Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

މާލޭގެ މޭޔަރު ޝިފާ އިސްތިއުފާ ދެއްވަން ޖެހޭތަ؟

މާލޭ މޭޔަރު ޝިފާ. ފޮޓޯ:ސަން
މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު އިސްތިޢުފާ ދިނުމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ގޮވާލައިފިއެވެ. ޝިފާ ޓެގްކޮށް ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުގައި މާލޭ ސިޓީއަށް ބޭނުންވަނީ މިއަށްވުރެ ހިންގުންތެރި އަދި ކާރިސާއެއްގެ ޙާލަތުގައި އެންމެ ރަނގަޅު ގޮތް ނިންމަން އެނގޭ ފަދަ ޤާބިލް ބޭފުޅެކެވެ.
ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި ޚިޔާލުފާޅުކުރަމުންދަނީ ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި ހިތާމަވެރި ޙާދިސާއާއިވެސް ގުޅުވައިގެންނާއި، މާލޭ ސިޓީއަށް އެކަށީގެންވާ، ރައްޔިތުންނަށް ފަސޭހަވާ ގޮތަށް ކަންކަން ފަހިވެގެން ނުދާތީކަމަށް ބުނެފައިވެއެވެ. އެގޮތުން ހުކުރު ދުވަހުގެރޭ އަލިފާނުގެ ޙާދިސާ ހިނގި ގުދަނަކީ މީގެ 10 މަސްކުރިން މާލޭ ސިޓީގެ މޭޔަރާއި ޑިފެންސް މިނިސްޓަރގެ ސަމާލުކަމަށް ގެނެސްފައިވާ ތަނެއް ކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް އެކަމަށް ސިޓީ ކައުންސިލުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޓުވީޓް ކޮށްގެން މާލޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދެވޭނަމަ މޭޔަރ ޝިފާ މިހާރުވަނީ އެކަން ކުރައްވާފައެވެ.
I think Male’ needs a new Mayor! Someone with disaster management experience. Also with high organizational skills. Nothing against the current mayor! Sorry Shifa.— Jenny Latheef (@LitmusTimes) September 21, 2019

މީގެ އިތުރުންވެސް މާލޭގެ މަގުތަކުގެ ޙާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދިއުމާއި މަގުތަކުގެ ވަޅުގަނޑުތަކުގެ ސަބަބުން ދުއްވާމީހުންނަށް ގެއްލުން ވަމުންދާ ކަމުގެ ޝަކުވާތައްވެސް ސިޓީކައުންސިލް ޓެގްކޮށް ދަނީ ކުރަމުންނެވެ. ސިޓީ ކައުންސިލްގެ މެމްބަރުންނަށް ކުރެވެންހުރި ކުދި ކުދި ކަންތަކުގެ ރޫޙެއް ކައުންސިލްގައި ނެތް ކަމަށާއި ކައުންސިލް އެއްކޮށް އިސްތިޢުފާ ދޭންޖެހޭ ކަމަށްވެސް ބައެއް ފަރާތްތަކުންދަނީ ބުނަމުންނެވެ. އަދި މޭޔަރގެ ޒިއްމާ ފުރިހަމައަށް އަދާ ނުކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ. ހަދަމުންދާ ޢިމާރާތަކުން ވެލި ބަސްތާއެއް ވެއްޓި ކުއްޖަކު ނިޔާވި ފަހުންވެސް އެފަދަ އެތައް ޙާދިސާއެއް ހިނގާފައިވާ ކަމަށާއި، ހަދަމުންދާ ޢިމާރާތްތަކުގެ ސަލާމަތީ މިންގަނޑުވެސް ނުބެލެހެއްޓޭ ކަމަށް ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައިވާ ފަރާތްތަކުން ބުނެފައިވެއެވެ. އެހެން ކަމުން މާލޭސިޓީގެ މޭޔަރ ވެސް އަދި ކައުންސިލްގެ އެހެން މެމްބަރުންވެސް އިސްތިއުފާ ދިނުމަށް ގޮވާލާފައިވެއެވެ.
އީއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ މާލޭ ސިޓީ ބެލެހެއްޓުމުގެ މަސައްކަތަށް އަދިވެސް އިތުރު މީހުން ބޭނުންވާ ކަމަށެވެ. ޝިފާ ވިދާޅުވީ ލާމަރުކަޒީވެގެން ބާރުތަކެއް ލިބިގެން އަންނަ އިރު، ސިޓީ ބަލަހައްޓާނެ ބަޔަކު ވެސް ބޭނުންވާ ކަމަށާއި އެހެންވީމާ މިހާރު މާލެ ބެލެހެއްޓުމަށް ހަރަކާތްތެރިވާ ހަތް މުވައްޒަފުންނާއެކު މަސައްކަތްކުރުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. 2013 ވަނަ އަހަރު އޮތް ސިޓީ ކައުންސިލުން، ހަރުދަނާ ޒިއްމާދާރު މަސައްކަތެއް ނުކުރާ ކަމަށްބުނެ، އޭރުގެ ސަރުކާރުން ސިޓީ ކައުސިލް އުވާލަން އެލްޖީއޭއަށްވެސް ހުށައެޅިއެވެ.
މި ލިއުމާއި ގުޅޭ