮތަށް ކަންތައް ކުރި އިރު އުޒުރަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ދިއުމެވެ. މުޒާހަރާ ރޫޅާލީ އެބަލި ފެތުރުން ކޮންޓްރޯލްކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ޚިލާފުވެގެން ކަމަށް ސަރުކާރުން ބުންޏެވެ.

އެކަމަކު އެ އުސޫލު އެހެން އޮއްވައި މީގެ ކުރިން ވެސް އެތައް މުޒާހަރާއެއް ވަނީ ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމައްޗަށް، ގްރީން ޒޯނަށް ވެސް ދެފަހަރެއްގެ މަތިން މީހުން އެއްވެ މުޒާހަރާކުރި އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ބާއްވަން ފެށީވެސް އެގޮތަށް ޖަލްސާތައް ބާއްވަން އެޗްޕީއޭއިން އަދި ހުއްދަ ނުދެނީސް މާލެ ލޮކްޑައުންކޮށްފައި އޮއްވައެވެ.

"އިންޑިއާ އައުޓް"ގެ ނަމުގައި ޒުވާނުން ކުރި މުޒާހަރާ ހުއްޓުވީ އެޗްޕީއޭގެ އުސޫލުތަކާ ހިލާފުވެގެން ކަމަށް ގަބޫލުނުކުރެވެެނީ މިކަހަލަ ކަންތައައްތައް މިހެން ހިނގާފައި ހުރުމުންނެވެ.

ފަނޑިޔާރުގޭގައި އެކްޓިވިސްޓުން

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ލިބުނު ސުޕަމެޖޯރިޓީގެ ބޭނުން އެންމެ ފުރަތަމަވެސް ކުރީ ރާއްޖޭގެ ފަނޑިޔާރުގެއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ. އެޕާޓީން ދައުވާކުރާ ގޮތުގައި އެއީ ފަނޑިޔާރުގެ އިސްލާހުކުރުމެވެ. އެކަމަކު ވަކިފަރާތަކަށް ނުޖެހި ހުރެ ވިސްނާ އެކަކުވެސް އެކަން ގަބޫލުނުކުރާނެ އެވެ.

ސުޕްރީމްކޯޓުގެ ބެންޗަށް ގެނައި ބަދަލަށް ބަލައިލުމުން މިކަން ވަރަށް ރަނގަޅަށް ސާފުވާނެއެވެ.

އެއްބޭފުޅަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގައި އިސްކޮށް އުޅުއްވި ހަރަކާތްތެރިއެކެވެ. އެޕާޓީގެ ފުރަތަމަ ސަރުކާރުގައި ވަޒީރެކެވެ. މިފަހަރުގެ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަނެއްގެ ރައީސެކެވެ. ސިޔާސީ ގޮތުން މިވަރަށް ހަަރަކާތްތެރި ވެވަޑައިގެންފައިވާ އެއްވެސް ބޭފުޅަކު ދުނިޔޭގެ އެއްވެސް ގައުމެއްގެ މަތީ ކޯޓުގެ ފަނޑިޔާރަކަށް އެއްވެސް އިރަކު ހުންނެވިކަން އެނގޭކަށްް ނެތެވެ.

ދެން ތިއްބެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފަނޑިޔާރުކަމުގެ ތޮށިގަނޑުން ބޭރުވެވަޑައިގެން އެކި ކަންކަމަށް ސިޔާސީ ގޮތުން ފާޑުވިދާޅުވި ބޭފުޅަކާއި ސަރުކާރުން އެދޭ ގޮތަށް އެމަނިކުފާނު ޖަލަށް ލާން ހުކުމްކޮށްދެއްވި ފަނޑިޔާރަކު އެބަ ހިމެނެއެވެ.

މަތީކޯޓުތަކުގެ ހާލަތު މިހެން އޮތް އިރު ޖުޑިޝަލް ސާވިސްކޮމިޝަނުން ދަނީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ކޯޓުތަކުގައި އެއްވެސް ކޮންޓްރޯލެއް ނޯންނަ މިންވަރަށް ކޯޓުތަކުގެ ކަންކަމުގައި ގޮތްކިޔަމުންނެވެ. ވެރިކަން ކުރާ އެމްޑީޕީން ނުރުހޭ ގޮތަކަށް ކަންތައް ކުރާ ކޮންމެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ގެންދަނީ ހުށަހަޅަމުންނެވެ. ގާނޫނީ ދާއިރާގެ ފުންނާބު އުސް އެކިި ބޭފުޅުން ގެންދަވަނީ މިކަމުގެ ކަންބޮޑުވުން ފާޅުރައްވަމުންނެވެ.

" އެއްވެސް ފަނޑިޔާރު ގެއެއްގެ ފަނޑިޔާރަކަށް އޭނާގެ އަމިއްލަ ކޯޓު ރޫމުގެ ކޮންޓްރޯލް ގެއްލުން މިއީ ދުނިޔޭގެ އެއްވެސް ނިޒާމެއް ދަންނަ ކަމެއް ނޫން. އަޅުގަނޑަކަށް ނޭނގޭ ކޮން އެކްސްޕާޓުންތަކެއް މި ބޭފުޅުންނަށް އެޑްވައިޒް ދީގެންތޯ، އަޅުގަނޑުމެންނަށް ނުފެންނަ ކޮން ޓެކްސްޓް ފޮތެއް މި ބޭފުޅުންނަށް ފެނިގެން ނުވަތަ އާ އެއްޗެއް ވުޖޫދަށް އައީބާއޭ؟"

ކުރިން ތިއްބެވި ފަނޑިޔާރުން ބަރިބަރިއަށް ވަކިކުރަމުން ދިޔަ ދުވަސްވަރު އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި އެވެ.

އެހުރިހާ ކަންބޮޑުވުންތަކެއްގެ އަޑު ނާހައި އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެޕާޓީގެ ރައީސް ވެސް އިންނަވާ ޖޭއެސްސީން ވަނީ އެޕާޓީގެ ބަހުން ނަމަ ފަނޑިޔާރުގެ ފޮޅައި ސާފުކޮށްފައެވެ.

ރާއްޖެއިން މިހާރު ވަރަށް ސާފުކޮށް ފެންނަން މިއޮތީ ތިންބާރު މަސްހުނި ވެފައިވާތަަނެވެ. ޗެކް އެންޑް ބެލެންސް މިއޮތީ ގެއްލިފައެވެ. ސަރުކާރުން ބޭނުންކަމެއް ބޭނުން ގޮތަކަށް ކުރުމުގެ ހުރިހާ މަގެއް މިއޮތީ ފަހިވެފައެވެ. މިކަހަލަ މަސްހުނިގަނޑަކަށް ޑިމޮކްރަސީއެކޭ ކިޔޭނެތޯ ސުވާލު އުފެދެއެވެ.

ކިޔުންތެރިންގެ ހިޔާލު
އައުޓް
ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް ރައީސް އިބޫ އައުޓް
ޣަ
ވަރައްނުބާނުލަފާ ދެކަންބަޅިބަކަރިތީﷲއިރާދަކުރެއްވިއްޔާ މުން މިދޭތިވަރައްއަވަހައްވެއްޓޭނެ ބޯޅަބޭ ފޫހި