ސިނަމާލެ ބުރިޖަށް ދެއަހަރު: ދިރުމެއް އޮތިއްޔާ އުންމީދެއް އޮންނާނެ!

ޖާއިޝް ތައުފީޤް 30 އޯގަސްޓު 2020 19:23
Flowers
ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ތަޤުރީރުކުރައްވަނީ/ ފޮޓޯ: ރައީސް އޮފީސް

މިއަދަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޗައިނާގެ އެހީތެރިކަމާއެކު ހުޅުމާލެއާއި މާލެ ގުޅުވައިލުމަށް ބިނާކުރެއްވި ބުރިޖު ހުޅިވާދެއްވިތާ 2 އަހަރު ފުރޭ ތާރީޚީ މުނާސަބާއެވެ. އެ ބުރިޖަކީ ބޮޑު ދެ އާބާދީއެއް ގުޅުވައިދިން ބުރިޖެކެވެ. ރަށްވެހިކަމާއި ތަރައްޤީގެ އައު މަންޒަރެއްގެ ތަޞައްވުރު ޙަޤީޤަތަކަށް ހަދަދިން ބުރިޖެވެ. އެއީ ހުޅުމާލޭގައި މާލޭގައި މަސައްކަތްކުރާ އެތައް ބަޔަކަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ އިންތިޒާމު ފަހިކޮށްދިން ބުރިޖެވެ. 

ބުރިޖު ހުޅުވައިދެއްވި ދުވަހު ރައީސް ޢަބްދުﷲ ޔާމީން އިނގިރޭސި ބަހުން ދެއްވި ތަޤުރީރަކީ ފާހަގަކޮށްލަންޖެހޭ މުހިއްމު ތަޤުރީރެކެވެ. ޤައުމުގެ މުސްތަޤުބަލާމެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެންފުޅާއި، ގެންގުޅުއްވި ތަޞައްވުރާއި އުންމީދު ނިއުޅައިދެއްވި ތަޤުރީރެކެވެ. އެތަޤުރީރުން ބައެއް ބައިތަކަކީ ބުރިޖަށް ދެ އަހަރު ފުރޭ ތާރީޚީ ވަގުތުގައި ހަނދާން އައުކުރުން ރަނގަޅު ވާހަކަފުޅުތަކެކެވެ. 

"މިރެޔަކީ ގަދައަޅައި މަސައްކަތް ކުރާ މީހުންންގެ އަތުގައި ކާމިޔާބު އޮންނަކަން ރަމްޒުކޮށްދޭ ރެއެއް. ކަންކަން އުނދަގޫވުމުން މައިދާން ދޫކޮށް ނުފިލައި، އަމާންދިނުމެއް ނެތި މަސައްކަތްކުރާ މީހުންނަށް ނަޞްރަކީ ޙައްޤުވާ ކަމެއްކަން ރަމްޒުކޮށްދޭ ރެއެއް. އަދި މިރެއިން ރަމްޒުކޮށްދެނީ ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިއްމީ ޤައުމަށް ލޯބި އޮތުން ކަން. އަދި އަޅުގަނޑުމެންގެ ތުއްތު ޢަބްދުﷲއިންނާއި ޢާއިޝާއިންނަށްޓަކައި އިތުރު މައިލަކަށް ހިނގަން ކެރުންކަން." ރައީސް ޔާމީނުގެ ތަޤުރީރުގައި ވިދާޅުވިއެވެ. 

2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ނުކުމެވަޑައިގަތީ ހުޅުމާލެއާއި މާލެ ބުރިޖަކުން ގުޅުވައިލެއްވުމުގެ އުންމީދު ދިވެހިންނަށް ދައްކަވަމުންނެވެ. އެ އިންތިޚާބުގައި އެމަނިކުފާނާ ވާދަކުރެއްވި އަދި އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެ ބުރިޖެއް ނޭޅޭނެ ކަމުގައެވެ. އެއީ ކުލަނުވާނެ ހުވަފެނެއް ކަމުގައެވެ. އޭގެ އިންޖިނިއަރިންއާއި ފައިސާ ހޯދާނެ ގޮތާމެދު ސުވާލު އުފެއްދެވިއެވެ. 

ނަމަވެސް 2018 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 30 ވަނަ ދުވަހު ރޭގައި ފެނުނީ ހިންމަތްތެރިންނަށް ކާމިޔާބަކީ ޙައްޤުވާ ކަމެއް ކަމެވެ. އުންމީދެއް އޮވެގެން ގަދައަޅައި މަސައްކަތްކުރާ މީހުންނަށް ދެ ހިކިފަސްތަން ދަގަނޑު ދާލަމަކުން ގުޅުވައިލުމަކީ ކުރެވިދާނެ ކަމެއް ކަން އެރޭ ކަށަވަރުވިއެވެ. ދިވެހިންގެ އުންމީދުތައް އައު އުސްމިންތަކަކަށް އުފުލިގެން ދިޔައެވެ. އިންޖިނިއަރިންއާއި ފައިސާވެސް ހޯދަން އެނގޭ މީހުން ހޯދާނެކަން ކަށަވަރުވިއެވެ. 

ބުރިޖަށް ދެއަހަރު ފާއިތުވިއިރު ބުރިޖުގެ ސަބަބުން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ލުއެއް ލިބިއްޖެއެވެ. މާކަނޑުގެ މުލައްމާ ރާޅުތަކާ ހަނގުރާމަކޮށް ކުރަމުންދިޔަ ދަތުރުތައް އަމާންވެއްޖެއެވެ. މާލޭގައި މަސައްކަތްކުރާ މީހުންނަށްވެސް ހުޅުމާލޭގެ ހިތްގައިމު މާހައުލުގައި ދިރިއުޅެވޭނެ ގޮތަށް ކަންކަން ފަހިވެއްޖެއެވެ. މާލޭގައި އަލުފާނުގެ ހާދިސާއެއް ހިނގައިފިނަމަ ގިނަ ވަގުތުތަކެއް ހޭދަނުވަނީސް، ގެއްލުން ފެތުރި އެތައް ގުނައަކުން ގުނަނުވަނީސް ހުޅުލެއިން މާލެއަށް އަލިފާން ނިއްވާ އުޅަނދުފަހަރު ގެނެވެއެވެ. މާލެއިން ބޭރަށް ހުޅުމާލެއަށް ގުދަންތައް ގެންގޮސް، އެތަންތަނުގައި މުދާ ރައްކާކުރުމުގެ ފުރުޞަތު ފަހިވިއެވެ. ހުޅުމާލޭގެ ތަނަވަސް ޖައްވުން ތާޒާ ވައި ލިބުމަށް ހަފުތާ ބަންދުގައި ހުޅުމާލެއަށް ކުރަމުންދިޔަ ދަތުރުތައް ރައްކާތެރި ފަސޭހަ ދަތުރުތަކަށްވެއްޖެއެވެ. މިހެން ގޮސް ފައިދާތަކުގެ ލިސްޓަށް ނިމުމެއް ނެތެވެ. 

ބުރިޖަކީ މާލެ ސަރަހައްދުގެ އިޤުތިޞާދީ ހަރަކާތް ހަލުއިކޮށް ދިރިއުޅުމުގެ ހާލަތަށް ވަރަށް ބޮޑު ލުއިކަމެއް ހޯދައިދިން އުމްރާނީ ވަސީލަތެކެވެ. ނަމަވެސް ބުރިޖު ރަމްޒުކޮށްދެނީ ޤައުމުގެ މިނިވަންކަން ބައެއްގެ އަތަށް ނުލައި، ޤައުމުގެ އިސްތިޤުލާލު ވިއްކައިނުލައި، ދިވެހިންނަށް ދިވެހި ޤައުމު ތަރައްޤީކުރެވޭނެ ކަމެވެ. 

"ދިވެހިރާއްޖޭގެ ވާހަކައަކީ މި ބިމަށްޓަކައި ޖިހާދުކޮށް ހަނގުރާމަކުރި ފަހުލަވާނުން އުފުލި ބުރައިން ޖަރީވެފައިވާ ވާހަަކައެއް. އަދި އެވާހަކަ މުއްސަނދިވެފައިވަނީ އެވަޠަނީ ހަނގުރާމައިގައި ލޭ އޮހޮރުވައިލި މުޖާހިދުންގެ ލެެއިން. 

ދިވެހިރާއްޖޭގެ ވާހަކައަކީ އެއް ޤައުމެއްގެ އެއް އުންމަތެއްގެ އެއް ނަސްލެއްގެ އެއް އިޢުތިޤާދެއްގެ ވާހަކަ. އެއީ ދުނިޔެއަށް އަންނަ ބަދަލުތަކުގެ ރާޅުތަކަށް އަރައި، ރިޔާ ނަގައި އެރިޔާ ހޭރިޔާކޮށް ޤައުމު ދިފާޢުކުރި ބައެއްގެ ވާހަކަ. އެއީ އެބައިމީހުންގެ ޤައުމާމެދު އޮތް ފަޚުރާމެދު ޝަރަފުވެރިކަމާއެކު ތެދުވި ބައެއްގެ ވާހަކަ. އެބައިމީހުންނަށްވުރެ އެތައް ގުނައެއް ވަރުގަދަ ލަޝްކަރުތަކާ ކުރިމަތިލައި، އިސްލާމީ ޢަޤީދާއަށްޓަކައާއި ރަތާއި ހުދާއި ފެހީގެ ދިދައަށްޓަކައި ހަނގުރާމަކުރުމަށްވުރެ މަތިވެރި ހަނގުރާމައެއް ނެތް ކަމުގައި ދެކި ހަނގުރާމަކުރި ބައެއްގެ ވާހަކަ. އަދި އެމީހުންނަކީ އެމީހުންގެ ދޮރު ދޮށަށް އުކައިލެވޭ ހަދިޔާތަކާއި ފުރެއްދަ ފިކުރުތަކަށް ނޫނެކޭ ބުނި ބައެއް." ރައީސް ޔާމީން ވިދާޅުވިއެވެ. 

މިވާހަކަފުޅަކީ ދިވެހިންގެ މިއަދުގެ ޙާލަތާ ވަރަށް ގުޅުންހުރި ވާހަކަފުޅެކެވެ. ފުރެދަ ފިކުރުތައް ދިވެހި ގާދޫކޮލުން އެތެރެވެއްޖެއެވެ. ބަޔަކަށް ލިބޭ ހަދިޔާތަކުގެ ރާޙަތުގައި ދިވެހި ޤައުމަށްވުރެ އަވަށްޓެރި އެހެން ޤައުމެއް އިސްވާކަމުގެ ލިސާންތައް ފެންނަން ފަށައިފިއެވެ. ބުރިޖަށް ދެއަހަރު ފުރޭ ދުވަހު ރައީސް ޔާމީނު އެރޭ ދެއްކެވި ވާހަކަފުޅުގެ ތެރެއިން މި ވާހަކަފުޅަކީ ވަރަށް ބޮޑަށް ވިސްނައިލަންޖެހޭ ވާހަކައެކެވެ. 

ކިޔުންތެރިންގެ ހިޔާލު
ހަޑިމިލޭރު
ﷲ އިރާދަ ފުޅާއިއެކު ރ.ޔާމިންއަށް ދާދިއަވަހަށް މިނިވަންވާނެ. އާމީން
ޝިފްޡާން
ޗައިނާ ލޯނު އޯކޭ. އިންޑިޔާ ލޯނު ވެއްޖާ އަޅުވެތިވޭ. މޮޔަ ލޮޖިކް. ޗައިނާގެ ލޯނުގެ އިންޓަރެސްޓް ބޮޑު އަދި ކުރި ވައްކަން ނުހަނު ބޮޑު. އެވެރިކަމުގައި އެކަންކަން ބަަލަންތިބި މުއައްސަސާތައް އޮތީ ހުއްޓުވާ ބިރުދައްކާފަ. 4 ބިލިއަނަށްވުރެ ގިނަ ފައިސާ ވަނީ ވަގަށް ނަގާ ދައުލަތް އިނދަ ޖައްސާފަ. މިވެރިކަމުގަ ފައިސާއެއް ނުގެއްލޭ އަދި. ޔާމީނު ވެރިކަމުގަ އުވާލި އެއްބަސްވުންތަކުން ކޯޓުން ހުކުމްކުރި ބަދަލު ދިނީ. ދެން ވެންޓިލޭޓަރު އަންނާނެ އެބުނީ. ބަޔަކު ފައިސާ ނަގާފައެއް ނެތް.
ބަލާތި
ވެންޓިލޭޓަރު މައްސަލަ އިތުރަށް މަޖްލީހުގެ ކޮމެޓީ ތަކުން ދިރާސާ ކުރަން ނަހަދާ ތިޔާ ކަން އޭސީސީ އާއި ހަވާލު ކުރަންވީއޭ މަޖްލީހުގެ ކޮމެޓީން ތިޔާ އުޅެނީ ތިޔާ ކަން ފޮރުވަން ވެގެންނޭ ދައުލަތުގެ ޚަޒާނާއިން ކުރާ ބޮޑެތި ވައްކަން ތައް ފޮރުވަން އުޅޭ ތަނަކަށް މަޖްލީސް ހަދަން ތަމެން ނޫޅޭތި މަޖްލީހުގެ ރައީސް ވެސް ނެތޭ ރަށަކު އިނގޭތޭ މަޖްލީހުގެ ރައީސް ރަށުގައި ނެތީސް ތަމެން ތިޔާ ކަން ފޮރުވަން މަސައްކަތް ނުކުރާތި އިނގޭތޭ ނުކުރާތި ވަގަކު ވައްކަން ކޮށްފިނަމަ ފަޅާއަރުވާލަންވާނެއޭ
ޑާޑާޑާޑާ
އެމްއެމްއޭގެ ގަވަރުނަރު އަދި ސަރުކާރުގެ އިކޮނޮމިކް ކައުންސިލް އެބަޖެހޭ ރައީސް އޮފީހުގެ ބިއުޓިފުލް އެން އޯސަމް އެެން ފްލޯލެސް އައިޑިއާސް އަންނަ ރޫމް ގައި މަޑުކޮށްލަން 24 ގަޑިއިރު ތަމެންގެ ފޯނާއި ޓެބްލެޓް އާއި އަދި ސްމާރޓް ވޮޗް ވެސް ނުލާ ވިސްނަންވީ ރާއްޖޭގެ އިގްތިސާދު ޑައިވަރސިފައި ކުރުމަށް ދަނޑުވެރިކަން ކުރުމަށް މާލެ ސަރަހައްދުން އުތުރު ތިލަފަޅު ހިއްކާލަންވީއޭ އެއްކޮށް އަދި އެތަނުން ކޮންމެ ދިވެއްސަކަށް 5 ހާސް އަކަފޫޓްގެ ބިމެއް 100 އަހަރަށް ދޭންވީއޭ ކުއްޔަކީ އަކަފޫޓަކަށް މަހަކު ދައްކަން ޖެހޭނީ 50 ލާރިއޭ އެއިރުން ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރާނެއޭ ރާއްޖެތެރޭގައި އެމެން ދަނޑުވެރިކަން މިހާރު ކުރާ ގޮތް އެއީ އުނގުވިޔަފާރިއޭ އެކުރިނާރާނެއޭ އިންޑަސްޓްރީ ލެވެލް ގައި އެކަން ލާރޖް ސްކޭލް ގައި ޖައްސަން ޖެހޭ ވަގުތު މިހާރު މިއޮތީ އައިސް ޖެހިފައޭ ޑޯންޓް ޔޫ ޖަޖް އޮފް މައި ކޮމްޕޯޝަރ އައި ކާންޓް ޓޭކް އަދަރ ސްޓަފް ނޯމޯރ ޑާޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...