އެޗްޕީއޭ ސިޔާސީވެ ނިމިއްޖެ!

ނާހިލް އަހްމަދު 2 ސެޕްޓެމްބަރު 2020 11:43
Flowers
ރައީސް ސޯލިހް އެންއީއޯސީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 ގެ ބަލިމަޑުކަން އައުުމުގެ ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަކީ އެންމެ ގިނަ ބަޔަކު އެންމެ ގަދަރުކުރާ އެއް އިދާރާއެވެ. ރާއްޖޭގައި ގައިންގަޔަށް އަރާ ބަލިތަކާއި މަދިރިއާއި ފެނުގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ކޮންޓްރޯލްކޮށް ބައެއް ބަލިތައް މުޅިން ނައްތައިލުމުގައި ހޯދި ކާމިޔާބީތަކުގައި ވެސް އެންމެ ފަޚުރުވެރިތަނަކީ އެޔެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގަައްޔޫމުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދައުރު ނިމެންދެން ވެސް އެކަން އޮތީ އެހެންނެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވި އިރު ވެސް އެތަނަކަށް ސިޔާސީ ނުފޫޒެއް ނެތެވެ.

މިހާރު ހާލަތު ބަަދަލުވެއްޖެއެވެ. ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްުކުރަން އެޅި ބައެއް ފިޔަވަޅުތަކާއި ހެދި އުސޫލުތަކަށް އަމަލުކުރުމުގައި ވެސް ފެންނަނީ އަމިއްލަވަންތަކަމެއް ނެތް ނިންމުންތަކެކެވެ. ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހީމް ހޫދު ރާއްްޖޭން ބޭރުގައި ހުންނަވާފައި އެނބުރި ވަޑައިގަންނަވަން ވީމާ ރާއްޖޭން ބޭރުން އަންނަ މީހުން ކަރަންޓީނު ފެސިިލިޓީއަކަށް ދާން ނުޖެހޭ ގޮތަަށް އުސޫލު ބަދަލުކުރިއެވެ. އޭނާ ވަޑައިގެން ގޭގައި ހަމަޖެހިވަޑައިގެންނެވުމާ އެކު އެ އުސޫލު އިހު އޮތް ގޮތަށް އިއާދަކުރީ އެވެ.

ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކުން މަނާކުރުން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު މާލެ ލޮކްޑައުން ކުރުމުން އެންމެ ބޮޑު ގެއްލުމެއްވީ އެއް ބަޔަކީ ރެސްޓޯރެންޓްތަކާއި ހޮޓާއް ހިންގާމީހުންނެވެ. ޖުލައިމަހު އެ ފިޔަވަޅުތަކަށް ލުއިދިން އިރު ބައެއް ތަންތަން ވަނީ ބަނގުރޫޓްވުމާ ގާތަށް ގޮސްފައެވެ. އެކަމަކު އޭރުގައި އެވާހަކަ ދައްކާނެ މީހަކު ނުވާތީ ސަރުކާރަށް މާބޮޑުމައްސަލައަކަށް އެކަން ނުވެ އޮތްކަހަލައެވެ.

އޮގަސްޓްމަހު ރާއްޖޭގެ ކޮވިޑް ކޭސްތައް އިތުރުވާން ފެށުމާ އެކު އަނެއްކާވެސް އާ ފިޔަވަޅުތަކެއް އެޅިއެވެ. ރޭގަނޑު 8:00 ގެ ފަހުން އުޅަނދުފަހަރު ނުދުއްވޭ ގޮތަށް ހެދުމަކީ އޭގެ އެއް ފިޔަވަޅެވެ. ވުޖޫދުގައި އޮތްކަން ވެސް މީހުން ހަނދާން ނެތިފައިވާ ރެސްޓްރެންޓް އޯނަރުންގެ ޖަމިއްޔާ ހަރަކާތްތެރިވާން ފެށީ އެހިސާބުންނެވެ.

ކެފޭ ރެސްޓޯރެންޓް ހިންގާ މީހުންގެ ތެރެއިން އެއް ބަޔަކު ދަރުބާރުގެ ކައިރިއަށް އެއްވެ އަޑުއުފުލަން ފެށި އެވެ. އޭރުގައި ޖަމިއްޔާގެ އިސް ފަރާތްތަކުން އައީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެކުގައި މަޝްވަރާތައް ކުރަމުންނެވެ. އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީއާއި އެޗްޕީއޭ ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ރެސްޓޯރެންޓް ހިންގާ މީހުންގެ ނުފޫޒުގައި އެމީހުން އުފާވާ ކަހަލަ ނިންމުމެއް އެޗްޕީއޭއިން ނިންމީ އެހިސާބުންނެވެ. ދިޔަރެސްއަަށް އެނގިފައިވާ ގޮތުގައި ގޭގޭގެ ބަދިގޭގައި ކާބޯތަކެތި ހަދައިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް އިޝްތިހާރުކޮށްްގެން މީހުން ކުރަމުން އައި ވިޔަފާރި ހުއްޓުވަން އެޗްޕީއޭ އަށް ހުށަަހެޅީ ރެސްޓޯރެންޓް އޯނަރުންނެވެ.

ކޮވިޑާ ހެދި އިގުތިސާދު ހަލާކުވެ، ވަޒީފާ ގެއްލުނު މީހުން ބަނޑުފުރާނަ މުއްތިކުރަން ފެށި އާ އެ މަސަކަތަށް ހުރަސް އަޅަން ޖޫރިމަނާ އެއް ތައާރަފްކޮށްލީ އެވެ. އެމީހުންނަށް ވަގުތެއް ވެސް ނުދީ ތައާރަފްކުރި އެ ފިޔަވަޅާ މެދު އާއްމުންގެ ބޮޑު ހިތާމައެއް އެބަ އޮތެވެ.

" [އަލަށް ވިޔަފާރި ފަށާ މީހުން ހިމެނޭ ގޮތުން] ގިނަ ބަޔަކު ވަނީ ގޭގައި ކާބޯތަކެތި ތައްޔާރުކުރަން ފަށާފައި. މި އިއުލާނުގެ ސަބަބުން އެންމެނަށް އަސަރުކުރާނެ. އެމީހުން އާ އުސޫލަށް ފެތޭނެ ވަގުތެއް ވެސް ނުދިން. ގެއްލުމަކުން ސަލާމަތްކުރަން ރެގިއުލޭޓާ ހަދާ ގަވައިދުން އެއަށް ވުރެ ބޮޑު ގެއްލުމެއް ވެގެން ނުވާނެ،" ސޯޝަލް މީޑިއާގައި ނުހުރުން ފާޅުކުރި އެކަކު ބުންޏެވެ.

އެހެން މީހަކު ބުނި ގޮތުގައި ދަރިންނަށް ކާންބޯން ދިނުމަށާއި ކުލި ދެއްކުން ފަދަ ޒަރޫރީ ބޭނުންތައް ފުއްދަން ގިނަ ބަޔަކު އަލަށް ފެށި މައިކްރޯ ވިޔަފާރި ހުއްޓުވައިލުމަކީ އިންސާނިއްޔަތާ ހިލާފު އަމަލެކެވެ.

ގއ.ވިލިނގިލީގެ މައްސަލަ

ގއ. ވިލިނގިލީގައި ސަރުކާރުން ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީއަށް ގދ. ތިނަދޫން ގެންދިޔަ ބަލިމީހަކު އެރަށަށް ނާރުވައިގެން އަނބުރާ ގެންދިއުމަށް ފަހު މާލެއަށް ގެނައި ޚަބަރަކީ މިހަފްތާގެ އެންމެ ހިތާމަވެރި ޚަބަރެވެ. އެންމެން ވެސް ދެކުނީ އެއީ އިންސާނިއްޔަތާ ހިލާފު ވަރަށް ހުތުރު އަމަލެއް ކަމަށެވެ.

އެކަމަކު ހަގީގަތަކީ އެހާދިސާގެ ފަހަތުގައި ވެސް އެޗްޕީއޭގެ ބޮޑު އިހުމާލެއް އޮތުމެވެ. ރަށްރަށުގެ ކޮވިޑް ޓާސްކްފޯސްތަކަށާއި ހެލްތު އޮފިޝަލުންނަށް އެޗްޕީއޭއިން ދީފައި އޮތް އިރުޝާދަކީ ލިއުމުންދޭ ހުއްދަތަކަށް ނޫނީ އަމަލު ނުކުރުމެވެ. ވިލިނގިލީގެ ކޭސްގައި ދިމާވީ އެ މައްސަލަކަން ދިޔަރެސް އަށް ވަނީ އެނގިފައެވެ. ތިނަދޫއިން ގެންދިޔަ އުމުރުން ދުވަސްވީ މީހާއާ އެކު ދިޔަ އެހީތެރިޔާއަށް ދޭން ޖެހޭ ހުއްދަ، އެޗްޕީއޭގެ އިދާރީ ކަންތައްތަކުގެ ދޯދިޔާކަމުން އޮތީ ނުފޮނުވައެވެ.

ފަޅުތެރޭގައި ލޯންޗް ބާއްވައިގެން ސަރަހައްދީ ސިއްހީ އޮފިޝަލުން ކުރަމުން ދިޔައީ އެ މަސައްކަތެވެ. އެހީތެރިޔާއަށް ބޭނުންވާ ހުއްދަ ހޯދަން އައީ މަސައްކަތްކުރަމުންނެވެ. އާއްމު އުސޫލުން އެކަން ދިގުލައިގެން ދިޔައީއެވެ. އެ ދަނޑިވަޅުގެ ބޭނުން ސިޔާސީ ބަޔަކު ހިފި އެވެ. އުސޫލުތަކުގެ ދޯހަޅިކަމާއި ރަށުވާދަވެރިކަން ވެސް އޭގެ ތެރެއަށް ވަނީ އެހާ ދިގުލައިގެން ދިއުމުންނެވެ.

ބަލިމަޑުކަން ރަނގަޅަށް މެނޭޖްކުރަން ބޭނުން ނަމަ އެޗްޕީއޭ މިނިވަން ވާން ޖެހެއެވެ. އެމްޑީޕީން ގެންގުޅޭ ހަކުޅި ކުރިއަށް ކުޅުމުގެ ސިޔާސީ އޮއިވަރުން އެތަން ސަލާމަތް ކުރަން ޖެހެ އެވެ. އެހެން ނޫނީ އިތުބާރު ގެއްލި އާރެއް ބާރެއް ނުހިނގާ ތަނަކަށް ވެ ނިމިދާނެ އެވެ. ކޮވިޑްގެ ކޮންޓްރޯލް އޭރުން އޮންނާނީ ގެއްލިފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު
ފެއްސޭދެން
އެޗްޕީއޭ ގެ ބޮޑޭ އިސްތިއުފާ ޑރ. ނަޒްލާ ގެއަށް ކަނޑާލާ ކަނޑާލާ ތަމެންގެ އަމާ ބަފާގެ ތަރިކަ މުދަލެއް ނޫނޭ އެއީ އެޗްޕީއޭ އަކީ އަދި އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަކީ ވެސް ތަމެން ކަނޑާލަންވީއޭ ގެއަށް އެހެރީ ވަންދޮރު ނިކުމެ ފެއްސެންވީއޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ދެން...
ނަޒޫބަންގާ
ސިޔާސީ އޭ. ތިތާގައި އޮންނާނީ ބަންގާޅީންގެ ނުފޫޒު.