Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ޓީއެމްއޭގެ ވަކީލުންގެ ތެރޭގައި ބަންޑާރަ ނައިބު ރިއްފަތުގެ ކޮއްކޮ އާއި ކުރީގެ އަނބިކަނބަލުން!

ބަންޑާރަ ނައިބު ރިއްފަތު. ފޮޓޯ:މިހާރު
ޓްރާންސް މޯލްޑިވިއަަން އެއާވޭސް (ޓީއެމްއޭ) އިން ޤާނޫނީ ލަފާހޯދުމަށް ބަންޑާރަ ނައިބުގެ އިބްރާހިމް ރިއްފަތުގެ ކުރީގެ ލޯ ފާމް، އައްޔަންކޮށްފައިވާކަމަށް "ދިޔަރެސް" އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެއެވެ.
ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ކުރިން ހިންގެވި ލޯފާމް ގެ ނަމަކީ "ރިއްފަތު ހިސާން އެންޑް ކޯ" އެެވެ. އެ ފާމުގައި އިސްކޮށް ކުރިން ތިއްބެވީ ބަންޑާރަ ނައިބު ރިއްފަތު އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއެވެ. ހިސާން ހުސެއިން އަކީ މިހާރު ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސްވެސް މެއެވެ. ބަންޑާރަ ނައިބު ކަމަށް އައްޔަން ކުރެވުނު ހިސާބުން ރިއްފަތު ވަނީ އެ ލޯފާމުގައި އޮންނަ އެބޭފުޅާގެ ހިއްސާ ދޫކޮށްލައްވާފައެވެ. އަދި ލޯފާމްގެ ނަން ހިސާން އެންޑް ސަފާ އެލްއެލްޕީ އަށް ބަދަލުކުރައްވާފައެވެ. ނަމަވެސް އެބޭފުޅާގެ ހިއްސާ ދެއްވާފައިވަނީ އެ ބޭފުޅާގެ ކޮއްކޯފުޅު އަލްހާ ރަޝީދަށެވެ. އަލްހާ ރަޝީދަކީވެސް ޤާނޫނީ ވަކީލެކެވެ. އަދި ދެން މި ފާމުގައި ހިމެނޭ އިސް ވަކީލު ސަފާ ޝަރީފަކީ ބަންޑާރަ ނައިބުގެ ކުރީގެ އަނބިކަނބަލުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސީޕްލޭން ޓާމިނަލް މައްސަލާގައި ޓީއެމްއޭއަށް ޤާނޫނީ ލަފާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އަލްހާ ރަޝީދު އަދި ސަފާ ޝަރީފެވެ. އަދި މި ދެބޭފުޅުންނާއި އެކު ރައީސް ނަޝީދުގެ ކުރީގެ ޤާނޫނީ ވަކީލު ޖެރާޑް ޖެންސާވެސް ހަރަކާތްތެރިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ސަފާ އާއި އަލްހާ ރަޝީދު ވެސް ވަނީ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުކަން ކުރިން ކުރައްވާފައެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި ޤާނޫނީ ވަކީލަކު ވިދާޅުވީ ޓީއެމްއޭއަށް ބަންޑާރަ ނައިބުގެ ކުރީގެ ޤާނޫނީ ފާމުން ޤާނޫނީ ލަފާދިނުމަކީ މަސްލަހަތަށް ފުށޫއަރާކަމެއްކަމަށެވެ. ތެދެއް، ލިޔެކިޔުމުން މިހާރު ރިއްފަތުގެ ހިއްސާއެއް ނޯންނާނެ އެތާ. އެކަމަކު އަދިވެސް ރިއްފަތުގެ މަސްލަހަތު އޮވޭ. ރިއްފަތުގެ އަމިއްލަ ކޮއްކޮ އަކީ އެއް ހިއްސާދާރު. އަދި ހިސާންގެވެސް މަސްލަހަތު އޮވޭ
ބަންޑާރަ ނައިބަކީ ހުރިހާ ހާލަތެއްގައިވެސް ދައުލަތް ތަމްސީލު ކުރާ ޤާނޫނީ އެންމެ އިސްފަރާތެވެ. އެހެންގޮތަކަށް ބުނާނަމަ ދައުލަތުގެ ޤާނޫނީ ވަކީލެވެ. ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމުގައި އަމަލު ކުރަންވީ ގޮތުގެ ޤާނޫނީ ލަފާ ދައުލަތުން ހޯދަން ޖެހޭ އެންމެ އިސްފަރާތަކީ ބަންޑާރަ ނައިބެވެ. އަދި އެހެން ކަމަށް ވާއިރު، އެ މައްސަލާގައި ދެން ހިމެނޭ އަނެއް ފަރާތުން ޤާނޫނީ އެހީ ހޯދުމަށް ބޭނުން މިކުރަނީ ބަންޑާރަ ނައިބުގެ މަސްލަހަތު އޮތް ލޯފާމެކެވެ.ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން 55 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްޤީކުރި ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން ސަރުކާރުން ނިންމާފައިވަނީ އަކަމީޓަރަކަށް 23.44 ޑޮލަރަށެވެ. ރައްޔިތުންގެ މަޖްލީހުގެ މާލިއްޔަތު ކޮމިޓީއިން އަންގައިގެން އޮޑިޓާ ޖެނެރަލް ހެދި އޮޑިޓަކުން ދައްކާގޮތުގައި މި އަގުގައި ކުއްޔަށް ދީފިނަމަ ދައުލަތަށް އަހަރަކު 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބިދާނެއެވެ.ޓީއެމްއޭއަށް ޓާމިނަލް ކުޑަ އަގެއްގައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާއިރު، ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ދަނީ އެކަން އެގޮތަށް ކުރެއްވުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން، ޓީއެމްއޭއަށް ދިނުމަށް ނިންމާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށާއި، ޓީއެމްއޭއަށް ނުދީފިނަމަ ދެން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ލާރިދޭން ޖެހިދާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިފަދަ އެއްވެސް އެއްބަސްވުމެއް ކުރީގެ ސަރުކާރުން ޓީއެމްއޭއާއި އެކު ހަދާފައިނެތެވެ. ގިނަ ބަޔަކު ދަނީ މި މައްސަލައާއި ގުޅިގެން ރައީސް ނަޝީދަށްވެސް ތުހުމަތުތަކެއް ކުރަމުންނެވެ. މިގޮތުން ޓީއެމްއޭގެ އިސްވެރިންނާއި ރައީސް ނަޝީދު ސިއްރިއްޔާތުގައި ބައްދަލު ކުރެއްވި މައްސަލއެއް މިއަދު އާންމު ފަރާތަކުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ހުށަހަޅާފައެވެ.ބަންޑާރަ ނައިބުގެ މިފަދަ މައްސަލައެއް ފެންމަތިވިއިރު، އެ ބޭފުޅާ ކުރިން ޤަނޫނީ ވަކީލުކަން ކޮށްދެއްވާފައިވާ ބައެއް ކުންފުނިތަކާއި ފަރުދުންގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައިވެސް ބަންޑާރަ ނައިބުކަން ލިބުނުފަހުންވެސް ދައުލަތުގެ ފަރާތުން ހަރަކާތްތެރިވެފައިވާކަން ފާހަގަކުރެވެއެވެ. އަދި ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ހަވާލު ކުރި އިންޑިއާގެ ޖީއެމްއާރު ދިވެހި ދައުލަތާއި ދެކޮޅަށް އާބިޓްރޭޝަނުގައި ޖެއްސި މައްސަލައިގައި ޖީއެމްއާރުގެ ވަކީލުންގެ ޓީމުގައިވެސް ރިއްފަތު ހިމެނިވަޑައިގެންނެވިއެވެ.
މި ލިއުމާއި ގުޅޭ