ރައީސް ސޯލިހްގެ އާއިލީ ކުންފުނިން މި "ކޮށި" ކުއްޔަށް ދިނީ ކިހާވަރަކަށް ކަން އެނގޭތަ؟

ޖާއިޝް ތައުފީޤް 26 ޖޫން 2020 18:28
Flowers
ޕޭން ރިއަލް އެސްޓޭޓުން ކުއްޔަށްދިން އެޕާޓްމެންޓެއް

ދިވެހި ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ހާއްސަކޮށްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ 7000 ފްލެޓު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސިފަކުރެއްވީ އެއީ އިންސާނުން އުޅެން ކަމުނުދާތަނެއްގެ ގޮތުގައެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްމް" އިން ބުނީ އެއީ ބޭރުން ކުލަފޮށި ތަކެއް ކަމަށާއި އެތެރެއިން އަލިފާން ފޮށިތަކެއް ކަމަށެވެ. ސަރުކާރަށް ތާއީދުކޮށް ހަބަރު ލިޔާ ރާއްޖޭގެ ބޮޑު މީޑިއާއެއް ކަމަށްވާ "މިހާރު" ނޫހުން ބުނެފައިވާ ގޮތުގައި އެ ފްލެޓުތަކަކީ ބޮޑު ހާސްކަމެއް ކަމަށެވެ. މި ނޫންވެސް ސަރުކާރަށް ތާއީދު ކުރާ އެކި ފަރާތްތަކުން ވަނީ ހިޔާ ފްލެޓުތަކުގެ ސައިޒާއި ގުޅޭ ގޮތުން އެކި ގޮތަށް ވާހަކަ ދައްކާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިޔާ ފްލެޓުތަކާއި ގުޅޭގޮތުން މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު ރައީސްގެ އަނބިކަނބަލުންގެ ބައްޕަ އަހްމަދު އިސްމާއިލް މަނިކަކީ މާލޭގައި ފުޅާ ދާއިރާއެއްގައި ރިއަލް އެސްޓޭޓް ވިޔަފާރި ކުރާ ކުންފުންޏެއް ކަމަށްވާ ޕޭން ރިއަލް އެސްޓޭޓްގެ މައި ހިއްސާދާރެވެ. މި ކުންފުންޏަކީ އެ ބޭފުޅުންގެ އާއިލީ ކުންފުނި ޕޭން އޯޝަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ސަބްސިޑަރީއެކެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދަރިކަލުންނާއި ދަރިކަނބަލުން ހިމެނެއެވެ.

އެ ކުންފުނިން މާލޭގައި ގިނަ އެޕާޓްމެންޓުތައް ކުއްޔަށް ދޭއިރު އެކި ސައިޒުގެ އެޕާޓްމެންޓުތައް ކުއްޔަށްދެއެވެ. މިގޮތުން 500 އަކަފޫޓުގެ 2 ކޮޓަރީގެ އެޕާޓްމެންޓެއް އެ ކުންފުނިން ކުއްޔަށް ދޫކޮށްފައި ހުރީ 16،000 ރުފިޔާއަށެވެ. އިންސާނުން އުޅެން ކަމު ނުދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި ހިޔާ ފްލެޓުތަކުގެ ބޮޑު މިނަކީ 575 އަކަފޫޓެވެ. ރައީސް ޔާމީންގެ ސަރުކަރުން އެ ތަންތަން ކުއްޔަށް ދިނުމަށް ނިންމާފައި އޮތީ 5600 ރުފިޔާއަށެވެ. އަދި 20 އަހަރު ދުވަހުން އެތަންތަން އަމިއްލަ ވާގޮތަށެވެ. ރައީސް ސޯލިހްގެ އާއިލީ ކުންފުނިން ކުއްޔަށް ދޫކުރާ 500 އަކަފޫޓުގެ ކޮށިތަކަށް 20 އަހަރު ދުވަހަށް ބަލާނަމަ 3.8 މިލިއަން ރުފިޔާ ދައްކަން ޖެހޭނެއެވެ. ނަމަވެސް ދުވަހަކުވެސް އަމިއްލަ ނުވާނެއެވެ. މީގެ އިތުރުންވެސް އެ ކުންފުނިން ކުއްޔަށް ދޭން އިއުލާންކޮށްފައި ހުރި ގިނަ އެޕާޓްމެންޓުތައް ހުރީ އެ ސައިޒުގައެވެ. މިގޮތުން 450 އަކަފޫޓުގެ އެޕާޓެމެންޓެއްވެސް 15،000 ރުފިޔާ އަށް ކުއްޔަށް ދޭން ޖަހާފައިވެއެވެ.

ހިޔާ ފްލެޓުތަކުގެ ސަބަބުން މާލީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ވާނީ މާލޭގައި ރިއަލްއެސްޓޭޓު ކުރާ ވިޔަފާރިތަކަށެވެ. ސީދާ ރައީސް ސޯލިހްގެ އާއިލާ މި ވިޔަފާރީގައި ބައިވެރިވާއިރު ސަރުކާރުގެ އެހެނިހެން އިސްފަރާތްތަކަކީވެސް މާލެއިން ގެދޮރު ކުއްޔަށް ދީގެން ބޮޑެތި އާމްދަނީ ހޯދާ ފަރާތްތަކެވެ. 

ކިޔުންތެރިންގެ ހިޔާލު
ޢާމިރު
ތިތަނަށް ވައްދަބަލަ ރާއްޖެޓީވީގަ އުޅޭ ޢާމިރު ސަޅި ރިޕޯޓެއް ހަދާނެ ފައްކާ ސޮރެއް އެކަމު މިހާރު ވަރަށް މުސްކުޅި މޫނުގަ ހުސް ރޫ. ޢަދިވެސް ބަލަނީ ދުނިޔޭގެ އެދުމާގެން މީހަކަށް ފުރައްސާރަ ކުރެވޭތޯ
މުހައްމަދު
ޔާމީން އަމިއްލަ ޖީބުން ތޯ ފްލެޓް އެޅީ އެކަން ތިޔަ ނޫހުން ސާބިތު ކޮށްދީ
މީމަށޭ
ނޯތުހާބަރު އައްނިގެ ލާރިންތަ އެޅީ އެކްޓިވިސްޓުބލން ލައްވާ އެތަނަށް އަންނި ބަނ ދަރޭ އެ ކިއުއްވަނީ
ވަރަބިދުނުކޮތަރު
25އަހަރު 500 ރުފިޔާއަށް ވޯޓްގަނެގެން ފައިސާހޯދިއެއްކަމެއްވެސް ނުކޮއް .މިއަދު އެހުންނެވީ ރައްޔިތުންގެ ބޯކައި އޯގާތެރި ރައްޔިތުންގެ އިހްސާސްއެގޭ ،ހިތްތިރި އެއްގެ ގޮތުގަ ގައުމުގެ ވެރިކަމުގަ . އަރާހުރެ ހެސްކިޔާފައާއިލާއަށްއައުލާދަށް ބައިއަޅާގައުމު ފުޑާލާރައްޔިތުންގެ ދުވަސް ދުއްވާލައިފި. ފުރަތަމަ ދުވަހުން ފެށިގެންވެސް އެކި އެކި މަސައްކަތް ތައް ކުރަމުން ދިއަ މީހުން ދިއައީއަޑިއަޅަމުން . މިއީ އެއްވެސް ރައްޔިތަކަށްއޮޅިފަވާކަމެއް ނޫން . މުޅި ގައުމު އޮޅާލާ ގުޅައަކަށް ޖަހާފަ ނުބަަޗާނެ ކަމެއް ނޭގޭ . ދަރިންނާ ޢާއިލާގެ ވިޔަފާރިއަށް ގެއްލުމެއް ވެދާނެތީ މިއަދު ވިސްނުން ހުރީރައްޔިތުންނާއެކުވެސް ވިޔަފާރި ކުރަން 5500ރުފިޔާއަށް ދެވެން އޮތަސް 11 ހާސް ރުފިޔާއަށް ނޫނީނެތް ފުލެޓް ކުއްޔަށް ދޭހިތެއްނެތް ރައްޔިތުން އެކަމުންވެސް ބިކަކޮއްލުން މިހާލަތުގަވެސް . ތިރީފުލޯރތަކުގަ ފުލެޓް ނަހަދާ އާއިލީމީހުނަށް ކުއްޔަށް ދީގެންއެކަމުންވެސް މަންފާހޯދުން . އެވަރުންގެ އަގުކުޑަކުރުމުގެ ވިސްނުމެއް ނެތް . ބިކަވާމީހަކު ބިކަވަން ދޫކޮއްލުން މީކޮން ކަހަލައޯގާތެރި ކަމެއް ކަމެއް ނޭގޭ .ރައިސަކު ރައްޔިތުންނާއެކު ވިޔަފާރި ކުރަން ވިސްނުން މީހެއެފުޅު ވެގެން ކުރާކަމެއް ނަމަރައިސް ސޯލިހު އިސްތިޢުފާދީގަ ގެއަށް ދޭބަލަ .
علي وحيد
އެހެންވީމާ ބޮޑު ސިއްކަގެ ކާފަ ދަރިންގެ ކޮޓަރި ބޮޑު އަގުގަ ކުއްޔަށް ދީގެން ރަށްޔިތުން ފެލާ ވިޔަފާރިއަށް ހުރަސްއެޅިދާނެތީ ހިޔާ ފުލެޓު ތައް ދޫކުރަންނުކެރިގެން ތެޅެނީ
ސައިމާ
ޜައްޔިތުންނާ ހޭލާ މީ ހަގީގަތަކީ. މި ކަހަކަ ކުންފީނިތައް ހަދައިގެން ރައްޔިތުން މިވެރިން މި ފެލަނީ. 7000 ފްލެޓް ނުދީ ދޮޅު އަހަރު މިވަނީ ކޮތަރު ކޮއްޓެކޭ ކިޔައިގެން..ބަލަ އަހަރެމެން ބޭނުމޭ އަމިއްލައަށް ދޮރު ލައިގެން ވެސް ތިތަނަށް ވަންނަން. ކަލޭމެންގެ އަޅުވެތިކަމުން މިންޖުވާނެ ބޭނުމޭ...
ފާއިޒް ސަމަދު
ސާބަހޭ ކުދީންނޭ. ކޮޅާ ހޯދާ ބަލައިގެން ތިޔަ ގެނެސްދޭ ފުރިހަމަ މައުލޫމާތަށް ހަމަ ސާބަސް
ވަހީދުއްދީން
ބުޅާ ގޯނިން ބޭރުވީމަ ނިމުނީ. 1 ފެބްރުއަރީގެ އަމުރު ނެރުނު މީހުން މިހާރު އެތިބީ ހިތާމައިގެ ސާލު ލައިގެން. މުޅި ދައުލަތުގައި ހިބަރު ވަދު ޖެހުމުގެ ހިތާމައިގައި.
ކާސިންޖީ
ކޮތަރު ކޮއްޓަކަސް ވައްލަ ކޮއްޓަކަސް ތިތަންތަން ހައްގުވާ ފަރާތް ތަކައް ދޭންވީނުން އެމިސްމީހުން ނޫޅެޔޭ ކަމުނުގޮސްގެނެއް ހުރިހާ ވާހަކައެއް މިދައްކަނީ ހަޖަމް ނުވެގެން ތިމާމެންނައް ކުރެވުނު އެއްކަމެއްވެސް ނެތް ރައިސް ޔާމީންގެ ފަސް އަހަރު ތެރޭ ފަސް މެގަޕްރޮޖެކްޓް އެބަހުރި ރައްޔިތުންގެ ލޮލައް ފެންނަން ހުޅުމާލެ ބްރިޖް ދަރުމަވަންތަ ހޮސްޕިޓަލް އެއާޕޯޓް ހުޅުމާލެ ދެވަނަ ފިޔަވަހި 25 ބުރީގެ 16 އިމާރާތް 7000 ފްލެޓް.
ޝާރފު
ސުބުޚާނަﷲ. ސޯލިހު ރައީސް ތިވަރުގެ ނިކަމެތިކަމެއް ރައްޔިތުންނަކަށް ނުދެއްވާނެ.
ކަމަނަ
ހިނި ހޮރެއްގަ އޮވެފަ ކޮތަރު ކޮށްޓަކަށް ވަދެވުމަކީ ނިއުމަތެއް ކަމެއް ރައީސް މީހާއަށް ނޭންގުނޭދޯ!
ލަކީޑުރޯ
ލަކީޑުރޯ އަކުން ވެރިކަމައް އާދެވިގެން އުޅޭ ބައިގަނޑަކައް ގައުމެއް ހިންގާކައް ނެގޭނެ. ގިތެލެއްގަ ކިތަންމެވަރަކައް އޮބިއެޅިޔަސް އެއަކުން ކިރެއް ނުފެލޭނެ. ގުރޭޑު8 ކުން ޑިގުރީ ހަދާފަ ހުރި ސޯލިހަކު ވެރިކަމައްލައިގެން، ދިވެހިރައްޔިތުންނައް ލިބޭނެ ތަރައްގީޔެއް ނޯންނާނެ.
ބަކުރުބޭ
ޗައިނާއަށް ގޮސް މިބައި މީހުން ބަލަންވީއެއް ނު، ޗައިިނާގައި ތަންތަން ހަދާފަ ހުންނަ ގޮތް. ފްލެޓް ސައިޒަކީ ދެމަފިން އެއް ދަރި ނުވަތަ ދެ ދަރި. އެއީކީ ވިހި މީޙުންގެ ބގަބީލާއަކަށް ދޭން ހަދާ ތަންތަނެއް ނޫމން. މިއީ ސޯޝަލް ހައުސިންގ. ލަގްޒަރީއެއްވެސް ނޫން. މީހުން މިއުޅެނީ ޖޯލީގަ ނިދާފަ. ދަންފަޅި ބަހައިގެން ފާޚާނަކޮށްފަ. ވަންނާނެ ކޮތަރު ކޮށްޓެއްވެސް ނުލިބިގެން. މި ގައުމު މީހުނަށްވުރެން ހޮރުގަ އުޅޭ ހިނިވެސް މާ ފުދިގެން ބޯހޮޔާވަހި ކަމުގަ އުޅޭ. މީހުން އޮޅުވާލަން ކޮން ފޮށްޓެކޭ ތަ ސޯލިހް މިކިޔަނީ. އަނެއްކާ ޗައިނާގަ 35 ބުރިއަށް ހުރިހާ ތަނަެއް ހަދާނީ ދެ ލިފްޓް ހުންނާނީ. ރާއްޖޭގައި އެބަ އިނެއް ނު 3 ލިފްޓް. ފާޑު ނުކިޔައި ކޮތަރުކޮށްޓެއްވެސް ހަދާފަ ދީބަލަ ވަންނާނެ ތަނެއް ނެތް. ކުލި އިންތިހާއަށް ބޮޑު. ބޯ ލަހާކު ނުކުފޭ.
ޢައްޔަ
ތިލުޔު ފަރާތަށް ވަރަށް ސަލާމް.. ތިޔަ ލިޔުން ލިޔެގެން ލިބުނު ވަރެއް އަންގާލުމަށް އިތުރު ލިޔުމެއް ލިޔާނަމަ ސްޕޮންސަރ ކުރުމަށް ތައްޔާރަށް ހުރިވާހަކަވެސް ދަންނަވަން.. ހޫނނނ..ޝުކުރިއްޔާ..
ފިލިޕްސް ޖޫސަރ
ދިޔަރެސްގެ ޓީމަށް ސާބަހާ އައްސަރިބަސް... މި ވެރިން މިކާ ކެޔޮ އިނގޭނީ ބިތުފަންގި ނެގީމަ.. މިޔޮތީ ވެރިކަމެއް ސަހާދެއް.. ވެރިކަމުގައި ހުރީ ސޯލިހެއްނޫން، ހަމަ ޖާހިލެއް
ހަސަނު
މި ލިޔުނުޅާގެ އަމާފުއި. ސޯލިހުގެވެސް އަމާފުއި. ހޭބަލިވެން ބުރާންތި އާޓިކަލްއާ ފޯކާ އެއްޗެހި ލެވެތޯބަލާ. ގަޅިޅާގަނޑު.
މުރާދުަބޭ
ހަނދާންވަނީ ވެރިކަމުގެ ތަޚްތައް އަރައި ވަޑައިގަނެވުނީމާ އެނގި ވަޑައިގަންނަވާނެއޭ ޢެތަޚުތުގައި ހުރި އާރަކާއި ބާރެއް ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅަކު. އެއިރުގައިވެސް އިޖިޕްޓުން ކިޔަވައި ވިދާޅުވެެގެން ވަޑައިގަތް ބޭކަލުން ކޮޅެއް އުޅުއްވީ ފުރަތަމައިނުންވެސް ވެރިކަމަށް ވަޑައިގަންނަވަން. ކޮންމެއެކަސް އެކަމަށް މަގުފަހިވީ ވެރިކަމުގައި ހުންނެވި ބޭފުޅާ އިސްތިއުފާދެއްވާ އެއިރުގައި އޮތްޤާނޫނުތެރެއިން ވެރިކަން ދޫކުރައްވައި ރައްޔިތުންގެ މަޖްލީހާ ވެރިކަން ޙަވާލުކުރެއްވުމުން. ދެންވެސް ފުންނާބު އުސް ޢިލްމުވެރީންނެއް ނުފެނުނު. އެންމެފަހުން ޤައުމުދޫކުރައްވައި ވަޑައިގަންނަވަމުން އައުރައީސް ވެރިކަމަށް އަރައިތަޚުތުގައި އިށީންނެވުމުގެ ކުރީން ވިދާޅުވި މިކަމުގައި ހުރި ވަރެއްއެނގިވަޑައިގަންނަވާނީ ދެނޭ! ކޮންމެއަކަސް ހަމައެއް އަޑެއް! އެއްކޮރަޕްޝަނެއް އެއް ފައިސާތަކެއް ނަގާފައިވާ ވާހަކަ. މިއީ އަބަދުވެސް މިވާގޮތަކީ! ވަކިބަޔަކު ޤާނޫނުން ޙިމާޔަތް ކުރަންޖެހޭ. ކުރުގޮތަކަށް ޤާނޫނުތަންފީޒު ކުރެވެނީ ފަގީރުކޮޔާއި އެކޮޔާގެ އާއިލާތަކަށް. ދެން ކީކޭކިޔޭނީ. މިއަދުވެސް އެހެން ކުރީންވެސް އެހެން. ޤައުމު އޮތީދަރާ ވިކިފައި އަދި އެއިން ސަލާމަތްވުމެއްނެތް. އަހަރުމެންގެ ދަރީންގެ ދަރީންނަށް މުސްކުޅިކާފަ ކިޔާ ދުވަސް އަންނައިރުވެސް.