ހިޔާ ފްލެޓުތަކާއި ގުޅޭ ގޮތުން ރައީސް ޖެއްސެވި ހިސާބު މުޅިން ގޯސް!

އަހްމަދު އަޒާން 23 ޖޫން 2020 20:53
Flowers
ރައީސް ސޯލިހް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރި ހިޔާ ފްލެޓުތަކާއި ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޅިން ނުބައި އަދަދުތަކެއް ވިދާޅުވެއްޖެއެވެ.

މިގޮތުން ރައީސް ވިދާޅުވީ ކޮންމެ ފްލެޓެއްގައި 5000 މީހުން އުޅޭނެ ކަމަށާއި އެ ތަންތަންތާ ހުނާނީ އެންމެ 3 ލިފްޓު ކަމަށެވެ. އަދި އޭގެ ސަބަބުން ލިފްޓަށް އަރަން ބޭނުންވާ މީހުން މަދުވެގެން 2 ގަޑި އިރު ކިއުގައި ޖެހެން ޖެހޭނެ ކަމަށް ރައީށް ވިދާޅުވިއެވެ. 

ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ބިނާކޮށްފައިވާއިރު އޭގެއިން ކޮންމެ  ޓަވަރެއްގައި ހުންނަނީ ގާތްގަނޑަކަށް 435 އެޕާޓްމެންޓެވެ. އޭގެ ކޮންމެ އެޕާޓްމެންޓެއްގައި މަދުވެގެން 5 މީހުން އުޅޭނެ ކަމަށް ބެލިކަމުގައި ވީނަމަވެސް ޓަވަރެއްގައި އުޅޭނީ 2175 އެއްހާ މީހުންނެވެ. އެހެން ކަމުން ރައީސް، 5000 އޭ ވިދާޅުވީ ކޮން ގޮތަކަށް ހިސާބު ހައްދަވާފައި ކަމެއް ސާފެއް ނޫނެވެ.

ލިފްޓަށް އަރަން 2 ގަޑި އިރު މަޑު ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި ނަަމަވެސް 2175 މީހުން އުޅޭ އިރު ކޮންމެ ޓަވަރެއްގައިވެސް 3 ނުވަތަ 4 ލިފްޓު ހުރެއެވެ. މި ލިފްޓުތައް އިމާރާތުގެ އެންމެ މަތިން، ތިރިޔަށް ދާން ނަގަނީ އެންމެ 35 ސިކުންތެވެ. އެހެން ކަމުން، 2 ގަޑިއިރުވަންދެން ލިފްޓަށް ނޭރެން ތިބެން ޖެހޭނެ ކަމަށް ވިދާޅުވުމަކީވެސް ހަމަޖެހޭ ވާހަކައެއް ނޫނެވެ. ބޭރު ޤައުމުތަކުގައި އެއަށްވުރެ އުސް އިމާރާތްތަކުގައިވެސް ލިފްޓު ހުންނަނީ އެ އަދަދަށެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވަނީ އެ ފްލެޓުތަކުގެ ކުއްޔާއި ގުޅޭ ގޮތުންވެސް ގޯސް އަދަދުތަކެއް ވިދާޅުވެފައެވެ. މިގޮތުން އެ ފްލެޓުތައް އިމާރާތް ކުރި އަގުގައި ކުއްޔަށް ދޭނަމަވެސް މަހެއްގެ މައްޗަށް 11،000 ރުފިޔާ ކުލީގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މި ހިސާބުވެސް މުޅިން ގޯހެެވެ. ހިޔާ ޕްރޮޖެކްޓުގެ އެޕާޓްމެންޓެއް ހެދުމަށް ހަރަދުވެފައިވަނީ 62000 ޑޮލަރެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 956،040 ރުފިޔާއެވެ. 15 އަހަރަށް އެ އަދަދު ބަހާލާނަމަ އެއީ މަހެއްގެ މައްޗަށް 5311 ރުފިޔާއެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މި ފްލެޓުތައް ކުއްޔަށް ދޭން ނިންމާފައި އޮތީ 5500 ރުފިޔާއަށެވެ. އެޗްޑީސީ އިން ފަހުން ބުނެފައިވާ ގޮތުގައި ފިނިޝިން މަސައްކަތާއި އެކު އެޕާޓްމެންޓެއްގެ އަގަކީ 82000 ޑޮލަރެވެ. އަދި 20 އަހަރަށް ބަހާލާނަމަ ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 5,268.5‬ ރުފިޔާއެވެ. 

ހިޔާ މަޝްރޫއުގެ ފެލްޓުތަކަށް ފައިނޭސްސް ކުރީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން ދެ ލޯނެއް ނަގައިގެންނެވެ. މިގޮތުން އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ އިން 368،900،000 ޑޮލަރުގެ ލޯނަކާއި ސްވިޒަލޭންޑުގެ ބޭންކަކުން 61،100،000 ގެ ލޯނެއް ވަނީ ނަގާފައެވެ. މި ދެލޯނަކީވެސް ކޮމާޝަލް ރޭޓުތަކުގެ ނެގި ލޯނުތަކެވެ. އަދި އަނބުރާ ދައްކަން ގާތްގަނޑަކަށް 15 އަހަރު ލިބެއެވެ. އިންޓަރެސްޓު ރޭޓައި އެކު އަނބުރާ ދައްކަން ޖެހޭ އަދަދަށް ބަލާއިރު މަހެގެއްގެ މައްޗަށް ކޮންމެ އެޕާންޓުމެންޓަކުން 5500 ރުފިޔާ ނަގައިގެން ލޯނު ދެއްކޭނެ ކަމަށް އެ މަޝްރޫއުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތަކުން "ދިޔަރެސް" އަށް މައުލޫމާތު ދިނެވެ. 

ރައީސް ސޯލިހްގެ ސަރުކާރުން އެ ފްލެޓުތައް 11،000 އަށް ކުއްޔަށް ދޭން ނިންމަނީ ކޮން ގޮތަކަށް ހިސާބު ހަދާފައި ކަމެއް ސާފެއް ނޫނެވެ. ނަމަވެސް ފްލެޓާއި ގުޅޭ ގޮތުން ރައީސް ސޯލިހް އާންމުކޮށް މިހެން ދައްކަވާ ހުރިހާ ވާހަކަފުޅެއްގައިވެސް ހިސާބު ހައްދަވަނީ ގޯސްކޮށް ކަން ފާހަގަކުރެވެއެވެ. މީގެ ކުރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތްތަކުން އަޅާފައިވާ 7000 ފެލެޓެއް ނުވިކި ހުރިކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް މިއީވެސް ރައީސަށް އޮޅިގެން ވިދާޅުވެވުނު ވާހަކައެއް ކަމަށް މައުލޫމާތު ލިބެއެވެ. 

ކިޔުންތެރިންގެ ހިޔާލު
އަބުޅޮ
ނަންވާނީ އަބްދުރަހީމްބެ
މަރްޔަމް
ރައީސް އޮފީހުގާ ޑްރެސް ކޯޑެއް ނޯވޭތޯ. މިއަދު ނޫސްވެރިޔަކު ލައިގެން ދިޔަ ހެދުމަކުން މުޅިން ހައިރާންވެއްޖެ. ރައީސް އޮފީހުގެ އަގު ވެޢްޓުނީ
ހަސަނޭ
ހުރިހާ ނޫސްވެރިން ވަރަށް ސްމާޓްކޮށް ތިބިއިރު އެއް ނޫސްވެރިޔަކު އޮރިޔާމުން،
ހަސަނޭ
ހުރިހާ ނޫސްވެރިން ވަރަށް ސްމާޓްކޮށް ތިބިއިރު އެއް ނޫސްވެރިޔަކު އޮރިޔާމުން،
ކަރަމް
ލޯނު އިސްޓަރަސްޓް އެޑްކޮށްފަ ދިޔަ ހިސާބު ހަދަންވިނު
މުހަންމަދުބެ
ފުލެޓު ތަކުގެ ހަގީގަތް ކަށަވަރު ކުރުމަށް ރައްޔަތުންނާ ހަވާލު ކުޜޭ ! ޚަލޭ މޮޔަވީތަ ؟ ފުލެތުތައް ހަވާލު ކުރަން ނުކެރިގެން ތިއުޅެނީ ކީއްވެ ؟
ކިނބޫ
އެތާ އުޅޭ ބަޔަކު އޮފީހަށް ގަޑި ޖެހޭނެކަން ކުޑަމޯޑީ އަށް އެބަ އެނގޭނު. ދެން ގަޑި ޖެހިގެން ކުރާ ޖޫރިމަނާ ނުކުެާ ގޮތަށް ހަމަޖައްސާލީމަ އެކަން ހައްލުވީނު. މިވަރު ކަމެއް ކުރަންވެސް ތަފަކީރަށް ނޭނގެނީ؟ ރައްކާވާންވީނު ތިވަރުން.
ކިނބޫ
އެތާ އުޅޭ ބަޔަކު އޮފީހަށް ގަޑި ޖެހޭނެކަން ކުޑަމޯޑީ އަށް އެބަ އެނގޭނު. ދެން ގަޑި ޖެހިގެން ކުރާ ޖޫރިމަނާ ނުކުެާ ގޮތަށް ހަމަޖައްސާލީމަ އެކަން ހައްލުވީނު. މިވަރު ކަމެއް ކުރަންވެސް ތަފަކީރަށް ނޭނގެނީ؟ ރައްކާވާންވީނު ތިވަރުން.
ކިނބޫ
އެތާ އުޅޭ ބަޔަކު އޮފީހަށް ގަޑި ޖެހޭނެކަން ކުޑަމޯޑީ އަށް އެބަ އެނގޭނު. ދެން ގަޑި ޖެހިގެން ކުރާ ޖޫރިމަނާ ނުކުެާ ގޮތަށް ހަމަޖައްސާލީމަ އެކަން ހައްލުވީނު. މިވަރު ކަމެއް ކުރަންވެސް ތަފަކީރަށް ނޭނގެނީ؟ ރައްކާވާންވީނު ތިވަރުން.
ބޮޑުހުސޭނު
އިބޫ ވިޔަސް ކިނބޫ ވިޔަސް ރަނގަޅަށް ނޭގެންުޏާ އަނގަ ނުހުޅުވާނީ!!!
ޢަލީ
އެއްވެސް ފެންވަރެއް ނެތް މީހެއް ދޯ މީނާއަކީ. އާދައިގެ ސުވާލެއް ކޮށްލުމުންވެސް ކޮށަކޮށައިގެން އެއްޗެއް ބުނެވެނީ. ބުނާއެއްޗެސްވެސް ބުނެނީ ގޯސްކޮށް، ނުބައިކޮށް. މިވެސް ރައީސް އެކޯ
ސާޖިދު ނަދި އަދުވާލާ
އަޒާން. އެއިން ލިފްޓަކަށް އެރިންތޯ؟ އެ އިމާރާތަށް ވަނިންތޯ؟
ޙާމިދު ޢަލީ
ބޭރު ޤައުމުތަކުގައިވެސް ލިފްޓް ހުންނަނީ އެވަރަށޭ. ބޭރު ޤައުމު ތަކުގައި ހުންނާނީ އިމާރާތެއްގަ ކޮންމެ ވިންގެއްގަ 2 ލިފްޓް ކަމަށް ވެދާނެ. އޮޅުވިޔަސް ތީ ބޮޑުވަރު.
ފާތުން
އަޒާން މެންގޭގަ މީހުން އުޅޭ އަދަދަށް ހިސާބު ޖެހީމަ ސަކަރާތް.ކުއްޔަށް ހިފައިގެން އުޅޭ ގިނަތަންތާގަ މަދުވެގެން 10 މީހުން އުޅޭނެ އެހެންނޫނީ ކުލި ދެއްކޭނެގޮތެއް ނޯވޭ
ރައިސް
ލިޔުންތެރިޔާ ބުނާގޮތުން 15 އަހަރަށް ބަހާލީމަ ފްލެޓަކަށް 5311. އެހެންކަމން %11 އިންޓަރެސްޓާ އެކީ 15 އަހަރށް ބަހާލުމުން 11000 ޖެހޭނެ. އޮޅުވާލަން އުޅުނަސް ބޮޑުވަރު
ޖިލްބާ3
އެއްވެސްބޭފުޅަކު ދެން އިތުރުފުޅު ނުހައްދަވާތި ނޫސްކިޔަނީ ތެދު ހަބަރު ހޯދަން ދޮގުވާހަކަ ދެއްކިފަރާތަކުން ކިޔުންތެރިންނަށް ބަދަލު ދޭންޖެހިދާނެ.