Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ރައީސް ނަޝީދަށް ވަޒީރުންގެ ވަރުގަދަ ރައްދެއް !؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެމެދު މައްސަލަތަކެއް އުޅޭ ވާހަކަ ދެކެވޭތާ ލައްކަ ދުވަސް ވެއްޖެއެވެ. ދެބޭފުޅުންނަކީ ސްކޫލް ދައުރުން ފެށިގެން ކިތަންމެ ގާތްކޮށް އުޅުއްވި ބޭފުޅުން ކަމުގައި ވިޔަސް ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ހިސާބުން އެ ގުޅުމަށް ހީނަރުކަން އަންނަ މަންޒަރު ދަނީ ފެންނަމުންނެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ޚިޔާލު ތަފާތުވުންތައް އާއްމުންނަށް އެންމެ ފުރިހަމައަށް ފެނިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންތިޚާބު ކުރަން ޖެހުނު ހިސާބުންނެވެ. ރައީސް ނަޝީދުގެ އެންމެ އަރިސް ބޭފުޅާ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ނިކުންނަވާފައި ވަނިކޮށް ރައީސް ސޯލިހް ވެސް އެ މަގާމަށް ބޭފުޅަކަށް ތާއީދު ކުރެއްވިއެވެ. ރައީސް ސޯލިހް ތާއީދު ކުރެއްވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށެވެ.
އާޚިރުގައި އެމްޑީޕީ "ދެބައިވެދާނެ ކަމުގެ ބިރަށް" ކަމަށް ބުނެ ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ގެންނަވަން ނިންމެވީއެވެ.
މީގެ އިތުރުން ވެސް ސަރުކާރުގެ ފަރާތުން ބިލްތައް ފަރުމާކޮށް މަޖިލީހަށް ހުށަހެޅުމަށް ރައީސް ސޯލިހް ނިންމަވާފައި ވަނިކޮށް އެކަމަށް ފާޅުގައި ރައީސް ނަޝީދު ވަނީ ގޮން ޖައްސަވާފައެވެ. ބެލެވޭ ގޮތުގައި މިއީ "ޖަޒީރާ މެނިފެސްޓޯ"ގެ ކަންކަން ޙާސިލް ކުރުމުގައި މެޑަލް ޖެއްސެވުމަށް ރައީސް ސޯލިހާއި ރައިސް ނަޝީދުގެ މެދުގައި އޮތް ވާދަވެރިކަމުގެ ހެއްކެކެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ދިޔަރެސް" އާއި ވާހަަކަ ދައްކަވަމުން ބުނި ގޮތުގައި ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެމެދު ކުރިއަށް ދަނީ 'ޕޮޕިއުލަރިޓީ ހަނގުރާމަ" އެއް ކަމަށެވެ. އެހެން ނަމަވެސް އޭގެ ނުރަނގަޅު ނަތީޖާ އެމްޑީޕީ އަށް ނުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ގައުމީ މަޖިލީހުގެ މެންބަރު މިހެން ވިދާޅުވި ނަމަވެސް ރައީސް ނަޝީދު ރޭ އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ރައީސް ނަޝީދުގެ ދައުވަތަށް ގިނަ ވަޒީރުން ބައްދަލުވުމަށް ވަޑައިނުގެންނެވިއެވެ.ބައެއް ވަޒީރުންގެ ވިދާޅުވެފައިވާ ގޮތުގައި އެބޭފުޅުން ވަޑައިނުގެންނެވީ "ނުރަސްމީ" ބައްދަލުވުމަކަށް ވީމައެވެ.
އެހެން ނަމަވެސް އެމްޑީޕީގެ އާއްމު މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް ފެންނަމުން މިދަނީ ރައީސް ނަޝީދު ބާކީ ކޮށްލުމަށް އެމްޑީޕީގެ ތެރޭގައި އޮތް ހަަރަކާތެއްގެ ފެށުން ހެއްޔެވެ؟ ރޭގެ ބައްދަލުވުމަށް ވަޒީރުން ވަޑައިނުގެންނެވީ ރައީސް ސޯލިހްގެ ނުފޫޒުން ހެއްޔެވެ؟
މި ލިއުމާއި ގުޅޭ