Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

އައްޑޫގެ އާ ހޮސްޕިޓަލުގެ ލޯގޯ ފަރުމާކުރުމަށް މުބާރާތެއް ބާއްވަނީ

އައްޑޫ ސިޓީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޤާއިމްކުރަން ފެށި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ (އޭ.އީ.އެޗް) ލޯގޯ ފަރުމާކުރުމަށް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައިހޮސްޕިޓަލަކީ ރައްޔިތުންނާއި ރައްޓެހި، މީހުންނަށް ދެނެފަރިތަ ތަނަކަށް ވާންޖެހޭ ކަމަށެވެ. އަދި އެތަނުން އާއްމުންނަށް ހިންގާ ހުރިހާ ޕްރޮގްރާމްތަކެއްގައި ވެސް އަދި އެތަނުގެ ހުރިހާ ލިޔެކިޔުންތަކެއްގައި އޭ.އީ.އެޗްގެ ލޯގޯ ، މި ހޮސްޕިޓަލްގެ މޫނުމަތީގެ ގޮތުގައި ފެންނަ އެއްޗެއް ކަމުގައި ވުމަކީ އެހޮސްޕިޓަލް "ބްރޭންޑް ރެކޮގްނިޝަން" އިތުރު ވާނެ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
އޭ.އީ.އެޗް ގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު އާންމު ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު ފަރުމާކުރާލޯގޯ އަކީ އޭ.އީ.އެޗް އިން ފޯރުކޮށްދޭ ޙިދުމަތް ރަމްޒުކޮށްދޭ ލޯގޯއަކަށް ވުމާއި، މި މުބާރާތަށް ހުށަހަޅާ ލޯގޯއަކީ އުފެއްދުންތެރި، އަމިއްލަވަންތަ ލޯގޯއަކަށް ވާން ޖެހޭނެއެވެ. އަދި އެ ލޯގޯގެ ޑިޒައިންއަކީ ހޮސްޕިޓަލުގެ ބިޒްނަސް ކާޑު، ލެޓަރ ހެޑް، ބެނަރ، ޔުނިފޯރމް އަދި ޓީޝާޓްފަދަ ތަކެތީގައި ބޭނުންކުރުމަށް އެކަށޭނަ ފަރުމާއަކަށްވުމުގެ އިތުރުން އައްޑޫވަންތަކަން ރަމްޒުކޮށްދޭ ލޯގޯ އަކަށް ވާންޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ހޮސްޕިޓަލުގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާގެ އިނާމެއް ލިބޭނެއެވެ.
ލޯގޯ ފަރުމާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ލޯގޯގެ ސޮފްޓް ކޮޕީތައް ހިމެނޭ ސީޑީ އާއި ހާރޑްކޮޕީ ޖެނުއަރީ މަހުގެ 19 ގެ ކުރިން ހުށަހަޅަންޖެހެއެވެ.
މި ލިއުމާއި ގުޅޭ