Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ކޮމިޝަނަރު ޙަމީދު ބޭރު ކޮންފަރެންސެއްގައި އެމްޑީއެން ތަމްސީލުކުރެއްވި ވީޑިޔޯއެއް މީސްމީޑިޔާގައި ޢާންމުވެއްޖެ

2018ވަނަ އަހަރު އިންޑިޔާގެ ވަރަށް ވަރުގަދަ ތިންކް ޓޭންކެއް ކަމުގައިވާ އޮބްޒާރވާ ރިސާޗު ފައުންޑޭޝަނުން ބޭއްވި ކޮންފަރެންސެއްގައި އެމްޑީއެންގެ ޗެއަރމަންގެ ނައިބުގެ ހައިސިއްޔަތުން މިހާރުގެ ފުލުހުންގެ ކޮމިޝަނަރު މުޙައްމަދު ޙަމީދު ބައިވެރިވެވަޑައިގެން ވާހަކަދައްކަވާ ވީޑިޔޯއެއް މީސް މީޑިޔާގައި ޢާންމުވެއްޖެއެވެ. އެއިރު އެމްޑީއެންގެ ޗެއަރމަންގެ ނައިބުގެ މަޤާމުގައި މުޙައްމަދު ޙަމީދު ހުންނެވުމަކީ މިހާރު އެމަނިކުފާނު ފުލހުންގެ އެންމެ އިސްވެރިޔާގެ މަޤާމުގައި ހުންނަވައި އެމްޑީއެންގެ މައްސަލަ ނުބެއްލެވޭނެ ކަމުގެ ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
ޓެކްލިން އިންސަރޖެންޓު އައިޑިއޮލޮޖީސްގެ ނަމުގައި ބޭއްވުނު ކޮންފަރެންސްގައި ޙަމީދު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އިސްލާމީ ފިކުރުގެ ޕާޓީތައް ހުރުމާއި، ރާއްޖެއިން ގިނަ ޢަދަދެއްގެ ބައަކު ހަނގުރާމައަށް ސޫރިޔާ ފަދަ ޤައުމުތަކަށް ދާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމާއި މެދުއިރުމަތީގެ ޤައުމުތަކަށް ދިވެހިން ކިޔަވަން ދިއުމުގެ މެދުގައި ގުޅުމެއް އޮތް ކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ.
މިވީޑިޔޯ ޢާންމުވުމާއެކު، ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައިވަނީ ޙަމީދު އެޖަމާޢަތެއްގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ޖަމްޢިއްޔާއެއްގެ މައްސަލަ ބެލުމަށް ހަވާލުވެފައިވާ މުއައްސަސާގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނެވުމަކީ މައްސަލަ އިންޞާފުވެރިކޮށް ތަޙުޤީޤުނުކުރެވޭނެ ފަދަ، މަޞްލަޙަތު ފުށުއެރުމެއް ކަމުގައިވުމެވެ.
ހަމައެއާއެކު، 2016ވަނަ އަހަރު އެމްޑީއެންއިން އެކުލަވައިލާ މިއަހަރު އެޖަމްޢިއްޔާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޕްރެލިމަނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން ރިޕޯރޓު އެޖަމްޢިއްޔާއިން އެކުލަވައިލިއިރު، ޙަމީދު ހުންނެވީ އެޖަމްޢިއްޔާގެ ބޯޑު މެންބަރެއްގެ މަޤާމުގައެވެ. އެރިޕޯޓަކީ އެރިޕޯޓުގައި އިސްލާމްދީނަށާއި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާއަށް ކުޑައިމީސްކުރާ ފުރައްސާރަ އެކުލެވޭ ރިޕޯޓެކެވެ. އެރިޕޯޓު ނެރުނު އެމްޑީއެންގެ އިސްވެރިންގެ ތެރެއިން ސަރުކާރުގެ މަތީ މަޤާމުތަކުގައި ގިނަ ބައަކު އެބަތިއްބެވެ. އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޓެރަރިޒަމާ ގުޅޭ ކަންކަމުގައި ލަފާއަރުވާ ކޮންސަލްޓޭންޓަކީ އެމްޑީއެންގެ ޗެއަރމަން ނޫޝިން ވަޙީދެވެ. ރިޕޯޓުގެ މައްސަލަ ހޫނުވުމާއެކު، ނޫޝިންވަނީ އެމްޑީއެންގެ މަޤާމުން އިސްތިއުފާދެއްވާފައެވެ. ނަމަވެސް ރައީސް އޮފީހުގައި އަދާކުރައްވާ ވަޒީފާއިން އިސްތިއުފާދެއްވާފައިނުވެއެވެ.
މި ލިއުމާއި ގުޅޭ