Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

އިންތިޤާލީ އިންސާފުގެ ބިލުގެ އަމާޒު ވެސް މާލީ ބަދަލުތަކާއި ދިމާލަށް!

ފާއިތުވި 7 އަހަރު ދުވަހު ރައްޖޭގައި ހިނގާދިޔަ އެކި ކަންތަކުގެ ތެރެއިން ބޭއިންސާފު ތަހައްމަލުކޮށް އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވައުދެކެވެ. އެ ވައުދު ފުއްދުމަށް ޤާނޫނެއް ފާސްކުރާނެ ވާހަކަ ވެސް ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމްޑީޕީން ވަނީ ދައްކާފައެވެ.
އެމްޑީޕީގެ އެ ވައުދު ފުއްދުމަށް އެޕާޓީގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު މިހާރު ވަނީއިންތިގާލީ އިންސާފު ބިލު މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލު މެދުވެރިކޮށް ބޭއިންސާފާއި އަނިޔާ ލިބިފައިވާ ބަޔަކު ތިބި ނަމަ އެ ބަޔަކަށް އިންސާފު ހޯދައި ދިނުމަކީ ވަރަށް ބޭނުންތެރި އަދި ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ.
އެހެން ނަމަވެސް އެ ބިލުގެ ބޭނުންކޮށްގެން ނާޖައިޒު މަންފާތަކެއް އެއްވެސް ފަރާތަކަށް ލިބޭނެ ދޮރުތަކެއް ހުރެގެން ނުވާނެއެވެ.
އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ބިލުން އެފަދަ ދޮރުތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން ތިންވަނަ ބާބު، ބަދަލު ނަގައިދިނުމާއި ފަރުވާ ހޯދައި ދިނުމާއި ބެހޭ ބާބުގައި ބަދަލުގެ ގޮތުގައި މާލީ ބަދަލު ނަގައިދެވޭނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ބިލުގައި ބުނެފައިވާ ގޮތުން މާލީ ބަދަލުގެ ގޮތުގައި ނަގައިދެވޭނީ ލިބުނު އަނިޔާއެއްގެ ސަބަބުން މާލީ ގޮތުން ގެއްލުމެއް ލިބިފައިވާނަމައެވެ. މިސާލަކަށް ވަޒީފާ އަދާ ކުރަމުންދިޔަ މީހަކަށް ލިބުނު އަނިޔާއެއްގެ ސީދާ ނަތީޖާއެއްގެ ގޮތުން އޭނާއަށް ވަޒީފާ އަދާނުކުރެވުނު މުއްދަތަށް ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލު ނުވަތަ އެ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން ވަޒީފާ އަދާ ނުކުރެވިދާނެ މުއްދަތަށް ލިބެންޖެހޭ މުސާރައާ އިނާޔަތްތައް މާލީ ބަދަލުގެ ގޮތުގައި ލިބިދޭނެއެވެ.
ފާއިތުވި 7 އަހަރު ދުވަހަށް އެކަނި އަމާޒުކޮށް އިންސާފު ހޯދައިދޭން އެމްޑީޕީން އަމާޒު ހިފާފައިވާއިރު އެ ބަދަލުތައް ލިބޭނީ މުޅިން ވެސް އެ ޕާޓީގެ މެންބަރުންނަށް ކަމަށް ސިޔާސީ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެމްޑީޕީން ހުށަހެޅި އިންތިޤާލީ އިންސާފުގެ ބިލުގައި މާލީ ބަދަލު ދޭން ކަނޑައަޅާފައިވުމަކީ ވެސް މައްސަލައެއް ކަމަށް އެބޭފުޅުން ފާހަގަކުރައްވައެވެ.
ރައީސް ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 1 އަހަރުގެ ތެރޭގައި ބަދަލުގެ ގޮތުގައި 1 ބިލިއަނަށް ވުރެ ގިނަ އަދަދެއްގެ ރުފިޔާ ދީފައިވާއިރު، އިންތިޤާލީ އިންސާފުގެ ބިލާއި އެކު އެ އަދަދު އެތައް ގުނައަކަށް އިތުރުވެދާނެއެވެ. އެއީ މީގެ ކުރިން ޚުދު އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އަދި ޕާޓީގެ އިތުރު ފަރާތްތަކުން ވެސް ސަރުކާރުން ބަދަލު ދެމުން ގެންދާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށްފައި ވުމެވެ.
"ދައުލަތުން ބަދަލު ހޯދުން، މިހާރު އެންމެ ހިނގާ ވައްކަން" ކަމަށް އެމްޑީޕީގެ މެންބަރުން ތުހުމަތުކޮށްފައި ވަނިކޮށް އިންތިޤާލީ އިންސާފުގެ ނަމުގައި ޤާނޫނެއް ފާސްކޮށް ހައްދެއް ނެތި ބަދަލު ދޭން ފެށުމަކީ ބޮޑު ގޯހެކެވެ.
މި ލިއުމާއި ގުޅޭ