Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ރަސްފަންނު ވެލިމަގުން ނެގުން މުއިއްޒު ކުށްވެރިކުރައްވައިފި!

ޑރ.މުއިއްޒު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައ ތަރައްޤީކުރި ރަސްފަންނާއި ދިމާލަށް ހެދި ވެލިމަގު މި ސަރުކާރުން ނެގުމުން، ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުއިއްޒު އެކަން ކުށްވެރި ކުރައްވައިފިއެވެ.
އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭ މޭޔަރު ކަމަށްވެސް ވާދަ ކުރައްވާ ޑރ.މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތޮއްޖެހިފައިވާ މާލޭގައި އާއިލާ ތަކާއި ކުޑަކުދިންނާއި، އިސްރަށްވެހިންނާއި، ރަހްމަތްތެރިން ރައްކާތެރިކަމާއި، ހިތްހަމަޖެހުމާއި އެކު ނުކުމެލާ، ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމަށް، ހެދިފައިހުރި އެންމެހާ ތަންތަން ވީރާނާކޮށް ނެތިކޮށްލުމުން ގެއްލުން ދެވެނީ ރައްޔިތުންނަށް ކަމަށެވެ.
ރަސްފަންނާއި ދިމާލަށް ވެލިމަގެއް ހަދާ އެ މަގުން ދުއްވާ އެއްޗިހި ދުއްވުން މީގެ ކުރިން ވަނީ މަނާކޮށްފައެވެ. އެހެން ހެދުމުގެ މައިގަނޑު ސަބަބަކީ ރަސްފަންނަށް ދާ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށެވެ. މިހާރު އެ މަގު ނެގުމުގެ ސަބަބުން ރަސްފަންނަ ދާ އާއިލާތަކުން ކުރިން އަމަލުކުރަމުން އައިގޮތަށް އެ ސަރަހައްދަށް މިނިވަންކަމާއި އެކު ކުޑަކުދިން ދޫކޮށްލައިގެން އުޅުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.
ރަސްފަންނާއި ދިމާލަށް ހެދި ވެލިމަގު ނެގުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެކަމުގެ މަޤްސަދެއް މާބޮޑަކަށް ސާފެއް ނުވެއެވެ.
މި ލިއުމާއި ގުޅޭ