ހިޔާ ފެލްޓުތަކުގެ ސަބަބުން ރައީސް ސޯލިހްގެ އާއިލީ ރިއަލް އެސްޓޭޓު ވިޔަފާރިއަށް އަސަރުކުރާނެ؟!

އަހްމަދު އަޒާން 25 ޖޫން 2020 19:38
Flowers
ރައީސް ސޯލިހް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ސަރުކާރުން ހިންގި ގެދޮރުވެރި ކުރުވުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 7000 ފެލްޓު އަޅާފައިވާއިރު، މިއަދާއި ހަމައަށް އެ ފްލެޓުތައް އޭގެ ހައްޤު ވެރިންނަށް މިއަދުގެ ސަރުކާރަށް ދެވިފައިނުވެއެވެ.

ފްލެޓުތަކުގެ ވާހަކަ ދައްކާއިރަށް ސަރުކާރުން ދައްކަނީ ބަހަނާތަކެކެވެ. ވެރިކަމަށް އައިސް އެންމެ ފުރަތަމަ ސަރުކާރުގެ ހަރަދުގައި ހިންގާ މީޑިއާތަކުން ރިޕޯޓު ކުރީ އެއީ ކޮތަރު ކޮށިތަކެއް ކަމަށެވެ. އަދި އެތަންތަން ބޮޑު ކުރަން ނިންމާފައިވާ ކަމަށާއި ބޮޑު ކުރީމަ ކުލިވެސް ބޮޑުވާނެ ކަމަށް ހުދު ރައީސް ސޯލިހް ވިދާޅުވިއެވެ. އިމާރާތުގެ 80 އިންސައްތަ ނިމިފައި ހުއްޓާ އެޕާޓްމެންޓުތައް ބޮޑު ނުކުރެވޭނެ ކަން ރައީސް އަށް ނޭނގެނީ ކަމަށް ވެދާނެއެވެ. 

އޭގެ ފަހުންވެސް އެ ފްލެޓުތަކާއި ގުޅޭގޮތުން އެކި ގޮތަށް ރައީސް ސޯލިހް ވާހަކަ ދައްކަވާފައިވެއެވެ. އަދި އެތަންތަނުގެ ކުއްޔަކީ 11،000 ރުފިޔާކަމަށްވެސް ވިދާޅުވިއެވެ. އެންމެ ފަހުން ހިޔާ ފެލްޓުތަކާއި ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރީ މިދިޔަ އަންގާރަ ދުވަހުގައެވެ. 

ހިޔާ ފެލްޓުތަކުގެ އަޕްޑޭޓަކަށް އެދި ނޫސްވެރިޔާ ސުވާލެއް ކުރުމުން ރައީސް ގެ މޫނުމަތިން ހިތްޕުޅު ހަމަޖެހިވަޑައިނުގަތްކަން ފެނުނެވެ. އެ ފްލެޓުތައް އެއީ މީހުން އުޅެން ކަމު ނުދާ ފެލްޓުތަކެއް ކަމުގައި ވިދާޅުވިއެވެ. ހަވާލު ކުރާއިރު ހުންނާނީ ތަށިމުށި ނުޖަހައި، ދޮރު ހަރުނުކޮށް ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އެއީ ބޭކާރު ހަރަދެކެވެ. 

"އަޅުގަނޑު މި ދަންނަވާހެން ބޭރަށް ވަރަށް ރީތި އިނގޭތޯ. އެކަމަކުވެސް އެއީ ހަމަ ކުރައްވާފައި އޮތް ބޭކާރު ބޮޑު ޚަރަދެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ." ރައީސް ވިދާޅުވިއެވެ. 

މީގެ އިތުރުންވެސް މި ފްލެޓުތައް "ކަމު ނުދާ" ސަބަބު ރައީސް ވަރަށް ރަނގަޅަށް ވިދާޅުވެ ދެއްވަން މަސައްކަތް ކުރެއްވިއެވެ. އޭގެ ދެ ދުވަސް ފަހުން އެތަނަށް ނޫސްވެރިން ގެންގޮސްގެންވެސް ފެލްޓުތައް ކުޑަކަމަށް ވިސްނާދޭން ސަރުކާރުން އުޅެފިއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް އާއި އެމްޑީޕީގެ މަޖިލިސް މެމްބަރަކު ހިންގަވާ ރާއްޖެޓީވީ އިން އެ ފްލެޓުތަކާއި ގުޅޭ ގޯސް ތަސަައްވުރެއް އުފައްދަން އެކި ނަންނަމުގައި ރިޕޯޓުތަކާއި ހަބަރު ގެނެސްފިއެވެ. 

ފެލްޓުތަކުގެ ސައިޒު ކިތަންމެ ކުޑަޔަސް، ޓަވަރުތަކުގައި ލިފްޓު ކިތަންމެ މަދުވިޔަސް، ތަށި މުށި ނުޖަހާ، ހުއްޓަސް، އަދި "ޒަމާނީ ކަބަޑުސެޓެއް" ނެތަސް ރައްޔިތުން ތިބީ އެތާ ދިރިއުޅެން ތައްޔާރެވެ. ރައީސް ސޯލިހް ވިދާޅުވީ 80 އިންސައްތަ މީހުން ވެސް އެތާ އުޅެން ބޭނުން ނުވާނެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ފާޅުކުރެވެމުންދާ ޝުއޫރުތަކަށް ބަލާއިރު ރައްޔިތުން ތިބީ އެތަންތާ އުޅެން ބޭނުންވެފައި ކަން ޔަޤީނެވެ. 

ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމުން އެންމެ ބޮޑު ގެއްލުމެއް ވާނީ މާލޭގެ ބިންވެރިންނާއި މާލޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ކުރާ ފަރާތްތަކަށެވެ. މި ވަގުތު އެފަދަ ކުންފުނިތަކުން ދަނީ 300-400 އަކަފޫޓުގެ އެޕާޓްމެންޓުތައްވެސް 2-3 މިލިއަން ރުފިޔާއަށް ވިއްކަމުންނެވެ. 

މިގޮތުން މާލޭގައި މި ވިޔަފާރި ކުރާ އެއް ކުންފުންޏަކީ ޕޭން ރިއަލް އެސްޓޭޓް ޕްރައިވެޓް ލިމިޓެޑެވެ. މި ކުންފުނީގެ މައި ހިއްސާދާރަކީ ރައީސް ސޯލިހްގެ އަނބިކަނބަލުންގެ ބައްޕަ އަހްމަދު އިސްމާއިލް މަނިކެވެ. މި ކުންފުންޏަކީ ޕޭން އޯޝަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ޕޭން އޯޝަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގެ ތިބެނީ 4 ހިއްސާދާރުންނެވެ. އޭގެ ތެރޭގައި ރައީސް ސޯލިހްގެ ދަރިކަލުން ޔަމަން މުހައްމަދު އިބްރާހިމް އާއި ދަރިކަނބަލުން ސާރާ އައިޝާ އިބްރާހިމް ހިމެނެއެވެ. މީގެ އިތުރުން ދެން އެ ކުންފުނީގެ ހިއްސާ އޮންނަނީ ޝައިންޓްރީ ހޯލްޑިންގްސް އާއި އަބްދުﷲ އަހްތަރު ވަހީދު ކިޔާ މީހެއްގެ އަތުގައެވެ. ޝައިންޓްރީ ހޯލްޑިންގްސް އަކީވެސް އަހްމަދު އިސްމާއިލް މަނިކުގެ ގެ ކުންފުންޏެކެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ފަސްޓް ލޭޑީ ފަޒްނާ އަހްމަދުވެސް ހިމެނިވަޑައިގަންނަވައެވެ. 

ޕޭން ރިއަލް އެސްޓޭތުން މާލެ އަދި ހުޅުމާލޭގައި ގިނަ އެޕާޓްމެންޓުތައް ތަރައްޤީކޮށް ބޮޑު އަގުގައި ވިއްކައެވެ. މިގޮތުން އެ ކުންފުނިން ވިއްކަން ޖަހާފައިވާ 1 ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގަކީ އެއްފަހަރާ ފައިސާ ދައްކާނަމަ އަގަކީ 1.6 މިލިއަން ރުފިޔާއެވެ. 400 އަކަ ފޫޓުގެ މި އެޕާޓްމެންޓު ބޭންކު ލޯނެއް މެދުވެރިކޮށް ނަގާނަމަ 2 މިލިއަނަށްވުރެ އަގު ބޮޑެވެ. "ކޮތަރު ކޮށިތަކެއް" ގޮތަށް ސަރުކާރުން ސިފަކޮށްފައިވާ ހިޔާ ފެލްޓަށްވުރެ ކުޑަ ވެފައި އަގުވެސް ބޮޑެވެ. މީގެ އިތުރުން އެންމެ 300 އަކަ ފޫޓުގެ އެއް ކޮޓަރީގެ އެޕާޓްމެންޓެއް ވިއްކަން ޖަހާފައި ހުރީ 1.5 މިލިއަނަށެވެ. ލޯނަކާއި އެކު އެ ފްލެޓުގެ އަގުވެސް 2 މިލިއަނަށް އަރާނެއެވެ. 

ވިއްކަން ހުރި އެޕާޓްމެންޓުތަކުގެ އިތުރުން ކުއްޔަށްވެސް އެޕާޓްމެންޓުތައް އެ ކުންފުނިން ދޫކުރެއެވެ. މިގޮތުން 500 އަކަފޫޓުގެ 2 ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ދޭން ޖަހާފައި ހުރީ 16،000 ރުފިޔާއަށެވެ. މިއީ ހިޔާ ފްލެޓުތަކަށް ވުރެ ކުޑަ ސައިޒެކެވެ. ނަމަވެސް އަަގުބޮޑެވެ. އެތަނުގައި ތަށި މުއްޓާއި ދޮރު ހުރި ނަމަވެސް ފަރުނީޗަރެއްވެސް ނެތެވެ. އޭގެ އިތުރުން 39،000 ރުފިޔާއަށްވެސް ކުޑަކުޑަ ދެ ކޮޓަރީގެ އެޕާޓްމެންޓު އެ ކުންފުނިން ކުއްޔަދޭ ތަންތަނުގެ ތެރޭގައި އެބަހުއްޓެވެ.

ހިޔާ ފްލެޓުގައި މީހުން އުޅެން ފެށުމާއި އެކި މި ކުންފުންޏާއި އަދި އެނޫންވެސް ރިއަލް އެސްޓޭޓް ވިޔަފާރު ކުރާ ބޮޑެތި ކުންފުނިތަކަށް، ކުޑަ ކުޑަ "ކޮށިތައް" ހަދާފަ ރައްޔިތުންނަށް ބޮޑު އަގުގައި ކުއްޔަށް ދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ހުރި 575 އަކަފޫޓުގެ އެޕާޓްމެންޓުތައް 11،000 ރުފިޔާއަށް ދިނަސް ރައްޔިތުން ހިޔާރު ކުރާނީ އެތަންތަނެވެ. ސަބަބަކީ ކޮންމެވެސް ދުވަހަކުން އެތަންތަން އަމިއްލަ ކުރެވޭނެތީއެވެ. ޕޭން ރިއަލް އެސްޓޭޓް ކުންފުނިން 16،000 ރުފިޔާއަށް ކުއްޔަށް ދޫކުރާ 500 އަކަފޫޓުގެ އެޕާޓްމެންޓުތަަކަށް އޮންނަ ޑިމާންޑު ކުޑަވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. 

އެހެން ކަމުން ހިޔާ ފެލްޓުތަކާއި އެކު ބޮޑު ލޮޅުމެއް އަންނާނީ ރިއަލް އެސްޓޭޓު ވިޔަފާރި ކުރާ ފަރާތްތަކަށާއި މާލޭގެ ބިންވެރިންނަށެވެ. ރައީސް ސޯލިހްގެ އާއިލީ ވިޔަފާރިއަށް ސީދާ ގޮތުން އެކަމުގެ އަސަރު ކުރާނެއެވެ. ހިޔާ ފްލެޓުތައް ލަސް ވަނީ ވެސް މިސަބަބާއި ހެދީ ނޫންކަމެއް ނޭނގެއެވެ. 

ކިޔުންތެރިންގެ ހިޔާލު
އަހުސަނު
އަދި ކޮބާ ހައުސިންގް މިނިސްޓަރު އަސްލަ މާ އީވާ ވެގެން ހިންގާ ރިއަން ރިއަލް އެސްޓޭޓް ވިޔަފާރި އަންނިގެ ބޮޑު ބޭބެ ވިމމމ މްލާ ރަޝީދާއި އަނެއް ބޮޑު ބޭބެ އަބުޖީ ކުރާ ރިއަލްއެސްޓޭޓް ވިޔަފާރިއާއި އަންނިގެ އަންހެނުން ލައިލާގެ އާއިލާ އެލިޔާއިން ހިންގާ ރިއަލްއެސްޓޭޓް ވިޔަފާރިވެސް މީގެ.ތެރޭގައި ހި މެނޭ. އަދީބަށް ލާރިދީގެން ހުޅު މާލެއިން ފްލެޓް އަޅަން ބިން ކޮރަޕްޝަނުން ހޯދާފައި ނުވޭތޯ ވެސް ބަލަން އެބަޖެހޭ. ކޮތަރު ކޮށިތަކުގައި އަންނިގެ ކޮއްކޮ ނާޝިދު ލައްވާ ސޯލާ ހަރުކޮށްފާ ފަޒޫގެ އަލޯރާ ފިހާރައިން ފަރުނީޗަރު ލާފައި ނަގާނެ އަގެއް ނަގާފައި ފްލެޓްތައް ރައްޔިތުންނާއި ހަވާލު ކުރޭ އަވަހަށް ބަޔަކު އަރައި ނުގަންނަނިސް
ކައުންސެލަރު
ހަހަހަހަހަހާ ދޮގެއްވާނޫން އަހުސަނު ކަލޭވާ ރުޅިމަޑު
އަހުސަނު
އަދި ކޮބާ ހައުސިންގް މިނިސްޓަރު އަސްލަ މާ އީވާ ވެގެން ހިންގާ ރިއަން ރިއަލް އެސްޓޭޓް ވިޔަފާރި އަންނިގެ ބޮޑު ބޭބެ ވިމމމ މްލާ ރަޝީދާއި އަނެއް ބޮޑު ބޭބެ އަބުޖީ ކުރާ ރިއަލްއެސްޓޭޓް ވިޔަފާރިއާއި އަންނިގެ އަންހެނުން ލައިލާގެ އާއިލާ އެލިޔާއިން ހިންގާ ރިއަލްއެސްޓޭޓް ވިޔަފާރިވެސް މީގެ.ތެރޭގައި ހި މެނޭ. އަދީބަށް ލާރިދީގެން ހުޅު މާލެއިން ފްލެޓް އަޅަން ބިން ކޮރަޕްޝަނުން ހޯދާފައި ނުވޭތޯ ވެސް ބަލަން އެބަޖެހޭ. ކޮތަރު ކޮށިތަކުގައި އަންނިގެ ކޮއްކޮ ނާޝިދު ލައްވާ ސޯލާ ހަރުކޮށްފާ ފަޒޫގެ އަލޯރާ ފިހާރައިން ފަރުނީޗަރު ލާފައި ނަގާނެ އަގެއް ނަގާފައި ފްލެޓްތައް ރައްޔިތުންނާއި ހަވާލު ކުރޭ އަވަހަށް ބަޔަކު އަރައި ނުގަންނަނިސް
މަރިޔަމް މަނިކެ
އަޅުގަނޑު މެން ބޭނުންވޭ 1 ކޮޓަރީ އެޕާރޓްމަންޓް ގެ ވާނުވާ އެނގިލަން. ކޮންމެވެސް އެއް ނޫހަކުން އިސްނަގައިގެންވެސް އެތަންތަނުގެ ވާނުވާ ހާމަކޮށްދިނުމަށް ވަރަށް ބޮޑަށް އެދެން. ކުރިން އެނގިފައިވާ ގޮތުން ކުންފުނިތަކަށް ހަދަން ދިން ފްލެޓް ތަކުގައި 1 ކޮޓަރީގެ އެޕާރޓްމެންޓް ތައް ހުންނަކަމުގައި ވަނީ. ކުންފުނިތަކުން ހަދާ ފްލެޓްގެ ވަކި ޕަސަންޓެއް ނުވަތަ ވަކި ފްލޯ ތަކެއް ސަރުކާރަށް ނަގާގޮތައް އޮތީ އެ ފްލޯ ތަކުގައި ހުރިކަމަށް ވަނީ 1 ކޮޓަރީގެ ތަންތަން. އެހެން ނަމަވެސް ވެރިކަން ބަދަލުވެގެން ބައެއް ކުންފުނިތަކުން ފްލެޓް އެޅުމުގެ މަސައްކަތް ވަނީ އެއްކޮށް ހުއްޓާލާފައި. ސްޓެލްކޯ ގެ ފްލެޓް ގެ މަސައްކަތް ކުރިޔައްދާ ކަމުގައި ވަނީ. އަދި ހަމަ އެގޮތައް ސިވިލްސާވިސް ގެ މުވައްޒަފުންގެ ފްލެޓް ތަކަށްވެސް ވާނުވާ ނޭނގޭ. މިކަންކަން ބަލާލަދިނުމަށް ނޫސްވެރިން ގެ ކިބައިން އެދެން. 1 ކޮޓަރީގެ އެޕާރޓް މެންޓް ތަކަށް ވެސް އެބަހުރި ދަރިން ތިބި މީހުން ކުރިމަތިލާ ފަ. އަދި ފްލެޓް ތައް ލަސްވަމުން ދާތީ 1 ދަރިން ކުރިން ތިބި މިީހުން ގެ މިހާރު އިތުރު ދަރިންވެސް އެބަތިބި. އެއީވެސް ހަމަ އާއިލާ ތަކެއް. އެމީހުންގެ ވެސް ވަރަށް ބޮޑު އުންމީދުތަކެއް އެކުލެވިގެންވާ ތަނެއް ތިޔަ ފްލެޓް ތަކަކީ އެތަނަކީ ހިނި ހޮރުތަކެއް ކަމުގައި ވިޔަސް.
ހަބީބު
ދިޔަރެސްގެ ނޫސްވެރީންނަށް ސާބަސް. ޒިންމާދާރު ތަހުގީގީ ނޫސްވެރިކަމަކީ މިއީ. އަމިއްލައަށް މައްސަލަ ދެނެގަނެ އަމިއްލަ ތަހުގީގުން ހެކި ހުށަހަޅައިގެން ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުން. ދެ ލޯމަރައިގެން ތިބެ ވަކި ބައެއްގެ ޕްރޮޕެގެންޑާ ފެތުރުމަކީ ގައުމުގައި ހުޅުރޯކުރުން. މިނިވަންކަންމަތީ ކުރިޔަށް ވަޑައިގަނޭ. ތެދުވެރިންގެ މަސައްކަތަށް ﷲ ނަޞްރު ދެއްވާނެ!
ސ
ވަރަށް ފުރިހަމަ އާޓިކަލް އެއް 👏
ފުޅު
މިހާރު މަޖިލީހުގައި ތިއްބެވި ގިނަ މެންބަރުންނަކީ ރިއަލް އެސްޓޭޓް ކުރާ މީހުން!
ޝަރުމީލާ
ރޔ މާލޭގެ ބިންވެރިންނާ ޗެލެންޖްކޮށް ދިވެހިރައްތިތުންނަށް ހޯއްދަވައިދެއްވި ބިންވެރިކަން ރައްޔިތުންނަށް ނުދީ މި ހިފަހައްޓަނީ ވަރަށއ ނުބައި ރޭވުމެއްގެދަށުން. އީވާ އަސްލަމް ރައީސް އިބޫ ގެ ދަރިން އަންނި ބޭބެ ނާޝިދު އަބުޖީ އަދި މާލޭގެ ބިންވެރިން ގެ ގެތައް ދެން ކުއްޔަށް ހިފާނެ މީހުން ނޫޅޭނެ.... އިބޫ ކަހަލަ ރާއްޖެތެރޭ ދަރިއަކު ރައްޔިތުން ވެރިކަމަށް ގެނައިމަ ތިވަނީ ރައްޔިތުންނާ ޚިޔާނާތް. ތީ އިބޫގެ އަސްލު ސިފައެއް ނޫން. މަވެސް ހައިރާންވެއްޖެ! ތީ ހަމަ އިބޫ ބާ؟
ޙައްޤު
ތި ފްލެޓް ތަކުގެ ވާހަކަ ގެނެސްދިން ގޮތައް ޕޮލިހުންގެ ފްލެޓްތައް ނުނިމި ދިގުލައިގެން އެދާ ސަބަބު ސާފް ކޮށްލަ ދޭނަމަ ހާދަ ރަނގަޅުވާނެއޭ..
ކެކެ
އެހެންވެތަ ރޮވިފަ އެހެރީ އެސޮރު؟
ނަޝީދާ
ރައީސް ސާލިޙްގެ ދޫފުޅުގައި އޮންނަނީ %80 އެކަނިތޯ؟ ކޮންމެ ކަމަކަށް %80 މި ވިދާޅުވަނީ :0