Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

މާލެ-ތިލަފުށި ބްރިޖު 2 އަހަރުން ނިންމާނެ ކަމަށް ރައީސް ވިދާޅުވީ މަޝްރޫޢުއަށް ފައިސާ ހަމަނުޖެހެނީސް؟

ރައީސް އިބްރާހިމް ސޯލިހް. ފޮޓޯ:މިހާރު
މިދިޔަ ޖުލައި މަސްތެރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީމާލެ އާއި ތިލަފުއްޓާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށާއި ދެ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވެފައެވެ.
"އެ މަޝްރޫޢުއަށް ހިއްކުމުގެ މަސައްކަތް ނޮވެމްބަރު މަހު ފަށައި އެތާގެ ސްޓްރަކްޗާ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ ފަށާނެ، އެ މަޝްރޫޢުއަށް ގާތްގަނޑަކަށް ދެ އަަހަރު ހޭދަވާނެ،" ރައީސް ސޯލިހު އޭރު ވިދާޅުވިއެވެ.
އަދި ބޭރުގެ އިންވެސްޓަރުންނާއި އެކު ޖުލައި މަހު ބޭއްވި ފޯރަމަށް މާލެ، ވިލިމާލެ، ގުޅީފަޅާއި ތިލަފުށި ހިއްކުމުގެ ޕްރޮޕޯސަލް ސަރުކާރުން ހުށަހެޅިއެވެ. އެ މަޝްރޫޢުއަށް 488 މިލިއަން ޑޮލަރު ޙަރަދުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
ރައީސް ސޯލިހް ޖުލައި މަސްތެރޭ ދެއްވި ޔަޤީން ކަމަކީ މިއަހަރުގެ ނޮވެމްބަރު މަސްތެރޭ އެ މަސައްކަތަށް ބިން ހިއްކަން ފަށާނެ ކަމުގެ ޔަޤީންކަމެވެ. އަދި އަންނަ އަހަރުގެ ފެބަރުއަރީގައި ސްޓްރަކްޗަރގެ މަސައްކަތް ފަށައި 2 އަހަރު ތެރޭ ނިންމަވާނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މިފަދަ ބޮޑު ޔަޤީން ކަމެއް ތާރީހުތަކާއި އެކު ދެއްވުމުން އޭރު ހީވެފައި އޮތި މި މަޝްރޫޢުއަށް ބޭނުންވާ ފައިސާ ހަމަޖެހި މަސައްކަތް ބަޔަކާއި ހަވާލުކުރަން ސަރުކާޜުން ތައްޔާރުވީ ހެންނެވެ. އޭރުވެސް ބައެއް ފަރާތްތަކުން އެކަމަށް ފާޑުކިޔެވެ. އަދި އެވަރުގެ ބޮޑު މަޝްރޫޢުއަށް ބިޑަށް ލައިގެން އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަންވެސް ދުވަސްތަކެއް ނަގާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުއިއްޒުވެސް ވިދާޅުވިއެވެ.
ނަމަވެސް އޭރު ސަރުކާރުން ވާހަކަ ދައްކަވަމުން ދިޔަ ގޮތަށް ބަލާއިރު، އިންޑިޔާއިން އެ މަޝްރޫޢުއަށް ފައިސާ ހަމަޖެހުނީކަމަށްވެސް ހީކުރެވުނެެވެ. ނަމަވެސް ސަރުކާރުން މިހާރު ދައްކަވަމުން ދާ ވާހަކައިން އަދި އެ މަޝްރޫޢުއަށް ފައިސާ ހަމަ ނުޖެހޭކަން ވަރަށް ސާފެވެ.
މިގޮތުން ޚާރޖީވަޒީރު އަބްދުﷲ ޝާހިދު ވަނީ މިއަދުގެ ވަގުތެއްގައި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާއި ބައްދަލު ކުރައްވާ މި މަޝްރޫޢުއަށް ފައިސާ ހޯއްދަވަން އެދި ލައްވާފައެވެ. ސަރުކާރުގެ ފަރާތުން ހާމަކުރެއްވި ގޮތުގައި، އެ މަޝްރޫޢުއަށް ފައިސާ ދެއްވުމާއި މެދު ގޮތެއް ނިންމަވާނެ ކަމަށް އަބޫދާބީ ފަންޑުން ވަނީ އަންގަވާފައެވެ.
މިހާ ހިސާބުން ސާފުވާ ކަމެއް އެބައޮތެވެ. އެއީ ރައީސް ސޯލިހް ޖުލައި މަސްތެރޭގައި އެ ބްރިޖުގެ މަސައްކަތަށް ފެބްރުއަރީ މަހުގައި ފެށޭނެ ކަމަށް ވިދާޅުވީ އެކަން ކުރަން ފައިސާ ހަމަނުޖެހެނީސް ކަމެވެ. އަދި މިހާރުވެސް އެ މަޝްރޫޢުއަށް ފައިސާ ހަމަނުޖެހޭކަމެވެ. ފަހަރެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަނގަ ބަހުން ވިދާޅުވި ވިދާޅުވުމަކަށް ބަރޯސާ ވެގެން ސަރުކާރަށް ތިބެވުނީ ކަމަށްވެސް ވެދާނެއެވެ.
މި ލިއުމާއި ގުޅޭ